ކ. މާލެ
|
18 މެއި 2020 | ހޯމަ 17:42
އޮކްސްފޯޑް ޔުނިވަރސިޓީން ކޮވިޑް-19 އަށް އުފެއްދި ވެކްސިންގެ ހިއުމަން ޓްރައަލްގައި ވެކްސިން ޖެހި ފުރަތަމަ ދެ ވޮލަންޓިއަރުން ތެރެއިން އެކަކު (އެލިސާ ގްރެނެޓޯ)
އޮކްސްފޯޑް ޔުނިވަރސިޓީން ކޮވިޑް-19 އަށް އުފެއްދި ވެކްސިންގެ ހިއުމަން ޓްރައަލްގައި ވެކްސިން ޖެހި ފުރަތަމަ ދެ ވޮލަންޓިއަރުން ތެރެއިން އެކަކު (އެލިސާ ގްރެނެޓޯ)
ބީބީސީ
އޮކްސްފޯޑް ވެކްސިން އުފެއްދުން
އޮކްސްފޯޑުގެ ވެކްސިން ސެޕްޓެމްބަރު މަހަށް ތައްޔާރުވާނެތަ؟
30 މިލިއަން ޑޯޒް ސެޕްޓެމްބަރު މަހު ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރޭ
800 އަށް ވުރެ ގިނަ ވޮލެންޓިއަރުން ބައިވެރިވެ
18 އަހަރާއި 55 އަހަރުގެ މީހުން ބައިވެރިވޭ

އޮކްސްފޯޑް ޔުނިވަރސިޓީގެ ޓީމުން އުފައްދާ ކޮވިޑް-19 ވެކްސިން މަސައްކަތް ނިމިއްޖެނަމަ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިނގިރޭސި ވިލާތުގައި 30 މިލިއަން ވެކްސިންގެ ޑޯޒް ލިބެން ހުންނާނެ ކަމަށް އެ ޤައުމުގެ ސަރުކާރުން ހާމަކޮށްފި އެވެ.

އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބިޒްނަސް ސެކެރެޓަރީ އަލޯކް ޝަރުމާ ވިދާޅުވީ، ވެކްސިންގެ އަޖުމަ ބެލުމުގެ ފުރަތަމަ މަރުޙަލާގަައި ވެކްސިން ޖެހި މީހުން 'ޕްރޮގްރެސް' ރަނގަޅު ކަމަށެވެ.

އޮކްސްފޯޑް ޔުނިވަރސިޓީން ކޮވިޑް-19 އަށް އުފެއްދި ވެކްސިން އިންސާނުންގެ ގަޔަށް ޖަހައިގެން އަޖުމަ ބެލުމުގެ ހުއްދަ ލިބުމާއެކު ހިއުމަން ޓްރައަލްސް ފެށީ، މާރޗް މަހުގެ 24 ވަނަ ދުވަހު އެވެ.

ޓްރައިލް މަސައްކަތް ކުރާ ގޮތް:

ވެކްސިން ދިރސާގައި 800 އަށް ވުރެ ގިނަ ވޮލަންޓިއަރުން ބޭނުންކޮށްފައި ވެއެވެ. މީގެ ތެރެއިން އެއް ބަޔަކަށް 'ޓްރަޔަލް ވެކްސިން' ގެ އަޞްލު ޑޯޒް ދިން އިރު، ދެން ތިިބި މީހުންނަށް ދިނީ 'މެނީ ޖައިޓްސް ވެކްސިން' އެވެ. އެގޮތުން ދެ މަސްދުވަހުގެ ތެރޭގައި 10 ވޮލެންޓިއަރުންނަށް ދެ ޑޯޒް ދެވެނޭ ކަމަށް މި ވެކްސިން އުފެއްދުމުގައި އިސްކޮށް ޙަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ.

ބައިވެރިވަނީ ކޮން ބައެއް؟

ޓްރައަލް ގައި ބައިވެރިވެވެނީ އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ނުވާ މީހުންނަށެވެ.

އަދި ޞިއްޙަތު ރަނގަޅު، މީގެ ކުރިން އެއްވެސް ކަހަލަ ވެކްސިން ޓްރައަލް އެއްގައި ބައިވެރިވެފައިވާ ނުވާ މީހުންނަށް ވާން ޖެހެއެވެ. ގާތުން ކިރުދޭ މައިންނަށްވެސް މި ކަމުގައި ބައިވެރިއެއް ނުވެވެއެވެ.

ވެކްސިން މަސައްކަތް ކުރަނީ ކިހިނެއް

ޓްރަޔަލް ގައި ބޭނުންކުރާ ޑޯޒްއަކީ އެހެން ވެކްސިންތަކުގެ ތަޖުރިބާ އަށް ފަހު ސައިންސުވެރިން ބޭނުންކުރާ ޑޯޒްތަކެކެވެ. ޓްރަޔަލް ނުނިމެނީސް، ގަޔަށް ޖެހީ އަޞްލު ވެކްސިން ކަމެއް ނުވަތަ 'މެނިންގިޓްސް ޖެބް' ކަމެއް ވޮލެންޓިއަރުންނަކަށް ނޭގެނެ އެވެ.

ޓްރަޔަލް ގައި ބޭނުންކުރާ ޑޯޒް އަކީ ChAdOx1 ގެ ތަޖުރިބާ އަށް ބެލުމަށް ފަހު ދޭ ޑޯޒް އެކެވެ. ބައިވެރިވާ ކޮންމެ މީހަކަށް އިލެކްޓްރޯނިކް ޑައިރީއެއް ދޭނެ އެވެ. ޑައިރީގެ ބޭނުމަކީ ވެކްސިން ޖެހުމަށް ފަހު ހަތް ދުވަސް ފަހުން ފެންނަ އަލާމާތްތައް ނޯޓު ކުރުމެވެ. ވޮލެންޓިއަރު ގާތަށް ދިރާސާކުރާ ފަރާތްތަކުން ކުރާ ޒިޔާރަތުގައި ވެކްސްިން ހަށިގަނޑުގައި މަސައްކަތް ކުރާ ގޮތް ބަލައި އެމީހުންގެ ހުރި ޢަލާމާތްތައް ދެނެގަންނާނެއެވެ.

އެއްވެސް ވޮލެންޓިއަރެއްގެ ފަރާތުން ކޮވިޑް-19 ގެ ޢަލާމާތްތަކެއް ފެންނަނަމަ ދިރާސާކުރާ ފަރާތްތަކަށް ވަގުތުން އަންގަން ޖެހޭނެ އެވެ.

ވެކްސިން މަސައްކަތް ކުރާކަން އެނގޭނީ ކިހިނެއް؟

މެނިންޖައިޓިސް ގްރޫޕް އާއި ކޮވިޑް ވެކްސިން ދިން ގްރޫޕްގެ އިންފެކްޝަން ދިރާސާކުރާ ފަރާތްތަކުން އެނެލައިޒް ކުރާނެއެެވެ. އެހެން ކަމުން ބައެއް ވޮލެންޓިއަރުންނަށް ކޮރޯނާވައިރަސް ބަލި ޖެހެން ޖެހޭނެ އެވެ. އެހެން ނަމަވެސް ބަލި ޖެހެން ޖެހޭނީ ކިހާ ޢަދަދެއްގެ ވޮލެންޓިއަރުންނައްތޯ އެނގޭނީ ޢާންމުންގެ ތެރޭގައި ބަލިއޮތް މިންވަރަށް ބަލާފައެވެ.

ވެކްސިން ގައި ހިމެނެނެނީ ކޯޗެއް؟

އޮކްސްފޯޑުގެ ސައިންސްވެރިން މިވެކްސިން އުފައްދާފައިވަނީ ރާމާމަކުނު ޢާއިލާގެ ވައްތަރެއް ކަމުގައިވާ ޗިމްޕަންޒީގެ ހަށިގަނޑުން ފެންނަ އިންސާނުންނަށް ގެއްލުމެއް ނުލިބޭ ވައިރަސް އަކަށް ކޮރޯނާވައިރަސް ގެ ބައެއް ލައިގެންނެވެ. މިގޮތަށް މޮޑިފައިކޮށްފައިވާ ވައިރަސް ތަކުން މީގެކުރިންވެސް ވަނީ އިންސާނީ ދިފާޢީ ނިޒާމުގެ ބާރު ވައިރަހާ ދެކޮޅަށް ވަރުގަދަ ކުރުމަށް ބޭނުންކޮށްފަ އެވެ.

- ކޮމެންޓް