Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެށ.އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅު

ށ. ނަލަންދޫ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަޝްވަރާތައް ފަށައިފި

8 ސެޕްޓެމްބަރު 2021 | ބުދަ 05:03

ތަން ސަރުކާރުން ނަގާނަމަ ތަން ހިންގާ ފަރާތަށް ބަދަލު ދޭން ޖެހޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 ސެޕްޓެމްބަރު 2021 | ބުދަ 05:03
ރައީސް މިހެން ވިދާޅުވީ ށ. ފޯކައިދޫ ދަނޑުވެރިންނާއި މަސްވެރިންނާ ރައީސް ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން

ރައީސް މިހެން ވިދާޅުވީ ށ. ފޯކައިދޫ ދަނޑުވެރިންނާއި މަސްވެރިންނާ ރައީސް ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން

ށ. ނަލަންދޫ ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަޝްވަރާތައް ފަށާފައިވާ ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ހެނދުނު ށ. ފޯކައިދޫ މަސްވެރިންނާއި ދަނޑުވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ނަަލަންދޫ ރިސޯޓަަކަށް ހެދުމަށް ރަށް ހިންގާ ފަރާތާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށާއި އެތަން ސަރުކާރުން ނަގާނަމަ ތަން ހިންގާ ފަރާތަށް ބަދަލު ދޭން ޖެހޭނެ ކަމަށެވެ. އަދި ބަދަލު ދޭން ޖެހޭނެ އަގު ހޯދައި ދިނުމަށް މިނިވަން ފަރާތަކާ ހަވާލުކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ނަލަންދޫ މިވަގުތު ބޭނުންކުރަމުން އަންނަނީ ލަނޑާ މަސްވެރިކަން ކަހަލަ މަސައްކަތެއް ކުރުމަށް ކަމަށްވާއިރު އެ ރަށަކީ ށ. އަތޮޅުގެ ވަރަށް ގިނަ ބައެއްގެ އާމްދަނީއާ ގުޅިފައިވާ ރަށެކެވެ. އެ ރަށުގެ ބޮޑުމިން 90 ހެކްޓަރަށް ވުރެ ބޮޑެވެ.

މި ބައްދަލުވުމުގައި ރައްޔިތުން ވަނީ ވަރަށް ގިނަ ކަންބޮޑުވުންތަކުގެ ވާހަކަތައް ހިއްސާކޮށްފައެވެ. އެގޮތުން ރަށް ގިރުމުގެ މައްސަލަ ފާހަގަކޮށްފައިވެއެވެ. މިކަމާބެހޭ ގޮތުން ރައީސް ވިދާޅުވީ ރަށް ގިރިމުގެ މައްސަލައިގައި ޕްލޭނިންގ މިިނިސްޓްރީއާއެކު ސަރވޭއެއް ކުރިއަށް ގެންދަވާނެ ކަމަށާއި ރަށުގައި ޗަސް ބިން އޮތުމުން އެތަންތަނަށް ފަސް އަޅާނެ ކަމަށެވެ. އަދި ދަނޑުވެރިކަން ތަރައްޤީ ކުރުމަށް ހާއްސަ ސަމާލުކަމެއް ސަރުކާރުންދޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ދަނޑުވެރިކަމަކީ ވަރަށް ރަނގަޅަށް ތަރައްްޤީ ކުރެވޭނެ ސިނާއަތެއް ކަމަށެވެ.

ކުދި ތަންތާނގައި ވެސް ދަނޑުވެރިކަން ކުރެވޭނެކަމުގެ ޔަޤީންކަން މިހާރު ލިބިފައިވާއިރު އެކަމަށް ބާރު އަޅުއްވާނެ ކަމަށާއި ދަނޑުވެރިން އުފައްދާތަކެތި ތާޒާކަންމަތީގައި ފޯރުކޮށްދީ އެތަކެއްޗަށް ހަމަައަގު ހޯދައިދީ، އިންވެސްޓް ކުރެވޭނެ މަގު ފަހިކޮށް އެކަަމަށް ލޯނެއް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ދަނޑުވެރިކަމަށް އެކަށީގެންވާ ބަދަލެއް ގެންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މަސްވެރިކަމުގެ ސިނާއަތަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ ޕްރައިވެޓް ސެކްޓަރގެ ކުންފުނިތަކުން މަސް ގަންނަނީ އެންމެ ރަނގަޅު އަގުގައި ނޫން ކަމަށެވެ. ސަރުކާރުން އެކަމަށް ނުވަދެ މަޑު ކުރަނީ ޕްރައިވެޓް ސެކްޓަރއަށް ޖާގަދިނުމަށް ކަމަށާއި ޕްރައިވެޓް ސެކްޓަރއާ ވާހަކަ ދައްކައިގެން އެކަން ހައްލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބައެއް މަސްވެރިން ވަނީ ރަށުގައި އައިސްޕްލާންޓެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި މަހުގެ ހަމަ އަގު ސަރުކާރުން ކަނޑައަޅައިދިނުމަށް އެދިފައެވެ. މަސްވެރިންގެ މި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެކަން ބައްލަވާނެ ކަމަށާއި އެކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ. އަދި އެކަމަށް ސަރުކާރުން އިންވެސްޓް ކުރާނެ ކަމަށާއި ކުރީ ސަރުކާރުން މަސް ގަންނަމުންދިޔައީ ގެއްލުމުގައި ކަަމަށެވެ. އޭރު މަސްވެރިންނާ ބައްދަލުކުރެއްވި ކަމަށާއި ބައެއް މަސްވެރިން މަހުގެ އަގު ދަށްވިޔަސް އެންމެ ރަނގަޅު ކަމަށް ބުނި ކަމަށާއި މިފްކޯ އިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ މަސްވެރިންނަށް ދިނުމުގެ މަސައްކަތް ފެށި ކަމަށެވެ. އަދި މިފްކޯއިން މީގެ ކުރިން މަސް ބޭރުކުރަމުން ދިޔައީ ޗާޓަރ ބޯޓެއްގައިި ކަމަށާއި އެހެންނަމަވެސް މިހާރު މިފްކޯ އިން މަސް ބޭރު ކުރަނީ އަމިއްލަ އުޅަނދެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ޚަަރަދު ކުޑަކުރެވުނު ކަމަށް ވެސް ވިދާޅުވިއެވެ.

މަސްވެރިން ބާނާ މަހަަށް ހަމަ އަގު ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށާއި ސަރުކާރުން މިހާރު ފަށާފައިވާ ކަންތައްތަކުގެ ނަތީޖާ ފެންނަން ކުޑަ ދުވަސްކޮޅެއް ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ އެގްރޯނެޓްގެ ފަރާތުން މަސައްކަތް ކުރަނީ ދަނޑުވެރިން އުފައްދާ ތަކެތި ވިކޭނެ މަގު ފަހިކޮށްދިނުމަށް ކަމަށާއި އެކަމުގެ ޔަޤީންކަން ދަނޑުވެރިންނަށް އަރުވާކަމަށެވެ. އަދި ކުރިއަތް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތަށް އިންޤިލާބީ ބަދަލެއް ގެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

މިިހުރީ ރައީސް މައުމޫނާއެކު، މި ގޮތުގައި ދެމިހުންނާނަން: މެމްބަރު ސައުދު

02 އެޕްރީލު 2017
މިިހުރީ ރައީސް މައުމޫނާއެކު، މި ގޮތުގައި ދެމިހުންނާނަން: މެމްބަރު ސައުދު
28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
12 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް