Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނަފުރަތުގެ ބިލް އިސްލާހުކުރުން

ނަފުރަތުގެ ބިލަށް ގެނެވޭނެ އިސްލާހުތައް އޭޖީ އޮފީހުން ޖުޑީޝަރީ ކޮމިޓީއާ ހިއްސާކޮށްފި

7 ސެޕްޓެމްބަރު 2021 | އަންގާރަ 16:32

މިމަޝްވަރާތަކަކީ އޭޖީ އަލްއުސްތާޛު އިބްރާހީމް ރިފްޢަތުގެ އިސްނެންގެވުމާއެކު ކުރިޔަށް ގެންދިޔަ މަޝްވަރާތަކެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 7 ސެޕްޓެމްބަރު 2021 | އަންގާރަ 16:32
ބަންޑާރަ ނައިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތު

ބަންޑާރަ ނައިބު އަލްއުސްތާޛު އިބްރާހީމް ރިފްޢަތު

ނަފްރަތުގެ ޢަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ޤާނޫނުލްޢުޤޫބާތަށްގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިޞްލާޙު، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކުރެއްވުމަށްފަހު، އެ ބިލަށް ގެންނެވުމަށް ފާސްކުރައްވާފައިވާ އިޞްލާޙުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި ބަންޑާރަ ނައިބު ބާއްވަވާ ސިލްސިލާ ބައްދަލުވުންތައް ނިންމާލައިފިއެވެ.

އޭޖީ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމުގައި، އެ ބިލަށް ކޮމިޓީން ގެނެސްފައިވާ އިޞްލާޙުތައް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ހުށަހެޅިދާނެ އިޞްލާޙުތަކާ ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާ އެއްކޮށް ވަނީ މަޝްވަރާކުރެވިފައެވެ. އަދި މި ބައްދަލުވުމުގައި އެއްބަސްވެވުނު އިޞްލާޙުތައް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއާ ޙިއްޞާކުރެވިފައި ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

Advertisement - newsAdvertisement

މިމަޝްވަރާތަކަކީ އޭޖީ އަލްއުސްތާޛު އިބްރާހީމް ރިފްޢަތުގެ އިސްނެންގެވުމާއެކު ކުރިޔަށް ގެންދިޔަ މަޝްވަރާތަކެކެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެމްބަރ ޙިސާން ޙުސައިން ހުށަހަޅުއްވާފައިވާ މިބިލް ފާސްކުރުމަށް ތަޅުމަށް ފޮނުވުމުން ނިމިގެންދިޔަ ދެވަނަ ދައުރުގެ ފަހު ޖަލްސާގައިވަނީ އެބިލް އަލުން އަނބުރާ ކޮމިޓީއަށް ފޮނުވާލާފައެވެ. މިބިލް ހުށަހެޅުމާއެކު ސަރުކާރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވާއިރު ބިލް ހުށަހެޅުއްވި މެމްބަރަށްވެސް ބޮޑެތި ފާޑުކިޔުންތައް އަމާޒުވިއެވެ.

މިބިލް ޖުޑީޝަރީ ކޮމިޓީން ދިރާސާކުރުމަށްފަހު ބިލަށް ބޮޑެތި ބަދަލުތަކެއް ގެނައެވެ. އަދި އެ ބަދަލުތައް ކަމުނުގޮސްގެން ފަހު ވަގުތު ތަޅުމުންވެސް ބިލަށް ބޮޑެތި އިސްލާހުތަކެއް ހުށަހެޅިއެވެ. ނަމަވެސް ބިލް އަނބުރާ ކޮމިޓީއަށް ފޮނުވާލީ އެދުވަހު ތަޅުމުގައި އެމްޑީޕީގެ ދެ ފެކްޝަންގެ ދެމެދުގައި ބޮޑެތި ދެ ބަސްވުންތަކެއް ހިނގުމަށްފަހުއެވެ. ބިލް އަނބުރާ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވާލާފައިވަނީ ބިލާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމުގެ ގޮތުންނެވެ

ކޮމިޓީން ބިލު ދިރާސާކޮށް ނިންމީ އެކަމުގައި ލަފާ ހޯދަން ޖެހޭ ފަރާތްތަކުގެ ލަފާ ހޯދުމަށްފަހުގައި ކަމަށާއި، އިސްލާމިކް މިނިސްޓްރީގެ ލަފަޔާ އެއްގޮތަށް ބިލަށް ބަދަލުވެސް ގެންނެވި ކަމަށް ޖުޑީޝަރީ ކޮމިޓީގެ މުޤައްރިރު އިމްތިޔާޒު ފަހުމީ ވަނީ ވިދާޅުވެފައެވެ.

މިބިލް ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

12 ޖުލައި 2017

ސަރުކާރު ބަދަލުކުރާކަށް ނޫޅެން، މަސީހު ބަދަލުކޮށްގެން ނޫނީ އިސްލާހެއް ނުގެނެވޭނެ: އިލްހާމް

12 ޖުލައި 2017
ސަރުކާރު ބަދަލުކުރާކަށް ނޫޅެން، މަސީހު ބަދަލުކޮށްގެން ނޫނީ އިސްލާހެއް ނުގެނެވޭނެ: އިލްހާމް
12 ޖުލައި 2017

އޭޖީ އޮފީހުގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަލުން ނިންމަންޖެހޭ ނިންމުމެއް ނެތް: ގާސިމް

12 ޖުލައި 2017
އޭޖީ އޮފީހުގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަލުން ނިންމަންޖެހޭ ނިންމުމެއް ނެތް: ގާސިމް
06 ޖުލައި 2017

ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެވޭނެ، ޕާޓީތަކުގެ ކެނޑިޑޭޓުން ބައިވެރިވާ އިންތިޚާބެއް ބާއްވާނަން: ރައީސް ނަޝީދު

06 ޖުލައި 2017
ރައީސް ޔާމީންގެ ވެރިކަން ނިމުމަކަށް ގެނެވޭނެ، ޕާޓީތަކުގެ ކެނޑިޑޭޓުން ބައިވެރިވާ އިންތިޚާބެއް ބާއްވާނަން: ރައީސް ނަޝީދު
02 ޖުލައި 2017

ޖިނާއީ އިޖުރާއަތުގެ ގާނޫނުން ޖިނާއީ އަދުލުގެ ނިޒާމަށް ހެޔޮ ބަދަލު އަންނާނެ، ހެއްކާއި ބެހޭ ބިލް ފާސްވުން މުހިއްމު: އޭޖީ

02 ޖުލައި 2017
ޖިނާއީ އިޖުރާއަތުގެ ގާނޫނުން ޖިނާއީ އަދުލުގެ ނިޒާމަށް ހެޔޮ ބަދަލު އަންނާނެ، ހެއްކާއި ބެހޭ ބިލް ފާސްވުން މުހިއްމު: އޭޖީ
08 މާރިޗު 2017

އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް

08 މާރިޗު 2017
އަންހެނުން ބާކީ ކުރުމަށްފަހު ޤައުމަށް ގެނެވޭނެ ތަރައްޤީއެއް ނޯންނާނެ: ހަސަން ލަތީފް
05 މާރިޗު 2017

މާލެ ގެނެވޭނެ ގޮތެއް ހަމަނުޖެހި، ހާލުބޮޑު ބަލިމީހެއް ވިލިނގިލީގައި މަރުވެއްޖެ!

05 މާރިޗު 2017
މާލެ ގެނެވޭނެ ގޮތެއް ހަމަނުޖެހި، ހާލުބޮޑު ބަލިމީހެއް ވިލިނގިލީގައި މަރުވެއްޖެ!
14 ފެބުރުއަރީ 2017

ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު

14 ފެބުރުއަރީ 2017
ކޮރަޕްޓް ފަނޑިޔާރުން ގާނޫނުގެ ކުރިމައްޗަށް ގެނެވޭނެ ގޮތް ހަދަންޖެހޭ: ރިޔާޒު
13 ފެބުރުއަރީ 2017

ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު

13 ފެބުރުއަރީ 2017
ސިނގިރޭޓާއި އެނަރޖީ ޑްރިންކުގެ އަގުބޮޑު ކުރަން ސަރުކާރުން ހުށަހެޅި ބިލަށް ބަހުސް ކުރުން އަންގާރަ ދުވަހު
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް