Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަޅުދިޔަފުށި ވިއްކާލަން އިއުލާންކުރުން

ކަޅުދިޔަފުށި ވިއްކާލަން އިއުލާންކޮށްފި

މިރަށް ގަންނަން ބޭނުންވާ ފަރާތްތަކުން އަންނަ އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމުގެކުރިން ބިޑް ހުށަހެޅުމަށް ވަނީ ހުޅުވާލާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2021 | ހުކުރު 21:50
ތ އަތޮޅުގައި ތަރައްޤީކުރަމުން އަންނަ ކަޅުދިޔަފުށި

ތ އަތޮޅުގައި ތަރައްޤީކުރަމުން އަންނަ ކަޅުދިޔަފުށި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ން ނަގާފައިވާ ލޯނެއް ނުދައްކައިގެން ތ އަތޮޅު ކަޅުދިޔަފުށި ވިއްކާލުމަށް ބީއެމްއެލުން އިއުލާންކޮށްފިއެވެ.

ބީއެމްއެލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިރަށް ގަންނަން ބޭނުންވާ ފަރާތްތަކުން އަންނަ އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12 ޖެހުމުގެކުރިން ބިޑް ހުށަހެޅުމަށް އެދޭކަމަށެވެ. ބިޑް ހުޅުވުން އޮންނާނީ އެދުވަހުގެ 12 ޖަހާއިރުއެވެ. އަދި ވަރޗުއަލްކޮށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވެސް އޮންނާނެކަމަށް ބީއެމްއެލުން ބުނެއެވެ. ބިޑް ކާމިޔާބުކުރާ ފަރާތަކުން ބިޑް ޑިޕޮސިޓްގެ ގޮތުގައި ބޭންކަށް އެއްލައްކަ ޑޮލަރު ހުށަހަޅަންޖެހޭނެއެވެ. އަދި އެގޮތަށް ހުށަނޭޅޭ ފަރާތުގެ ބިޑް ކެންސަލްކުރެވޭނެކަމަށް ބީއެމްއެލުން ބުނެއެވެ.

Advertisement - newsAdvertisement

ބީއެމްއެލްއަށް މިރަށް ނަގާފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމަކާއި ގުޅިގެންނެވެ. ތ ގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކުގެ ހިއްސާ އޮންނަ ހުރަވީ އިންވެސްޓްމަންޓަށް ދޫކޮށްފައިވާ މިރަށް ތަރައްޤީކުރަމުން ދިޔައީ ބައިނަލްއަގްވާމީ ހޮޓެލް ޗެއިންސް "މެލިއާ ހޮޓެލްސް" އާ ގުޅިގެންނެވެ. 2016 ވަނަ އަހަރު ތެރޭގައި އެރަށް ތަރައްޤީކުރަން ފެށީ 97 ޕްރައިވެޓް ވިލާ އާއި 100 ކޮޓަރި އަޅާގޮތަށެވެ. 2017 ވަނަ އަހަރު ހުޅުވާގޮތަށް މަސައްކަތް ފެށިނަމަވެސް އަދިވެސް މިރަށުގައި އަންނަނީ ކޮންސްޓްރަކްޝަން މަސައްކަތްކުރަމުންނެވެ.

މީގެކުރިންވެސް ކަޅުދިޔަފުށި ވިއްކާލަން އިއުލާންކޮށްފައިވެއެވެ. އެއީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުއެވެ. އެފަހަރު ރަށް ވިއްކާލުމަށް އިއުލާންކުރީ 29.5 މިލިއަން ޑޮލަރަށެވެ.

އެރަށުގައި ރިސޯޓެއް ހެދުމަށް ޓޫރިޒަމް މިނިސްޓްރީން ހުރަވީ އިންވެސްޓްމަންޓާއެކު ސޮއިކޮށްފައިވަނީ 2015 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 24 ވަނަ ދުވަހުއެވެ. އެކަމާއި ގުޅޭ އެއްބަސްވުމުގައި އޭރު ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓްރީގައި ވަކި ވަޒީރަކު ނެތުމުން އެމިނިސްޓްރީ ހިންގުމާ ހަވާލުވެ ހުންނެވި އޭރުގެ ނައިބު ރައީސްކަމުގައި ހުންނެވި އަހުމަދު އަދީބެވެ. މިރަށް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ދީފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށެވެ. އެމައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލާފައިވާއިރު އޭސީސީން އާންމުކޮށްފައިވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ރިޕޯޓްގައި ވަނީ އެރަށުގެ އިކުޔިޒޭޝަން ކޮސްޓް ހުސައިން މަނިކު ދޮންމަނިކު ދައްކަވާފައިވަނީ އެސްއޯއެފުން އޭނާއަށް ލިބިވަޑައިގެންނެވި ފައިސާއިން ކަމަށެވެ.

ބީއެމްއެލް

ކޮމެންޓް

އިތުރަށް ކިޔާލަން

އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

03 ނޮވެމްބަރު 2025
ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

02 ނޮވެމްބަރު 2025
ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި

ނެޝަނަލް ޖޫނިއަރ ސަރފިންގ ޗެމްޕިއަންޝިޕް ނިންމާލައިފި

02 ނޮވެމްބަރު 2025
ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!

ހައްގުތައް ހޯދަން މުޒާހަރާ ކުރާމީހުން ބިޑިއަޅުވާ އަނިޔާކޮށް ޖަލަށް، ފޭރޭ މީހުން ނަލަކޮށް ހިންގުވާފަ!

29 އޮކްޓޯބަރު 2025
ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

ފޭރުނު ޑޮލަރު ހޯދިއްޖެތޯ އެހުމުން ފުލުހުން ބުނީ ޖަވާބު ދެވޭކަށް ނެތޭ!

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު