Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލިފުށީ ސްކޫލަށް ކުރެއްވި ޒިޔާރަތް

މި ސަރުކާރުން ތައުލީމަށް އަހައްމިއްޔަތުކަން ދެއްވާ - އަލިފުށީ ސްކޫލް ޓީޗަރުން

9 ސެޕްޓެމްބަރު 2021 | ބުރާސްފަތި 08:34

ގަނާކުރުމާ ބެހޭގޮތުންނާއި، ޖިންސީ ގޯނާއަށް ހޭލުންތެރިކުރުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ދެ ވާހަކަފޮތް ފަސްޓްލޭޑީ ހަދިޔާކުރެއްވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 ސެޕްޓެމްބަރު 2021 | ބުރާސްފަތި 08:34
ރައީސްގެ ދެކަނބަލުން އަލިފުށީ ސްކޫލަށް ޒިޔާރަތް ކުރެއްވުން

ރައީސްގެ ދެކަނބަލުން އަލިފުށީ ސްކޫލަށް ޒިޔާރަތް ކުރެއްވުން

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރ. އަލިފުށީ ސްކޫލަށް ޒިޔާރަތްކުރައްވައި ސްކޫލްގެެ ދަރިވަރުންނާއި ޓީޗަރުންނާ ބައްދަލުކުރައްވައިފިއެވެ.

އަލިފުށީ ސްކޫލަށް ކުރެއްވި މި ޒިޔާރަތުގައި އެކަމަނާ ވަނީ ގަނާކުރުމާ ބެހޭގޮތުންނާއި ޖިންސީ ގޯނާއަށް ހޭލުންތެރިކުރުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ދެ ވާހަކަފޮތް އަލިފުށީ ސްކޫލްގެ ލައިބްރަރީއަށް ހަދިޔާކުރައްވާފައެވެ. އަދި، އެކަމަނާ ވަނީ ގަނާ ކުރުމާގުޅޭގޮތުން ހަދިޔާކުރެއްވި ފޮތް ސްކޫލްގެ ގްރޭޑް ދޭކުން ފެށިގެން ހަޔަކަށް ކިޔަވަމުންދާ ބައެއް ދަރިވަރުންނަށް ވިދާޅުވެދެއްވާފައެވެ. އަދި އެކަމަނާ ވަނީ ގަނާކުރުމުގެ ޝިކާރައަކަށް ވެއްޖެއްޔާ ކަންކުރާނެ ގޮތާއި ގަނާ ކުރުން ހުއްޓުވުމަށް ހުރިހާ ކުދިންނަށް ވެސް ޢަމަލުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ފައުންޑޭޝަން ލެވެލްއިން ފެށިގެން އޯ ލެވެލްއަށް ތައްޔާރުވަމުންދާ ކުދިންނާ ވަކިވަކީން ބައްދަލުކުރައްވައި ކިޔެވުމާ ގުޅޭގޮތުން އެކުދިންނާ ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން އެކަމަނާ ވަނީ އޯ ލެވެލްއަށް ތައްޔާރުވުމުގައި ސްޓްރެސް މެނޭޖްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ސްކޫލްގެ ޓީޗަރުންނާއެކު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބޭއްވި ބައްދަލުކުރެއްވުމުގައި މުޖުތަމަޢުގައި ހިނގާ ނޭދެވޭ ޢަމަލުތަކާ ދޭތެރޭ ކުދިން ހޭލުންތެރިކުރުމާއި، މުޖުތަމަޢުގައި ހިނގާ އެފަދަ ޢަމަލުތައް ހުއްޓުވުމުގައި ޓީޗަރުންނަށް އަދާކުރެވޭނެ ދައުރު ވަނީ ފާހަގަކުރައްވާފައެވެ. ސްކޫލްގެ ޓީޗަރުން ވަނީ މި ސަރުކާރުން ތަޢުލީމަށް ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ.

ސްކޫލްގެ ބައްދަލުވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އަލިފުށީ ސްކޫލްގައި އިމާރާތްކުރާ މަލްޓިޕަރޕަސް ހޯލްގެ މަސައްކަތްކުރިޔަށްދާގޮތް ބައްލަވާލައްވާފައެވެ. މި މަޝްރޫޢު ފަށާފައިވަނީ 11 މޭ 2021 ގައެވެ. އަދި ނިމޭނެކަމަށް ލަފާކުރެވެނީ 1 އޭޕްރީލް 2022 ގައެވެ. އަލިފުށީ ސްކޫލްގައި ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް ދިހަޔަކާ ހަމަޔަށް 450 ދަރިވަރުން މިވަގުތު ކިޔަވަމުންދެއެވެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދުރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއަލިފުށި

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
20 އެޕްރީލު 2024

އަލިފުށީ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނިކޮށް އަނެއްކާ ވެސް އެމަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

20 އެޕްރީލު 2024
އަލިފުށީ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނިކޮށް އަނެއްކާ ވެސް އެމަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
02 ނޮވެމްބަރު 2023

ޔުނިސެފްގެ ރެޕްރެޒެންޓެޓިވް، ރައީސްގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

02 ނޮވެމްބަރު 2023
ޔުނިސެފްގެ ރެޕްރެޒެންޓެޓިވް، ރައީސްގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
31 އޮކްޓޯބަރު 2023

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި
31 އޮކްޓޯބަރު 2023

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް
10 އޮކްޓޯބަރު 2023

ނަފްސާނީ ދުޅަހެޔޮކަމާމެދު މުޖުތަމައާއި ސަރުކާރުން ދެކޭ ގޮތްވެސް ބަދަލުކުރެވިއްޖެ: ފަސްޓް ލޭޑީ ފަޒްނާ

10 އޮކްޓޯބަރު 2023
ނަފްސާނީ ދުޅަހެޔޮކަމާމެދު މުޖުތަމައާއި ސަރުކާރުން ދެކޭ ގޮތްވެސް ބަދަލުކުރެވިއްޖެ: ފަސްޓް ލޭޑީ ފަޒްނާ
09 އޮކްޓޯބަރު 2023

ފަޒްނާ އަޙުމަދު: ފަހު ވަގުތުވެސް ހިތްޕުޅުތިރިކަން ދެއްކެވި ނަމޫނާ ފަސްޓް ލޭޑީ!

09 އޮކްޓޯބަރު 2023
ފަޒްނާ އަޙުމަދު: ފަހު ވަގުތުވެސް ހިތްޕުޅުތިރިކަން ދެއްކެވި ނަމޫނާ ފަސްޓް ލޭޑީ!
09 އޮކްޓޯބަރު 2023

އިންތިޚާބީ ރައީސްގެ އަނބިކަނބަލުންނާ ފަސްޓްލޭޑީ ބައްދަލު ކުރައްވައިފި

09 އޮކްޓޯބަރު 2023
އިންތިޚާބީ ރައީސްގެ އަނބިކަނބަލުންނާ ފަސްޓްލޭޑީ ބައްދަލު ކުރައްވައިފި
18 ސެޕްޓެމްބަރު 2023

ކެމްޕޭންގެ ތެރޭގައި ރަށްރަށަށް ފުލުހުން ފޮނުވަން ޖެހުނީ ގަޔަށް ލޮލަށް ބޮލަށް އަރާ ހިސާބަށް ދިއުމުން - މަޚުލޫފް

18 ސެޕްޓެމްބަރު 2023
ކެމްޕޭންގެ ތެރޭގައި ރަށްރަށަށް ފުލުހުން ފޮނުވަން ޖެހުނީ ގަޔަށް ލޮލަށް ބޮލަށް އަރާ ހިސާބަށް ދިއުމުން - މަޚުލޫފް
17 ސެޕްޓެމްބަރު 2023

ފަސްޓް ލޭޑީއަށް ފުރައްސާރަކުރުން: ނަފްރަތުން އެއްވެސް ކަމެއް ހާސިލް ނުކުރެވޭނެކަން ހާމަވެއްޖެ

17 ސެޕްޓެމްބަރު 2023
ފަސްޓް ލޭޑީއަށް ފުރައްސާރަކުރުން: ނަފްރަތުން އެއްވެސް ކަމެއް ހާސިލް ނުކުރެވޭނެކަން ހާމަވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް