Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިދިކޮޅު ހަރަކާތް

ސަރުކާރު ބަދަލުކުރާކަށް ނޫޅެން، މަސީހު ބަދަލުކޮށްގެން ނޫނީ އިސްލާހެއް ނުގެނެވޭނެ: އިލްހާމް

އިސްލާހީ މަސައްކަތަށް އެހީވެވޭނީ މަސީހު ދުރުކޮށްގެން

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 12 ޖުލައި 2017 | ބުދަ 17:33
 ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަޙުމަދު

ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަޙުމަދު

ސަރުކާރު ބަދަލުކުރަން ނޫޅޭ ކަމަށާއި އެހެނަސް މަޖިލީހުގެ ރައީސްކަމުން އަބްދުﷲ މަސީހު ބަދަލުކޮށްގެން ނޫނީ މަޖިލިސް އިސްލާހު ނުކުރެވޭނޭކަމަށް ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

މ. ކުނޫޒްގައި ގުޅިފައިވާ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފޯން މެދުވެރިކުރައްވާ ދެއްވި ބަސްދީގަތުމެއްގައި އިލްހާމް ވިދާޅުވީ، އެބޭފުޅުން އިސްލާހީ ހަރަކާތާއި ގުޅިވަޑައިގަތީ، އެތައް ދުވަހަކު ކެތްކުރުމަށްފަހު އެތައް ގޮތަކުން ރައީސް ޔާމީނަށާއި މަޖިލީހުގެ ރައީސަށް ކަންކަން އިސްލާހުކުރުމަށް އެތައް ފުރުސަތެއް ދީފައިކަމަށެވެ.

އޭނާ ވިދާޅުވީ، އެބޭފުޅުންގެ މަސައްކަތަކީ ސަރުކާރު ބަދަލުކުރުން ނޫންކަމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހު ބަދަލުކޮށްގެން ނޫނީ މަޖިލީހުގެ ތެރެއިން ކަންކަމަށް އިސްލާހެއް ގެނެވެން ނެތްކަން އިލްހާމް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ނަގަން ޖެހޭ ޑިސިޝަން ނަގާނީ މީހެއްގެ މޫނަކަށް ކަނދުރާއަކަށް ނުބަލާނަން، އަޅުގަނޑު ދާނީ ކުރިއަށް" އިލްހާމް ވިދާޅުވިއެވެ.

އިލްހާމު ވިދާޅުވީ، އޭނާ އިސްލާހީ މަސައްކަތާއި ގުޅިވަޑައިގަތީ، ކަންކަން ގޯހުން ގޯހަށް ދާތަން ފެނުނީމާ އެތަން ބަލަން އިންނަން ކެތް ނުކުރެވިގެން ކަމަށެވެ.

"އަޅުގަނޑުގެ ފުރާނައިން ގަބޫލުކުރެވިގެން މިކަން ނިންމީ" އިލްހާމް ވިދާޅުވިއެވެ.

މަޖިލީހުގައި ކަންކަން ހިނގައި ދިޔައީ ރަނގަޅަށް ނޫންކަމަށާއި، ފާއިތުވެ ދިޔަ ދުވަސްތަކުގައި ކެތްކޮށްގެން ހުރީ ކަންކަން އިސްލާހުވޭތޯކަމަށް އިލްހާމް ވިދާޅުވިއެވެ.

އަދި އެކަންކަން އިސްލާހުނުވެ، ދިގުލައިގޮސް، ދޮޅުމަހެއްހާ ދުވަހު ބެލުމަށްފަހު މި ޑިސިޝަން ނަގަން މަޖުބޫރުވީ، ގައުމުގެ މުސްތަގުބަލާއި ދަރީންނާއި ދަރީންގެ ދަރީންނަށްޓަކައި ކަމަށް އިލްހާމް ވިދާޅުވިއެވެ.

އިލްހާމު ވިދާޅުވިގޮތުގައި، މި އިސްލާހީ މަސައްކަތަށް އެހީވެވޭނީ މަސީހު ދުރުކޮށްގެންނެވެ.

މަސީހު ދުުރުކުރަން ޖެހެނީ، ގާނޫނު އަސާސީއާއި ފުށުއަރާ އެތަށް ކަމެއް މަޖިލީހުގެ ތެރެއިން ހިންގާފައިވާތީ ކަމަށް އިލްހާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެބޭފުޅުންގެ މި މަސައްކަތަކީ، ރައީސް ޔާމީން ވެރިކަމުން ދުރުކުރުން ނޫންކަމަށެވެ. އޭނާ ވިދާޅުވީ، މީ ދިވެހި ރައްޔިތުންނަށްޓަކައި ކުރާކަމެއް ކަމަށެވެ.

އިލްހާމު ވިދާޅުވި ގޮތުގައި މި އަޅުވެތިކަމުގައި، އަބަދުތިބެވޭކަށް ނެތެވެ. އަދި ގާނޫނާއި ޚިލާފަށް ކަންކަން ކުރައްވާ ފަރާތްތަކާއި ގާނޫނު އަރާހަމަކުރާތަން ވަރަށް އަވަހަށް ފެންނާނެެއެވެ.

ރާއްޖޭން ބޭރުގައި މިވަގުތު ހުންނެވި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ ފޯނުން ވާހަކަ ދައްކަވަމުން ވިދާޅުވީ ވަރަށް ގިނަ ކަންކަން މަޖިލީހުގައި ހިނގާ ގޮސްފި ކަމަށާއި އެ ބޭފުޅުން މިފަހަރު މިތިއްބެވީ ރައްޔިތުންނާއެކުގައި ކަމަށެވެ.

"ގުޅިފައިވާ ޕާޓީތަކާއެކު ސާބިތުކަމާއެކު، އެއްވެސް ފަރާތެއްގެ ނުފޫޒެއްގެ ދަށު ނުވެ ހުންނާނަން،"ޖުމްހޫރީ ޕާޓީން ޕީޕީއެމްއަށް ބަދަލުވެވަޑައިގަތުމަށް ފަހު، މި ހަފުތާގައި ޕީޕީއެމް އިން ވެސް އިސްތިއުފާ ދެއްވި ޝަހުދީ ވިދާޅުވި އެވެ.

މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ވިދާޅުވީ އޭނާ ހުންނެވީ އިސްލާހީ މަސައްކަތްތާއެކު ކުރިއަށްދާ ވަރަށް އަޒުމާއެކު ކަމަށެވެ.

"މަޖިލީހުގުގައި ކުރެވޭ މަސައްކަތަކީ ދިވެހިރައްޔިތުންގެ ލާބައާ މުސްތަގުބަލަށް ކުރެވޭ މަސައްކަތެއް،" އޭނާ ވިދާޅުވި އެވެ.

" އިންސާފާ ހަމަހަމަ ކަމާ ހިލާފަށް އެއްވެސް ކަމެއް ނުކުރުމަށް ފަނޑިޔާރުންނަށް ގޮވާލަން"

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު