Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަސްޓްލޭޑީ ށ. ފޯކައިދޫ ސްކޫލަށް ޒިޔާރަތްކުރެއްވުން

މުޖުތަމަޢުގައި ހިނގާ ނޭދެވޭ ޢަމަލުތަކަށް ކުދިން ހޭލުންތެރިކުރުވުމަށް ފަސްޓްލޭޑީ އެދިވަޑައިގެންފި

8 ސެޕްޓެމްބަރު 2021 | ބުދަ 07:43

ކެރިއަރ ގައިޑަންސްއާ ކުދިންނަށް ކިޔަވައިދިނުމާ ގުޅޭގޮތުން އެކަމަނާ ވަނީ ޓީޗަރުންނާ މަޝްވަރާކުރައްވާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 ސެޕްޓެމްބަރު 2021 | ބުދަ 07:43
ފަސްޓްލޭޑީ ށ. ފޯކައިދޫ ސްކޫލުގެ ކުދިންނާއި ބައްދަލުކުރައްވަނީ

ފަސްޓްލޭޑީ ށ. ފޯކައިދޫ ސްކޫލުގެ ކުދިންނާއި ބައްދަލުކުރައްވަނީ

މުޖުތަމަޢުގައި ހިނގާ ނޭދެވޭ ޢަމަލުތަކާ ދޭތެރޭ ކުދިން ހޭލުންތެރިކުރުވުމަށް ފަސްޓްލޭޑީ ފަޒްނާ އަހްމަދު އެދިވަޑައިގެންފިއެވެ.

އެކަމަނާ މިފަދައިން އެދިވަޑައިގަތީ ފޯކައިދޫ ސްކޫލަށް ޒިޔާރަތްކުރައްވައި ދެ ދަންފަޅީގެ ދަރިވަރުންނާއި ޓީޗަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ސްކޫލްގެ ޓީޗަރުންނާއެކު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބޭއްވި ބައްދަލުކުރެއްވުމުގައި މުޖުތަމަޢުގައި ހިނގާ ނޭދެވޭ ޢަމަލުތަކާ ދޭތެރޭ ކުދިން ހޭލުންތެރިކުރުމާއި، ކެރިއަރ ގައިޑަންސްއާއި ކުދިންނަށް ކިޔަވައިދިނުމާ ގުޅޭގޮތުން އެކަމަނާ ވަނީ ޓީޗަރުންނާ މަޝްވަރާކުރައްވާފައެވެ.

Advertisement - newsAdvertisement

ފޯކައިދޫ ސްކޫލަށް ކުރެއްވި މި ޒިޔާރަތުގައި އެކަމަނާ ވަނީ ގަނާކުރުމާ ބެހޭގޮތުންނާއި، ޖިންސީ ގޯނާއަށް ހޭލުންތެރިކުރުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ދެ ވާހަކަފޮތް ފޯކައިދޫ ސްކޫލްގެ ލައިބްރަރީއަށް ހަދިޔާކުރައްވާފައެވެ. އަދި، އެކަމަނާ ވަނީ ގަނާ ކުރުމާގުޅޭގޮތުން ހަދިޔާ ކުރެއްވި ފޮތް އެކުދިންނަށް ކިޔައިދެއްވާފައެވެ. މީގެ އިތުރުން ވެސް މިއަދަކީ ދުނިޔޭގެ ލިޔަންކިޔަން ދަންނަ ދުވަސްކަން ފާހަގަކުރައްވައި، ލިޔަން ކިޔަން ދަސްކުރުމުގެ މުހިންމުކަން އެކަމަނާ ކުދިންނަށް ކިޔައިދެއްވިއެވެ.

ފޯކައިދޫ ސްކޫލްގެ ފަރާތުން ވަނީ ސްކޫލްގެ ޖާގައިގެ ދަތިކަމުގެ ސަބަބުން މިހާރު ދެ ދަންފަޅިއަށް ކިޔަވައިދިނުން ކުރިޔަށް ގެންދިޔަ ނަމަވެސް ސްކޫލްގައި އަލަށް އިމާރާތްކުރަމުންދާ 12 ކްލާސްރޫމް ނިމުމުން އެއް ދަންފަޅިއަށް ކިޔެވުން ކުރިޔަށް ގެންދެވޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެބޭފުޅުން ވަނީ ސްކޫލްގައި ސެން ކްލާސްތައް ހިންގުމުގައި ދިމާވާ ދަތިތައް ވެސް މިހާރު ކުރިޔަށްދާ އިމާރާތުގެ މަސައްކަތް ނިމުމުން ހައްލުވެގެންދާނެކަން އުފަލާއެކު ފާހަގަކުރައްވައި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް ޝުކުރުއަދާކުރައްވާފައެވެ.

މި ޒިޔާރަތުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ވަނީ ފޯކައިދޫ ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް މިހާރު އެ ސްކޫލްގައި އަލަށް އިމާރާތްކުރަމުންދާ 12 ކްލާސްރޫމާއި، މަލްޓި ޕަރޕަސް ހޯލްގެ މަސައްކަތް ކުރިޔަށް ގޮސްފައިވާ މިންވަރު ބައްލަވާލައްވާފައެވެ. ފޯކައިދޫ ސްކޫލަކީ 471 ދަރިވަރުންނަށް ނަރސަރީއިން ފެށިގެން ގްރޭޑް 12 އާ ހަމަޔަށް ކިޔަވައިދެމުންދާ ސްކޫލެކެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!

11 ފެބުރުއަރީ 2017
ތޮއްޑޫގައި ތިން މީހުން ދުއްވި ސައިކަލެއް ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ އެކަކު އައިސީޔޫގައި!
10 ފެބުރުއަރީ 2017

މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު

10 ފެބުރުއަރީ 2017
މިދިޔަ އަހަރު އެކަނި ވެސް 1000 އަށްވުރެ ގިނަ ކުދިން ދަސްވާރު ޕްރޮގުރާމް ފުރުހަމަ ކޮށްފައިވޭ: އެޑިއުކޭޝަން މިނިސްޓަރު
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
23 ޖެނުއަރީ 2017

ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން %79 ކުދިން ވަނީ ފާސްވެފައި

23 ޖެނުއަރީ 2017
ވެތިވެދިޔަ އަހަރު ޘާނަވީ އިމްތިހާނުން  %79 ކުދިން ވަނީ ފާސްވެފައި
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
15 ޖެނުއަރީ 2017

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް