Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޮޓޯމޯޓިވް ދާއިރާ ތަރައްގީކުރުން

އޮޓޯމޯޓިވް ދާއިރާއަށް މީހުން ތަމްރީނުކޮށްދޭނެ މީހުން ނުލިބުމަކީ ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުން : ނާސިރު

10 ސެޕްޓެމްބަރު 2021 | ހުކުރު 07:01

ކިޔަވައިދޭނެ މީހުން ތަމްރީން ކުރުމަކީ ވަރަށް މުހިންމު ކަމެއް

އަމްނާ އިމާދު
އަމްނާ އިމާދު | 10 ސެޕްޓެމްބަރު 2021 | ހުކުރު 07:01
ވޯކްޝޮޕް ހުޅުވި ރަސްމިއްޔާތުގެ ތެރެއިން،

ވޯކްޝޮޕް ހުޅުވި ރަސްމިއްޔާތުގެ ތެރެއިން،

އޮޓޯމޯޓިވް ދާއިރާއަށް މީހުން ތަމްރީނުކޮށްދޭނެ މީހުން ނުލިބުމަކީ ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް މޯލްޑިވްސް ޕޮލިޓެކްނިކްގެ ސީއީއޯ އަހުމަދު ނާސިރު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ އޮޓޯމޯޓިވް ވޯކްޝޮޕް ޒަމާނީ މެޝިނަރީއާއި އިކުއިޕްމަންޓްތަކާއެކު ހުޅުވި ރަސްމިއްޔާތުގައި ސީއީއޯ ނާސިރު ވިދާޅުވީ އޮޓޯމޯޓިވް ދާއިރާ އިތުރަށް ތަރައްގީކުރަން ޖެހޭ ކަމަށާއި، ކިޔަވައިދޭނެ މީހުން ތަމްރީން ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މިހާރު އެންމެ ބޮޑަށް ދިމާވެފައިވާ ދަތި ކަމަކީ މި ދާއިރާއިން މީހުން ތަމްރީނުކޮށްދޭނެ މީހުން ނުލިބުން ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން ޕޮލިޓެކްނިކުން މަސައްކަތް ކުރަމުން ގެންދަނީ މަސައްކަތްތެރިކަމުގެ ދާއިރާއިން އެންމެ ޒަމާނީ ވަސީލަތްތަކާއެކު މީހުން ތަމްރީނު ކުރުންކަމަށް ވެސް ނަސީރު ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ އޮޓޯމޯޓިވް ވޯކްޝޮޕް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ އެވެ.

މި ވޯކްޝޮޕާ ގުޅޭ ގޮތުން މިނިސްޓަރު ނަހުލާ ވިދާޅުވީ ޒަމާނީ ފެންވަރެއްގައި މިފަދަ ވޯރކްޝޮޕެއް ހުޅުވިގެން ދިއުމަކީ މިދާއިރާއިން ޒުވާނުން ތަމްރީންކުރުމާއި ވަޒީފާއާއި އިތުރު ވިޔަފާރީތަކަށް އޮތް ދޮރެއްކަމަށެވެ. މިވޯރކްޝޮޕަކީ ކުރިމަގުގައި ރާއްޖޭގައި ބޭނުންކުރާ ވެހިކަލްތަކުގެ ރޯޑްވާދިނަސް ހެދުމުގައި މިހާރު ލިބެންނެތް ގިނަ ޚިދުމަތްތަކެއް ލިބިގެންދާނެ ވޯރކްޝޮޕެއް ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

މީގެ އިތުރުން ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ އޮޓޯމޯޓިވް ވޯރކްޝޮޕްގެ ސަބަބުން މޯލްޑިވްސް ޕޮލިޓެކްނިކުން ހުނަރުވެރި ޒުވާނުން ބިނާކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އިތުރު ފުރުސަތުތަކެއް ފަހިވެގެން ދާނެ ކަމަށެވެ. އަދި ވޯރކްޝޮޕް ތަރައްގީވުމުން މިދާއިރާގެ އުފެއްދުންތެރި އާ ޚިޔާލު ތަކެއްގެ ތެރެއިން ރާއްޖޭގެ މާހައުލާ ގުޅޭ އީޖާދީ އުފެއްދުންތަކެއް ފެނިގެން ދާނެކަމުގެ އުއްމީދު ކުރައްވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ވޯރކްޝޮޕް އަކީ އޮޓޯމޯޓިވް މަސައްކަތްތައް ދަސްކޮށްދިނުމާއި އެކަމާ ގުޅޭ ޓެސްޓްތައް ހެދުމަށް ބޭނުންވާ އެންމެ ޒަމާނީ މެޝިނަރީއާއި އިކުއިޕްމަންޓްތައް ހިމެނޭ ވޯރކްޝޮޕެކެވެ. މިވޯރކްޝޮޕުގައި ދަރިވަރުން ކިޔެވުމާއި މަސައްކަތް ދަސްކުރުމަށް ބޭނުންވާ އިކުއިޕްމަންޓާއި މެޝިނަރީ ހަދިޔާކޮށްފައިވަނީ މީރީ ޕްރޮޖެކްޓްގެ އެހީތެރިކަމާއެކުއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގައި އޮޓޯމޯޓިވް ދާއިރާއިން މީހުން ތަމްރީނުކުރަން ފެށުނީ 2016 ވަނަ އަހަރުގައެވެ. އަދި އޮޓޯމޯޓިވް ދާއިރާއިން މިހާތަނަށް 80 ދަރިވަރުން ވަނީ ތަމްރީންވެފައެވެ. މީގެ އިތުރުން އޮޓޯމޯޓިވް ދާއިރާއިން ޕޮލިޓެކްނިކުން މިހާރު ހިންގަމުންދާ ކޯސްތަކުގެ ތެރޭގައި ހިމެނެނީ، ޑިޕްލޮމާ އިން އޮޓޯމޯޓިވް އިންޖިނިއަރިންގ، އެޑްވާންސްޑް ސެޓްފިކެޓްއިން އޮޓޯމޯޓިވް އިންޖިނިއަރިންގ، އަދި ސެޓްފިކެޓް3 އިން އޮޓޯމޯޓިވް ރިޕެއަރ އެންޑް މެއިންޓަނަންސް އެވެ.

މި އާއެކު ދެން ޕޮލިޓެކްނިކުން އިތުރު އިންޓޭކެއް ފައްޓާނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

މޯލްޑިވްސް ޕޮލިޓެކްނިކް

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

15 ނޮވެމްބަރު 2023

އެއްގަމު އުޅަނދު ލައިސަންސްގެ ތިއަރީ އިމްތިހާން ޕޮލިޓެކްނިކުން ކުރިއަށްގެންދާ ގޮތް ހަދައިފި

15 ނޮވެމްބަރު 2023
އެއްގަމު އުޅަނދު ލައިސަންސްގެ ތިއަރީ އިމްތިހާން ޕޮލިޓެކްނިކުން ކުރިއަށްގެންދާ ގޮތް ހަދައިފި
09 އެޕްރީލު 2023

ލެކްޗަރާއިންގެ މުސާރައަށް އައީ އުއްމީދު ކުރި ވަރަށްވުރެވެސް ހެޔޮ ބަދަލެއް: ޕޮލިޓެކްނިކް

09 އެޕްރީލު 2023
ލެކްޗަރާއިންގެ މުސާރައަށް އައީ އުއްމީދު ކުރި ވަރަށްވުރެވެސް ހެޔޮ ބަދަލެއް: ޕޮލިޓެކްނިކް
08 އެޕްރީލު 2023

އަމާޒަކީ ކޮލެޖެއްގެ ފެންވަރަށް ޕޮލިޓެކްނިކް ތަރައްގީކުރުން: ހާޝިމް

08 އެޕްރީލު 2023
އަމާޒަކީ ކޮލެޖެއްގެ ފެންވަރަށް ޕޮލިޓެކްނިކް ތަރައްގީކުރުން: ހާޝިމް
01 މާރިޗު 2023

މީހުން ބިނާކުރުމަށް ސްޓެލްކޯއާއި ޕޮލިޓެކްނިކާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

01 މާރިޗު 2023
މީހުން ބިނާކުރުމަށް ސްޓެލްކޯއާއި ޕޮލިޓެކްނިކާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި
21 ޑިސެމްބަރު 2022

މިސަރުކާރުން ޒުވާނުން ބިނާކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާ: ހަޔަރ އެޑިއުކޭޝަން މިނިސްޓަރ

21 ޑިސެމްބަރު 2022
މިސަރުކާރުން ޒުވާނުން ބިނާކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާ: ހަޔަރ އެޑިއުކޭޝަން މިނިސްޓަރ
15 ޑިސެމްބަރު 2022

ކައުންސިލުތަކާއި ގުޅިގެން ޕޮލިޓެކްނިކުން އަންނަނީ ރަށްރަށުގައި ކޯސްތައް ހިންގަމުން: ހާޝިމް

15 ޑިސެމްބަރު 2022
ކައުންސިލުތަކާއި ގުޅިގެން ޕޮލިޓެކްނިކުން އަންނަނީ ރަށްރަށުގައި ކޯސްތައް ހިންގަމުން: ހާޝިމް
07 ނޮވެމްބަރު 2022

ތުލުސްދޫގައި ޕޮލިޓެކްނިކެއް ތަރައްޤީކޮށް ހިންގުމަށް ވިލާ އެޑިޔުކޭޝަނަލް ސާވިސަސް އާއި ހަވާލުކޮށްފި

07 ނޮވެމްބަރު 2022
ތުލުސްދޫގައި ޕޮލިޓެކްނިކެއް ތަރައްޤީކޮށް ހިންގުމަށް ވިލާ އެޑިޔުކޭޝަނަލް ސާވިސަސް އާއި ހަވާލުކޮށްފި
17 ޖެނުއަރީ 2022

ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ޓެކްނީޝަނުން ތަމްރީން ކުރަނީ

17 ޖެނުއަރީ 2022
ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ޓެކްނީޝަނުން ތަމްރީން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް