Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކައުންސިލްތަކުގެ މުސާރަ މުރާޖާކުރުން

ޖެނުއަރީން ފެށިގެން އަތޮޅު ކައުންސިލްގެ ނައިބު ރައީސުންނަށް އިތުރު އެލަވަންސެއް ދެނީ

މިގޮތަށް ފާސްކޮށްފައި ވަނީ އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ އާންމު މެމްބަރުންގެ މުސާރައާއި ޢިނާޔަތްތަކުގައި އެއްވެސް ފަރަޤެއް ނެތުމުން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 ސެޕްޓެމްބަރު 2021 | އަންގާރަ 18:50
ކައުންސިލަރުން ހުވާކުރުން

ކައުންސިލަރުން ހުވާކުރުން

އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންގެ މުސާރައާއި ލިވިންގ އެލަވަންސް އަދި ސިޓިންގ އެލަވަންސްގެ އިތުރުން "އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންނަށް ދެވޭ އެލަވަންސް"ގެ ގޮތުގައި ކޮންމެ މަހަކު 1000 ރުފިޔާ ދިނުމަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

އިތުރު އެލަވަންސެއް ދިނުމަށް ކޮމިޓީން ފާސްކޮށްފައި މިވަނީ އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ އާންމު މެމްބަރުންގެ މުސާރައާއި އިނާޔަތްތަކުގައި އެއްވެސް ފަރަގެއް ނެތުމުންނެވެ.

Advertisement - newsAdvertisement

އެކަން ދިރާސާކުރުމަށްފަހު އެކުލަވާލާފައިވާ މާލިއްޔަތު ކޮމިޓީގެ ރިޕޯޓްގައި ބުނެފައިވަނީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ގާނޫނާ ގުޅިގެން, ލޯކަލް ކައުންސިލްތަކުގެ މެމްބަރުންގެ މުސާރައާއި އިނާޔަތްތައް މުރާޖާކުރުމުގެ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހަޅުއްވާފައިވާ އިޞްލާހާއެކު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ފަހުން، އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންގެ ގޮތުގައި ޢައްޔަންކުރާ ފަރާތްތަކާއި އަތޮޅު ކައުންސިލްތަކުގެ އާންމު މެމްބަރުންގެ ގޮތުގައި ތިއްބަވާ ފަރާތްތަކުގެ މުސާރައާއި ޢިނާޔަތުގައި އެއްވެސް ފަރަޤެއްނުވާކަން ފާހަގަކުރައްވައި ލޯކަލް ގަވަރމެންޓް އޮތޯރިޓީން އެމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެހެންކަމުން މިމައްސަލަ މާލިއްޔަތު ކޮމިޓީން އިތުރަށް ދިރާސާކޮށްފައިވާ ކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެފައިވެއެވެ.

އެގޮތުން އުސޫލެއްގެ ގޮތުން އަތޮޅު ކައުންސިލްތަކުގެ ނައިބު ރައީސުންގެ ގޮތުގައި ޢައްޔަންކުރާ ފަރާތްތަކާއި އަތޮޅު ކައުންސިލްތަކުގެ އާންމު މެމްބަރުންގެ ގޮތުގައި ތިއްބަވާ ފަރާތްތަކުގެ މުސާރައާއި ޢިނާޔަތުގައި ފަރަޤެއް ހުންނަންޖެހޭނެކަމަށް ކޮމިޓީގެ މެމްބަރުން ފާހަގަކުރެއްވިއެވެ. އަދި، އަތޮޅު ކައުންސިލްތަކުގެ ރައީސް ނެތް ޙާލަތްތަކުގައި، ރައީސްގެ އެންމެހާ މަސްއޫލިއްޔަތުތައް އަދާކުރަންޖެހޭނީ ނައިބު ރައީސް ކަމަށްވުމުން، މަޤާމުގެ މަސްއޫލިއްޔަތުތަކުގެ ބުރަދަނަށް ބަލައި، އިތުރު އެލަވެންސެއް ދިނުމަށް ކޮމިޓީން ނިންމީކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

މީގެއިތުރުން ނެޝަނަލް ޕޭ ކޮމިޝަނުން އެކުލަވާލާފައިވާ "ޤާނޫނުއަސާސީންނާއި ޤާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުން އުފައްދާފައިވާ ކޮމިޝަންތަކާއި، ބޯޑުތަކާއި، ކޮމިޓީ އަދި ކައުންސިލް/މަޖިލިސްތަކުގެ މުސާރައާއި ޢިނާޔަތްތަކުގެ އޮނިގަނޑު"ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަތޮޅު ކައުންސިލްގެ ރައީސް ފިޔަވައި އެހެން މެންބަރުންނަށް އެ އޮނިގަނޑުގެ ލެވެލް 3 ގައިވާ ގޮތުގެ މަތިން ސިޓިންގ އެލަވަންސްގެ ގޮތުގައި ކޮންމެ ބައްދަލުވުމަކަށް 500 ރުފިޔާ ކަނޑައަޅައި، އަދި އެ އޮނިގަނޑުގައިވާ ފަދައިން މަހެއްގެ މައްޗަށް އެންމެ ގިނަވެގެން ލިބޭނެ ސިޓިންގ އެލަވަންސްގެ މިންވަރަކީ 2000 ރުފިޔާކަމުގައި ކަނޑައެޅުމަށްވެސް ކޮމިޓީން ނިންމާފައިވެއެވެ.

އެލަވަންސް ދިނުމަށް ނިންމާފައިވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ޤާނޫނަށް ގެނައި ބަދަލާއެކު މިހާރު އަތޮޅު ކައުންސިލްގައި ހިމެނެނީ އަތޮޅު ކައުންސިލްގެ ރައީސުންގެ އިތުރުން އެއަތޮޅެއްގެ ރަށު ކައުންސިލްތަކުގެ ރައީސުންނެވެ. އަތޮޅު ކައުންސިލްގެ ރައީސަކީ އިންތިޚާބު ކުރާ މަގާމެއްވިޔަސް އަތޮޅު ކައުންސިލްގެ ނައިބު ރައީސް ހޮވަނީ އަތޮޅު ކައުންސިލްގައި ހިމެނޭ މެމްބަރުންގެ ވޯޓުންނެވެ.

އެންމެ ފަހުން ފާސްކުރި އޮނިގަނޑާއެކު އަތޮޅު ކައުންސިލްގެ ރައީސަށް މުސާރައިގެ ގޮތުގައި 22،400 ރުފިޔާ އަދި ލިވިން އެލަވަންސްގެ ގޮތުގައި 5،600 އާއެކު ޖުމްލަ 28،000 ރުފިޔާ ލިބޭނެއެވެ. ރަށު ކައުންސިލްގެ ރައީސްގެ މުސާރައިގެ ގޮތުގައި 15،400 ރުފިޔާ އަދި ލިވިން އެލަވަންސްގެ ގޮތުގައި 4،600 ރުފިޔާއާއެކު ޖުމްލަ 20،000 ރުފިޔާ ލިބޭނެއެވެ. ރަށު ކައުންސިލްގެ ނައިބުރައީސްގެ މުސާރައިގެ ގޮތުގައި 11،600 ރުފިޔާ އަދި ލިވިން އެލަވަންސްގެ ގޮތުގައި 3،400 ރުފިޔާއާއެކު ޖުމްލަ 15،000 ރުފިޔާ ލިބޭއިރު ކައުންސިލްގެ މެމްބަރުންނަށް 10،600 ރުފިޔާ އަދި އިނާޔަތުގެ ގޮތުގައި 2،400 ރުފިޔާ އާއެކު ޖުމްލަ 13،000 ރުފިޔާ ވަނީ ހަމަޖައްސާފައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު