Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޓަގްރޭޓެޑް ހިއުމަން ރައިޓްސް ޕްރޮގްރާމް

އެޗްއާރުސީއެމުން ކަންކަން ނިންމާނީ ވަކި ފަރާތަކަށް ބުރަނުވެ، ގާނޫނާ އެއްގޮތަށް: ޑރ. އަދުހަމް

9 ސެޕްޓެމްބަރު 2021 | ބުރާސްފަތި 06:25

ކުޅުދުއްފުށީގައި އިންސާނީ ހައްގުތަކަށް ހޭލުންތެރިކުރުމުގެ މުހިންމު ޕްރޮގްރާމެއް ވަނީ ފަށާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 9 ސެޕްޓެމްބަރު 2021 | ބުރާސްފަތި 06:25
ކޮމިޝަނަރ ޑރ. އަހުމަދު އަދުހަމް އަބްދުﷲ

ކޮމިޝަނަރ ޑރ. އަހުމަދު އަދުހަމް އަބްދުﷲ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކަންކަން ނިންމާނީ އެއްވެސް ފަރާތަތަކަށް ބުރަވުމެއްނެތި، ގާނޫނުތަކާ އެއްގޮތަށް ކަމަށް ކޮމިޝަނަރ ޑރ. އަހުމަދު އަދުހަމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުހަމް މިފަދައިން ވިދާޅުވީ އިންޓަގްރޭޓެޑް ހިއުމަން ރައިޓްސް ޕްރޮގްރާމް ހދ. ކުޅުދުއްފުށީގައި ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަދުހަމް ވިދާޅުވީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 189 ވަނަ މާއްދާގައި ވާގޮތަށް ހިއުމަން ރައިޓްސް ކޮމިޝަނަކީ އިންސާނީ ހައްގުތައް ކުރިއެރުވުމުގައި އެއްވެސް ފަރާތަކަށް ބުރަވުމެއް ނެތި، ތަޢައްސުބުން އެއްކިބާވެ ތިބެ މަސައްކަތްކުރާ ކޮމިޝަނެއް ކަމަށެވެ.

Advertisement - newsAdvertisement

އެ ކޮމިޝަނުން ކަންކަން ނިންމާނީ ޤާނޫނުއަސާސީއާ ގުޅުން ހުރި ޤާނޫނުތަކާއި ދިވެހިރާއްޖެ ތަސްދީގުކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި މި މުއާހަދާތަކުގެ އިޚްތިޔާރީ ޕްރޮޓޮކޯލްތަކުގައި ހިމެނޭ ކަންކަން ބަލައި، ދިރާސާ ކުރުމަށްފަހު، ކަމާ ގުޅުންހުރި އުންސުރުތަކަށް ރިއާޔަތްކޮށް، އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކަމަށް އަދުހަމް ވަނީ ވިދާޅުވެފައެވެ.

ކުޅުދުއްފުށީގައި މި އިފްތިތާހު ކުރެވުނު ޕްރޮގްރާމަކީ ހިއުމަން ރައިޓްސް ކޮމިޝަނުން ދެމުންދާ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމުގެ ގޮތުން އިންސާނީ ހައްގުތަކަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ޚާއްސަކޮށް އަތޮޅުތެރެއަށް ފުޅާކުުރުމަށް ފެށިގެންދާ މުހިންމު މަސައްކަތެއް ކަމަށް އަދުހަމް ވިދާޅުވިއެވެ.

އަދި މިހާރު ހިނގަމުންދާ 5 ވަނަ ކޮމިޝަންގެ 2021 ވަނަ އަހަރުން 2025 ވަނަ އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް ޕްލޭންގެ މުހިންމު އެއް ދާއިރާއަކީ، އިންސާނީ ހައްގުތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި ކޮމިޝަނުން ކުރަމުންދާ މަސައްކަތްތައް ރައްޔިތުންނަށް އަންގައިދިނުންކަމަށް ވެސް އަދުހަމް ވިދާޅުވިއެވެ.

ކުޅުދުއްފުށީގައި ފެށި އިންޓަރގްރޭޓެޑް ހިއުމަންރައިޓްސް އެވެއަރނަސް ޕްރޮގްރާމަކީ 7 ސެޕްޓެންބަރުން 13 ސެޕްޓެމްބަރަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ދަށުން ކައުންސިލަރުންނަށް ބާއްވާ މަސައްކަތު ބައްދަލުވުމަކާއި، ހިއުމަންރައިޓްސް ޑިފެންޑަރުންނަށްއަމާޒުކޮށް އިންސާނީ ހައްޤުތަކުގެ ޓްރެއިނިންގ އޮފް ޓްރެއިނަރސް ޕްރޮގްރާމް ބޭއްވުމާއި، ކުޅުދުއްފުށި ސިޓީގައި ދިރިއުޅޭ އުމުރުންދުވަސްވީ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ގޭގެއަށް ޒިޔާރަތްކުރުމާއި، ކޮމިއުނިޓީ ނައިޓްއަކާއި ހިއުމަންރައިޓްސްފެއަރއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ދައުލަތުގެ އިދާރާތަކުގައި މަސައްކަތްކަތްކުރާ މުވައްޒަފުން ވިސްލްބްލޯ ޤާނޫނަށް ހޭލުންތެރިކުރުމަށް ކުރިއަށްގެންދާ ސެޝަންތަކާއި، އެކިއެކި ވިޔަފާރިތައް އަދި ކުންފުނިތައް ހިންގާ ފަރާތްތަކަށް ވިޔަފާރިއާއި އިންސާނީ ޙައްޤާ ގުޅޭގޮތުން މަޢުލޫމާތުދިނުމާއި، އެންޓިޓޯޗަރ ޤާނޫނަށް އަހުލުވެރިކުރުވުމާއި، ކުޅުދުއްފުށި ސިޓީގެ ސަރަހައްދެއްގައި ކޮމިޝަންގެ އިންފޯމޭޝަން ޑެސްކެއް ބަހައްޓައި އިންސާނީ ހައްޤުތަކާ ގުޅޭ އެކިއެކި މައުލޫމާތު ދިނުން ހިމެނެއެވެ.

އެޗްއާރުސީއެމުން ބުނީ އިންޓަގްރޭޓެޑް ހިއުމަންރައިޓްސް ޕްރޮގްރާމަކީ ހިއުމަން ރައިޓްސް ކޮމިޝަނާއި ކައުންސިލްތަކާ ގުޅިގެން އަތޮޅުތެރޭގައި ދޭ އިޖްތިމާއީ އަދި އިޤުތިސާދީ ޚިދުމަތްތައް ހަރުދަނާކުރުމަށާއި އިންސާނީ ހައްޤުތަކަށް ހުރުމަތްތެރިކޮށް ހިތާ މުޖްތަމަޢެއް ބިނާކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު

27 ޖެނުއަރީ 2017
ލ ގަމުގެ ބަނދަރުގެ މަޝްރޫއުން ދޭހަވަނީ ސަރުކާރުން ވަކި ސިޔާސީ ފިކުރަކަށް ނުބަލާކަން:މުއިއްޒު
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް