Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވޯލްޑް ކަޕް - ޔޫރަޕް ކޮލިފައިން

ފްރާންސާއި ޕޯޗުގަލަށް މޮޅެއް

8 ސެޕްޓެމްބަރު 2021 | ބުދަ 02:23

އަޒަބައިޖާން އަތުން ޕޯޗުގަލް މޮޅުވީ 3-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 8 ސެޕްޓެމްބަރު 2021 | ބުދަ 02:23
ފްރާންސާއި ފިންލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން

ފްރާންސާއި ފިންލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން

ފީފާ ވޯލްޑް ކަޕުގެ ޔޫރަޕް ކޮލިފައިންގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުތަކުން ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ޕޯޗުގަލް މޮޅުވެއްޖެއެވެ.

ކޮލިފައިންގެ ގްރޫޕް ޑީގައި ހިމެނޭ ފްރާންސް މޮޅުވީ ފިންލެންޑް އަތުން 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުން ފްރާންސް މޮޅުވިއިރު، ކޮލިފައިންގައި މީގެ ކުރިން ކުޅުނު ދެ މެޗުންވެސް އެ ގައުމު ވަނީ އެއްވަރުވެފައެވެ.

އަމިއްލަ ގައުމުގައި ކުޅުނު މެޗުގައި ފްރާންސުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 25 ވަނަ މިނެޓުގައި އެ ގައުމުން ވަނީ ލީޑު ނަގާފައެވެ. ކަރީމް ބެންޒެމާގެ އެހީއާއެކު މި ލަނޑު ފްރާންސަށް ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރީޒްމަނެވެ. އަދި ދެވަނަ ހާފު ފަށައިގެން އަށްވަނަ މިނެޓުގައި ގްރީޒްމަން ވަނީ ފްރާންސަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ގްރީޒްމަން ދެ ލަނޑު ޖެހިއިރު، އޭނާ މިހާރު ވަނީ 41 ލަނޑާއެކު ފްރާންސަށް އެންމެ ގިނަ ލަނޑު ޖަހައިދިން ލިސްޓުގެ ތިންވަނައިގައި އޮތް ފުޓްބޯޅަ ލެޖެންޑް މިޝެލް ޕްލެޓިނީއާ އެއްވަރުކޮށްފައެވެ. މި ލިސްޓުގެ އެއްވަނައިގައި އޮތް ތިއަރީ އޮންރީ 51 ލަނޑު ޖަހާފައިވާއިރު، ދެވަނައިގައި އޮތީ 46 ލަނޑު ހަމަކޮށްފައިވާ އޮލިވިއޭ ޖިރޫޑެވެ.

އަންގާރަ ދުވަހުގެރޭ ހޯދި މޮޅާއެކކު ގްރޫޕް ޑީގެ އެއްވަނައިގައި ފްރާންސް އޮތީ ކުޅުނު ހަ މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތީ ފަސް މެޗުން ފަސް ޕޮއިންޓް ހޯދާފައިވާ ޔޫކްރޭނެވެ. އަދި ތިންވަނައިގައި އޮތް ފިންލެންޑަށް ވަނީ ހަތަރު މެޗުން ފަސް ޕޮއިންޓް ލިބިފައެވެ.

މީގެ އިތުރުން ކޮލިފައިންގެ ގްރޫޕް އޭގައި ހިމެނޭ ޕޯޗުގަލް މޮޅުވީ އަޒަބައިޖާން އަތުން 3-0 ގެ ނަތީޖާއަކުންނެވެ.

އަޒަބައިޖާނުގައި ކުޅުނު މި މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ. މި މެޗުގައި ޕޯޗުގަލުން ލީޑު ނަގާފައިވަނީ މެޗުގެ 26 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ ބެނާޑޯ ސިލްވާއެވެ. އޭގެ ފަސް މިނެޓު ފަހުން އަންޑްރޭ ސިލްވާ ޕޯޗުގަލަށް ލީޑު ފުޅާކޮށްދިންއިރު، އެ ޓީމުގެ ތިންވަނަ ލަނޑު ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ޑިއޯގޯ ޖޮޓާއެވެ.

މި މޮޅާއެކު ގްރޫޕް އޭގެ އެއްވަނައިގައި ޕޯޗުގަލް އޮތީ ފަސް މެޗުން 13 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ސާބިއާއަށް ފަސް މެޗުން ވަނީ 11 ޕޮއިންޓް ލިބިފައެވެ. ކޮލިފައިންގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ސާބިއާ ވަނީ އަޔަލެންޑާ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. މީގެ އިތުރުން މި ގްރޫޕުގެ ތިންވަނައިގައި އޮތީ ހަތަރު މެޗުން ހަ ޕޮއިންޓް ހަމަކޮށްފައިވަ ލަގްޒަމްބާގެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

25 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕް: ހަނިމާދޫ އަދި މާޅެންދޫއަށް ބޮޑު މޮޅެއް

25 މާރިޗު 2017
މިނިވަން ޗެމްޕިއަންޝިޕް: ހަނިމާދޫ އަދި މާޅެންދޫއަށް ބޮޑު މޮޅެއް
19 މާރިޗު 2017

ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް

19 މާރިޗު 2017
ޗެލްސީއަށް 13 ޕޮއިންޓުގެ ލީޑެއް، 11 މަހަށް ފަހު ރަށުން ބޭރުގައި ލެސްޓާއަށް މޮޅެއް
10 މާރިޗު 2017

މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް

10 މާރިޗު 2017
މުހިންމު ދަނޑިވަޅެއްގައި މާޒިޔާއަށް މޮޅެއް
09 މާރިޗު 2017

މާލޭ ލީގު: ޔޫވީ އަތުން ނިއުއަށް ފަސޭހަ މޮޅެއް

09 މާރިޗު 2017
މާލޭ ލީގު: ޔޫވީ އަތުން ނިއުއަށް ފަސޭހަ މޮޅެއް
08 މާރިޗު 2017

ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

08 މާރިޗު 2017
ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް
11 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް

11 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭކަޕް: ސައިކްލޯން ބީސީ އަދި ކިންގްސް ބީސީ އަށް މޮޅެއް
09 ފެބުރުއަރީ 2017

ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް

09 ފެބުރުއަރީ 2017
ތިންވަނަ އެމްބީއޭ ކަޕް: ރައިވެރިޔާ އަތުން ސްޓިންގާސް އަށް ބޮޑު މޮޅެއް
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް