Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލީހުގެ ޖަލްސާ

ވައުދު ނުފުއްދީއޭ އަދި ބުނެވޭކަށް ނެތް، މިދައުރު އަދި ނުނިމޭ: ޙުސައިން ޝަހީމް

އަނދުން ޙުސައިން ވިދާޅުވީ ބޯހިޔާވަހި ކަމުގެ ވައުދު ފުއްދުމަށް މިސަރުކާރުން މަސައްކަތްތަކެއް ކުރާކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 ސެޕްޓެމްބަރު 2021 | ބުދަ 14:45
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް

2018 ވަނަ އަހަރު ރައްޔިތުން އިންތިޚާބުކުރި ސަރުކާރުގެ ދައުރު އަދި ނުނިމޭކަމަށާއި އެހެންކަމުން ވައުދު ނުފުއްދެއޭ އަދި ބުނެވެން ނެތްކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ވަނީ ބޯހިޔާވަހިކަމާއި ގުޅޭ މައްސަލައެއް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ހުށަހަޅުއްވާފައެވެ. މިމައްސަލައަށް ވާހަކަދައްކަވަމުން އިބްރާހީމް ރަޝީދު ވަނީ ބޯހިޔާވަހިކަމުގެ ވައުދު ނުފެއްދޭކަމަށް ވިދާޅުވެ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

Advertisement - newsAdvertisement

އިބްރާހީމް ރަޝީދު ދެއްކެވި ވާހަކައަށް ރައްދުދެއްވަމުން އަނދުން ޙުސައިން ވިދާޅުވީ ބޯހިޔާވަހި ކަމުގެ ވައުދު ފުއްދުމަށް މިސަރުކާރުން މަސައްކަތްތަކެއް ކުރާކަމަށެވެ. އެގޮތުން މިހާރު 4000 ހައުސިންގ ޔުނިޓެއްގެ އިންޖިނިއަރިންގ ޕްރޮކިޔުމެންޓް ކޮންޓްރެކްޓުގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި މިއަންނަ ހަފްތާގައި ލޯނު އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށެވެ. އޭގެ ދެތިން މަސް ފަހުން އިތުރު 2000 ހައުސިންގ ޔުނިޓްގައި ސަރުކާރުން ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

މީގެއިތުރުން އެޗްޑީސީ އާއެކު ތަފާތު އެކިއެކި ކުދި ކުންފުނިތަކާއެކު 500ށް ވުރެ ގިނަ ހައުސިންގ ޔުނިޓުގައި ސޮއިކުރެވިގެން އަމަލީ މަސައްކަތް ކުރިޔަށްދާ ކަމަށް މެންބަރު ވިދާޅުވިއެވެ.

މިސަރުކާރުން ބޯހިޔާވަހިކަމުގެ ކަންކަން ކުރިޔަށް ގެންދިޔުމުގައި ގެންގުޅުއްވާ ވިސްނުންފުޅާ ގުޅޭ ގޮތުން ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ އަރިހުން ސާފުކުރެއްވި ކަމަށާއި, މާލޭގެ ރައްޔިތުންގެ ބޯހިޔާވަހި ކަމަށް ހައްލު ހޯދުމަށް ހުޅުމާލޭގެ ކޮންމެ ސަރަހައްދަކުން ކޮންމެވެސް ވަރަކަށް ގޯތިދިނުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވި ކަމަށެވެ. އަދި މާލެ ސަރަހައްދުން ބިން ހިއްކައިގެން ގޯތި ދިނުމުގެ މަޝްރޫޢުގެ ކަންކަންވެސް ކުރިޔަށްދާ ކަމަށާއި ލަސްތަކެއްނުވެ އަމަލީ މަސައްކަތް ފެށޭނެކަމުގެ މައުލޫމާތު ލިބިވަޑައިގަންނަވާފައިވާކަމަށް މެންބަރު ވިދާޅުވިއެވެ.

މިއީ ކޮންމެ މެންބަރަކަށްވެސް ސާފުކޮށްލެވޭނެ ކަމެއް ކަމަށާއި އެހެންކަމުން ރައްޔިތުންނަށް އޮޅުން އަރާ ގޮތަށް ވާހަކަ ދެއްކުމަކީ ދެރަކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
23 ޖެނުއަރީ 2017

އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު

23 ޖެނުއަރީ 2017
އަސްލެއް ނެތް ދައުވާ ކޮށްގެން ރާއްޖެ ޓީވީގެ މަންޒަރެއް، އަޑު ކަނޑައެއް ނުލެވޭނެ: ފިޔާޒު
23 ޖެނުއަރީ 2017

ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ

23 ޖެނުއަރީ 2017
ޕީޖީގެ އިންސާނިއްޔަތުކަމެއް ނެތް: ރޮޒައިނާ
22 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން

22 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ ތަހުލީލްތަކުގައި މައްސަލައެއް ފެންނާކަށް ނެތް: ފުލުހުން
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު