Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސަލާހުގެ އެއްބަސްވުން އާކުރުން

ބޮޑު މުސާރައަކަށް ސަލާހު ޑިމާންޑުކުރި ވާހަކަ ދޮގުކޮށްފި

7 ސެޕްޓެމްބަރު 2021 | އަންގާރަ 14:05

ސަލާހު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2023 ގެ ހޫނު މޫސުމުގައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 7 ސެޕްޓެމްބަރު 2021 | އަންގާރަ 14:05
ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު

ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު

ލިވަޕޫލާއެކު ހަދާފައި އޮތް އެއްބަސްވުން އާކުރަން މިސްރުގެ ތަޖުރިބާކާރު ފޯވާޑް މުހައްމަދު ސަލާހު ބޭނުންވަނީ ބޮޑު މުސާރައަކަށް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ލިވަޕޫލުގެ ޚަބަރުތައް ގެނެސްދޭ މިޑީއާތަކުން ދޮގުކޮށްފިއެވެ.

ލިވަޕޫލުން އުމުރުން 29 އަހަރުގެ ސަލާހު ގަތީ 2017 ވަނަ އަހަރުގެ ޖޫން މަހު ރޯމާއަށް 35 މިލިޔަން ޕައުންޑް ދެއްކުމަށްފަހުއެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ސަލާހު ލިވަޕޫލުގެ އެއްބަސްވުން އާކުރިއިރު، އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ.

ލިވަޕޫލުން ސަލާހުގެ އެއްބަސްވުން އާކުރުމުގެ މަޝްވަރާތައް ކުރިއަށްގެންދާއިރު، އޭނާ މި ވަގުތު ލިވަޕޫލާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން މުސާރައިގެ ގޮތުގައި ހަފުތާއަކު ދެ ލައްކަ ޕައުންޑް ލިބެއެވެ. އެކަމަކު އައު އެއްބަސްވުމުގައި ސޮއިކުރަން ސަލާހު ބޭނުންވަނީ މުސާރަ ބޮޑުކުރުމުން ކަމަށާއި، އެގޮތުން ހަފުތާއަކު ފަސް ލައްކަ ޕައުންޑުގެ މުސާރައެއް ދޭން ސަލާހު ޑިމާންޑުކޮށްފައިވާ ކަމަށް އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމަކު ލިވަޕޫލުގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ވަނީ އެ ކުލަބުގެ އޮފިޝަލުންނާ ހަވާލާދީ އެ ވާހަކަތައް ދޮގުކޮށްފައެވެ. މީގެ އިތުރުން "ޓޯކްސްޕޯޓް" އަށް ދިން އިންޓަވިއުއެއް ލިވަޕޫލުގެ ކުރީގެ މިޑްފީލްޑަރު ޑެނީ މާފީ ބުނީ ސަލާހަކީ އޭނާއަށް ލިބޭ މުސާރައެއްގެ ދެ ގުނަ އިތުރަށް ހޯދަން މަސައްކަތްކުރާނެ ކުޅުންތެރިއެއް ނޫން ކަމަށެވެ. އަދި އެ ފަދަ ކަމެއް ސަލާހުގެ ފަރާތުން ފެނިއްޖެނަމަ ހައިރާންވާނެ ކަމަށްވެސް މާފީ ވަނީ ބުނެފައެވެ.

ރިޕޯޓުތައް ބުނާ ގޮތުން ލިވަޕޫލުން އަންނަނީ ސަލާހުގެ އެއްބަސްވުން އިތުރު ތިން އަހަރަށް އާކުރަން މަސައްކަތް ކުރަމުންނެވެ. އެކަމަކު އޭނާ ހޯދަން ރެއާލް މެޑްރިޑާއި ޕީއެސްޖީން މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ލިވަޕޫލަށް ބަދަލުވެ ސަލާހު ގިނަ ރިކޯޑުތަކެއް މުގުރާލާފައިވާއިރު، އޭނާ ވަނީ މިހާތަނަށް ލިވަޕޫލަށް ކުޅެދިން 206 މެޗުގައި 127 ލަނޑު ޖަހާފައެވެ. އަދި މި ފަހުން ލިވަޕޫލުން ހޯދި ކާމިޔާބީތަކުގައި ސަލާހު ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން ސަލާހު ވަނީ ލިވަޕޫލާއެކު އިނގިރޭސި ޕްރިމިއާ ލީގާއި، ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕުގެ އިތުރުން ފީފާ ކުލަބު ވޯލްޑް ކަޕުވެސް ކާމިޔާބުކޮށްފައެވެ.

ލިވަޕޫލުން ސަލާހުގެ އެއްބަސްވުން އާކުރުމުގެ މަސައްކަތްކުރަމުން އަންނައިރު، އެ ޓީމަށް ކުޅެމުން އަންނަ އިންގްލެންޑުގެ ޒުވާން ތަރި ޓްރެންޓް އަލެކްސަންޑަ-އާނޯލްޑާއި، ބްރެޒިލުގެ މިޑްފީލްޑަރު ފަބީނިއޯ އާއި، ބްރެޒިލުގެ ތަޖުރިބާކާރު ގޯލްކީޕަރު އެލިސަން ބެކާ އާއި، ނެދަލެންޑްސްގެ އިތުބާރު ޑިފެންޑަރު ވާޖިލް ވެން ޑައިކާއި، ސްކޮޓްލެންޑުގެ ޑިފެންޑަރު އެންޑީ ރޮބަޓްސަން އަދި އެ ޓީމުގެ ކެޕްޓަން ޖޯޑަން ހެންޑަސަން ވަނީ ދާދި ފަހުން އެއްބަސްވުން ދިގު މުއްދަތަކަށް އާކޮށްފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް