Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ އާއި ރަޝިޔާގެ ގުޅުން

ރަޝިޔާގެ ކުރިޔަށް އޮތް އިންތިޚާބަށް އެމެރިކާގެ ޓެކް ކުންފުނިތަކުން ނުފޫޒުފޯރުވަން އުޅޭކަމުގެ ތުހުމަތުތަކެއް

ރަޝިޔާއިން ބުނެފައިވަނީ ކުރިޔަށް އޮތް އިންތިޚާބަށް ނުފޫޒުފޯރުވަން އުޅޭކަމުގެ ޝައްކެއްނެތް މިންވަރުގެ ހެކި ލިބިފައިވާކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 11 ސެޕްޓެމްބަރު 2021 | ހޮނިހިރު 03:28
ރަޝިޔާގެ ރައީސާއި އެމެރިކާގެ އެމްބެސެޑަރ ބައްދަލު ކުރައްވަނީ

ރަޝިޔާގެ ރައީސާއި އެމެރިކާގެ އެމްބެސެޑަރ ބައްދަލު ކުރައްވަނީ

ސެޕްޓެމްބަރ މަހު ރަޝިޔާގައި އޮންނަ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބަށް އެމެރިކާއިން ނުފޫޒުފޯރުވަން މަސައްކަތްކުރާ ކަމުގެ ތުހުމަތުގައި އެގައުމުގައި ހުންނަވާ އެމެރިކާގެ އެމްބަސެޑަރ ޖޯން ސުލިވަން ރަޝިޔާގެ ޑެޕިޔުޓީ ފޮރިން މިނިސްޓަރ އޮފީހަށް ހާޒިރުކޮށްފައިވާ ކަމަށް ރަޝިޔާގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ރަޝިޔާއިން ބުނެފައިވަނީ އެމެރިކާގެ ބޮޑެތި ޓެކް ކުންފުނިތަކުން ކުރިޔަށް އޮތް އިންތިޚާބަށް ނުފޫޒުފޯރުވަން އުޅޭކަމުގެ ޝައްކެއްނެތް މިންވަރުގެ ހެކި ލިބިފައިވާކަމަށެވެ. އެކަމާއި ގުޅިގެން ރަޝިޔާގައި ހުންނަވާ އެމެރިކާގެ ސަފީރާއި އެގައުމުގެ ޑެޕިޔުޓީ ފޮރިން މިނިސްޓަރ ސުރްގީ ރިޔަބްކޮވް ބައްދަލު ކުރައްވާފައިވާކަމަށެވެ.

ރަޝިޔާގެ ގާނޫނުތަކާއި އެމެރިކާއިން ޚިލާފުވަމުންދާކަމަށް ރަޝިޔާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. މިބަޔާނުގައި ރަޝިޔާގެ އިންތިޚާބަށް ނުފޫޒުފޯރުވުމަށް މަސައްކަތްކުރަނީ ކޮން ކުންފުޏެއްކަމެއް އަދި ކޮށްފައިވަނީ ކޮންކަމެއްކަމެއް ހާމަކޮށްފައެއްނުވެއެވެ.

"ގައުމުގެ އެތެރޭގެ ކަންކަމުގެ ތެރެއަށް ވަންނަމުން މިދާދިޔުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން." ބަޔާނުގައި ބުނެފައިވެއެވެ.

މިބަޔާނާއި ގުޅިގެން ރަޝިޔާގައި ހުންނަ އެމެރިކާގެ އެމްބަސީން އަދި އެމެރިކާގެ ސަރުކާރުންވެސް އަދި އެއްޗެއް ބުނެފައެއްނުވެއެވެ.

ރަޝިޔާއިން މިމަހުގެ ކުރީކޮޅު ބުނެފައިވަނީ އެޕަލް އަދި ގޫގުލްގައި ހުރި އެގައުމުގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީއާ ގުޅޭ އެޕްލިކޭޝަން ނެގުމަށް އެދުމުން އެކަން ކުރުމަށް އެ ދެ ކުންފުނިންވެސް ދެކޮޅު ހަދާފައިވުމަކީ އެގައުމުގެ އިންތިޚާބަށް ނުފޫޒުފޯރުވުން ކަމުގައި ބެލެވޭކަމަށެވެ.

އެމެރިކާރަޝިއާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
03 ޑިސެމްބަރު 2025

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ
03 ޑިސެމްބަރު 2025

ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި

03 ޑިސެމްބަރު 2025
ހޮންޑޫރަސްގެ ކުރީގެ ރައީސް ހާރނެންޑޭޒް އަށް އެމެރިކާގެ ރައީސް މައާފު ދެއްވާ ޖަލުން ދޫކޮށްލައިފި
28 ނޮވެމްބަރު 2025

ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި

28 ނޮވެމްބަރު 2025
ތިން ވަނަ ދުނިޔޭގެ ޤައުމު ތަކުގެ މީހުން އެމެރިކާ އަށް ވަނުން ދާއިމީ ގޮތެއްގައި ހުއްޓުވަން ޓްރަމްޕް ނިންމަވައިފި
27 ނޮވެމްބަރު 2025

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން
18 ނޮވެމްބަރު 2025

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ
11 ނޮވެމްބަރު 2025

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ
06 ނޮވެމްބަރު 2025

އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

06 ނޮވެމްބަރު 2025
އިންތިޚާބުގައި ބަލިވީ އަމިއްލަ ނަން ވޯޓު ކަރުދާހުގައި ނެތުމާއި، ސަރުކާރު ހުއްޓިފަައި އޮތުމުން ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
06 ނޮވެމްބަރު 2025

ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް

06 ނޮވެމްބަރު 2025
ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު