Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ގައުމީ ޓީމުގެ ކޭމްޕް

ގަތަރު ކޭމްޕަށް ފައިނަލްކުރި ސްކޮޑުން ބަކާ އާއި އިރޭ ބާކީކޮށްފި

ގަތަރުގައި ކޭމްޕުކުރާނީ މި މަހުގެ 10-28 ގެ ނިޔަލަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2021 | ބުދަ 07:58
ސްކޮޑުން ބާކީކުރި މުޙައްމަދު އާރިފް (ބަކާ) އާއި މުޙައްމަދު އިރުފާން (އިރޭ)

ސްކޮޑުން ބާކީކުރި މުޙައްމަދު އާރިފް (ބަކާ) އާއި މުޙައްމަދު އިރުފާން (އިރޭ)

އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ފުޓްބޯޅަ ޓީމުން ގަތަރުގައި ކޭމްޕުކުރާއިރު، އެ ކޭމްޕަށް އެކުލަވާލި ސްކޮޑުން ތަޖުރިބާކާރު މިޑްފީލްޑަރު މުޙައްމަދު އާރިފް (ބަކާ) އާއި މުޙައްމަދު އިރުފާން (އިރޭ) ބާކީކޮށްފިއެވެ.

މި އަހަރުގެ ސާފް ޗެމްޕިއަންޝިޕް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ބޭއްވުމަށް މިހާރު ވަނީ ނިންމާފައެވެ. އެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އަންނަ ހުކުރު ދުވަހު ގައުމީ ޓީމުން ގަތަރަށް ފުރާއިރު، އެ ގައުމުގައި ކޭމްޕުކުރުމަށްފަހު ގައުމީ ޓީމު އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.

މި ފަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މިދިޔަ އޯގަސްޓް މަހުގެ 26 ވަނަ ދުވަހު 34 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑަކާއެކު ގައުމީ ޓީމުން ފަރިތަކުރުންތައް ފެށިއިރު، ގަތަރު ކޭމްޕަށް އެކުލަވާލި ސްކޮޑުން ވަނީ ފަސް ކުޅުންތެރިއަކު ބާކީކޮށްފައެވެ. އެ ކުޅުންތެރިންގެ ބަދަލުގައި ޑިފެންޑަރު ގާސިމް ސައްމާމު (ސައްމެ) ވަނީ ސްކޮޑަށް ނަގާފައެވެ. އެހެންކަމުން ގަތަރުގައި ކޭމްޕުގައި ބައިވެރިވާނީ 30 ކުޅުންތެރިންނެވެ.

ރާއްޖޭގެ އޮންލައިން ނޫސް "އަދަދު" އިން ރިޕޯޓުކޮށްފައިވާ ގޮތުން ބަކާ އާއި އިރޭގެ އިތުރުން ދެން ޓީމުން ބާކީކުރި ކުޅުންތެރިންނަކީ މިޑްފީލްޑަރު އިމްރާން ނަޝީދު (އިންމަ) އާއި، ދެ ޑިފެންޑަރުން ކަމަށްވާ މުޙައްމަދު ސާއިފް އަދި މުޙައްމަދު އަޖުފާނެވެ. ގައުމީ ސްކޮޑުން ބަކާއަށް ފުރުސަތު ގެއްލުނުއިރު، އޭނާއަކީ ރާއްޖޭން މިހާތަނަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ދެ ފަހަރުވެސް ސްކޮޑުގައި ހިމެނުނު ކުޅުންތެރިއެކެވެ. ދެން ސްކޮޑުން ބާކީވި އިރޭއަކީ 2014 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމުން ފުރުސަތު ހޯދަމުން އަންނަ ކުޅުންތެރިއެކެވެ. އަދި އެންމެ ފަހުން 2018 ވަނަ އަހަރު ރާއްޖޭން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައިވެސް އިރޭ ހިމެނުނެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ގައުމީ ޓީމުން ގަތަރުގައި ކޭމްޕުކުރާއިރު، ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށްވެސް ތައްޔާރުވީ ގަތަރުގައި ކޭމްޕުކޮށްގެންނެވެ. އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި ސާފް ޗެމްޕިއަންޝިޕް ބާއްވާއިރު، މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ފަސް ގައުމުގެ މެދުގައި ލީގު އުސޫލުން ކުޅުމަށްފަހު، އެންމެ ގަދަ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެ ހަވީރު ރާއްޖެ ނުކުންނާނީ ނޭޕާލާ ދެކޮޅަށެވެ. ދެވަނަ މެޗުގައި އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުގެރޭ ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، ތިންވަނަ މެޗުގައި އެ މަހުގެ 10 ވަނަ ދުވަހުގެ ހަވީރު ރާއްޖެ ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެރޭ ރާއްޖެ ނުކުންނާނީ ވާދަވެރި އިންޑިއާއާ ދެކޮޅަށެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕާ ރާއްޖެ ކުރިމަތިލާނީ މުޅިން ދިވެހި ކޯޗުންގެ ޓީމަކާއެކުއެވެ. އެގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން ހަމަޖައްސާފައެވެ. އަދި އެސިސްޓަންޓް ކޯޗުންގެ ގޮތުގައި މަސައްކަތް ކުރާނީ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ ކުރީގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) އާއި، ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުޙައްމަދެވެ. މީގެ އިތުރުން ގޯލްކީޕަރު ޓްރެއިނަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ އަސްލަމް އަބްދުލް ރަހީމެވެ.

މާޒިޔާ: ހުސެއިން ޝަރީފް (ހުސެން)، މޫސާ ޔާމީން (ޔާމްބެ)، އިބްރާހިމް އައިސަމް، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)، ސަމޫހު އަލީ (ސަމުއްޓެ)، މުޙައްމަދު އުމެއިރު، އަސަދުﷲ އަބްދުﷲ (އަސަކޮ)، ހުސެއިން ނިހާން (ނިހާޓް)، ހަމްޒާ މުޙައްމަދު (ހަމްޕު)، ނާއިޒު ހަސަން (ދާދު)، އިބްރާހީމް ވަހީދު ހަސަން (އިއްބެ)، އަޙްމަދު އަބްދުﷲ (ލިލީ)

އީގަލްސް: ހަސަން ރާއިފް އަޙްމަދު (ހަންނަ)، އަޙްމަދު ނޫމާން (ހެލްމެޓް)، ހުސެއިން ސިފާއު ޔޫސުފް (ކުރޯ)، މުޙައްމަދު ނާއިމް، ހައިޝަމް ހަސަން (ބިޑި)، އަސްހަދު އަލީ (އަޑުބަރޭ)

ވެލެންސިއާ: މުޙައްމަދު ޝަފީއު (ޗެކް)، މުޙައްމަދު ފައިސަލް، އަލީ ފާސިރު (ސެންޓޭ)، އަލީ އަޝްފާގު (ދަގަނޑޭ)، އަކުރަމް އަބްދުލް ޣަނީ (އަކޫ)

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ): އަލީ ނާޖިހު، އިސްމާޢީލް އީސަ (މެސީ)، އަލީ ހައިޝަމް (ޗުމްޕު)

ގްރީން ސްޓްރީޓްސް: ހަސަން ނަޒީމް (ޗޯޓު)

ޓީސީ: އަލީ ޝާމިސް (ތޮއްޕޭ)

ދަ ގްރާންޑޭ: ޔަސްފާދު ހަބީބު (މުލަކޭ)، ގާސިމް ސައްމާމު (ސައްމެ)

ކޮމެންޓް

އިތުރަށް ކިޔާލަން

މިރޭ މެޓްޒްއާ ދެކޮޅަށް ކުޅޭ މެޗަށް މޮނާކޯއިން ނެގި ސްކޮޑުން އެމްބާޕޭ ބާކީކޮށްފި

މިރޭ މެޓްޒްއާ ދެކޮޅަށް ކުޅޭ މެޗަށް މޮނާކޯއިން ނެގި ސްކޮޑުން އެމްބާޕޭ ބާކީކޮށްފި

18 އޯގަސްޓު 2017
ލިވަޕޫލްގެ ޗެމްޕިއަންސް ލީގު ސްކޮޑުން ކުޓީނިއޯ ބާކީކޮށްފި

ލިވަޕޫލްގެ ޗެމްޕިއަންސް ލީގު ސްކޮޑުން ކުޓީނިއޯ ބާކީކޮށްފި

15 އޯގަސްޓު 2017
ބަކާ މާޒިޔާއަށް

ބަކާ މާޒިޔާއަށް

25 ޖުލައި 2017
ގަތަރުގައި ވޯލްޑްކަޕް ބާއްވަން 6 ގައުމަކުން ދެކޮޅުހަދައިފި

ގަތަރުގައި ވޯލްޑްކަޕް ބާއްވަން 6 ގައުމަކުން ދެކޮޅުހަދައިފި

17 ޖުލައި 2017
ކޮރެއާ ދެކޮޅަށް ކުޅުނު މެޗުގައި ގަތަރު ކުޅުންތެރިން އެގައުމުގެ އަމީރަށް ތާއީދުކޮށް ޓީޝާޓް ބޭނުންކޮށްފި

ކޮރެއާ ދެކޮޅަށް ކުޅުނު މެޗުގައި ގަތަރު ކުޅުންތެރިން އެގައުމުގެ އަމީރަށް ތާއީދުކޮށް ޓީޝާޓް ބޭނުންކޮށްފި

14 ޖޫން 2017

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު