Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުން

ރައީސްގެ މިސްރާބާއެކު ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުވާ ފަހިރާސްތާއަށް ދެވޭނެ!

7 ސެޕްޓެމްބަރު 2021 | އަންގާރަ 15:01

މާލެއާ އެއް އަގެއްގައި ރާއްޖޭގެ ހުރިހައި ރަށަކުން ކާޑުގެ ބާވަތްތައް ލިބޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 7 ސެޕްޓެމްބަރު 2021 | އަންގާރަ 15:01
ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުން

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުން

އެކި ސަރުކާރުތަކުން ބޭރުގެ ގައުމުތަކަށް ބަރޯސާވާން ޖެހޭ މިންވަރު ކުޑަ ކުރުމުގެ ވާހަކަ އަބަދުވެސް ދައްކައެވެ. ނަމަވެސް ފާއިތުވި ސަރުކާރުތަކުގައި އުފެއްދުންތެރިކަން އިތުރުކުރުމުގެ ގޮތުން މާބޮޑު މަސައްކަތްތަކެއް ކޮށްފައެއްނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގައި، އުފެއްދުންތެރިކަން އިތުރުކޮށް ބޭރު ގައުމުތަކަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށްޓަކައި ޚާއްސަ މަސައްކަތްތަކެއް ފެށިއެވެ. އެގޮތުން އަޅާނުލައި ދޫކޮށްފައިވާ އެއްސިނާއަތް ކަމަށްވާ ދަނޑުވެރިކަމުގެ ސިނާއަތް ކޮޅަށް ޖެހުމަށް ޚާއްސަ ސިޔާސަތުތަކެއް ކަނޑައެޅިއެވެ. ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، މާލެއާއި އަތޮޅުތެރޭގައި ކާބޯތަކެތީގެ އަގު އެއްހަމަކުރިއެވެ. ތަފާތު ކުރުންތައް ނައްތާލިއެވެ.

އެގޮތުން ކާޑުގެ އަގުތައް ހެޔޮކޮށް، މާލެއާއި އެއް އަގެއްގައި ރާއްޖޭގެ ހުރިހައި ރަށަކުން ކާޑުގެ ބާވަތްތައް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ ރިޔާސީ ބަޔާނުގައެވެ. ރައީސްގެ ވައުދާ އެއްގޮތަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް 2019 އޭޕްރިލް މަހުން ފެށިގެން ވަނީ ކާޑުގެ ބާވަތްތަކުގެ އަގު ހެޔޮކޮށްފައެވެ.

މާލެއެކޭ އެއް އަގެއްގައި ރާއްޖޭގެ ހުރިހައި ރަށަކުން ކާޑުގެ ބާވަތްތައް ލިބޭނެ އިންތިޒާމު ހަމަޖައްސައި، އެސްޓީއޯއިން ވަނީ 200 އަށްވުރެ ގިނަ ކާޑު އެޖެންޓުން ކަނޑައަޅާފައެވެ.

ކޮވިޑް-19އާ ގުޅިގެން އިގްތިސާދަށް އެރި ލޮޅުމާއެކު ވެސް ހަމަ އަގުގައި، މެދުކެނޑުމެއް ނެތި، ކާޑުގެ ބާވަތްތައް މުޅި ރާއްޖެއަށް ފޯރުކޮށްދިނެވެ. ކާޑުގެ ބާވަތްތައް ހުސްވިޔަ ނުދިނުމަށް އިންތިޒާމްތައް ރާވައި ފިޔާ، އަލުވި، ބިސް ފަދަ ތަކެތީގެ ސްޓޮކް ހުސްވިޔަނުދިނުމަށް އެސްޓީއޯ މެދުވެރިކޮށް މަސައްކަތް ކުރިއެވެ.

ކާބޯތަކެތީގެ އަގު މައްޗަށް ދިއުން ކުޑަކުރުމުގެ ގޮތުން ވެސް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އެޅިއެވެ. އެގޮތުން ކާބޯތަކެތީގެ ބާވަތްތަކުގެ އަގުތައް މައްޗަށް ދިއުން ކުޑަކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބިޒްނަސް ސެންޓަރ މެދުވެރިކޮށް މޮނީޓަރުކުރުމުގެ މަސައްކަތްތައް ފެށިއެވެ. އެގޮތުން ކާބޯތަކެތީގެ ތެރޭގައި ހިމެނޭ ބައެއް ޒަރޫރީ ބާވަތްތައް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައަޅައި އިކޮނޮމިކް މިނިސްޓްރީން އިއުލާން ކުރީ 2020 އޭޕްރިލް މަހުގެ ތެރޭގައެވެ.

އަގު ކޮންޓްރޯލް ކޮށްފައިވާ ތަކެތީގެ ތެރޭގައި ފިޔާ، އަލުވި ހިމެނެއެވެ. މިދެބާވަތް ވެސް ވިއްކޭނެ އެންމެ ބޮޑު އަގެއް ގޮތުގައި ކިލޯއެއް 20ރ. އަށް ހަމަޖައްސާފައިވެއެވެ. މީގެ އިތުރުން ކުކުޅު ބިސް 1.80 ރުފިޔާ އަދި މުގު ކިލޯއެއް 45 ރުފިޔާއަށް ހަމަޖެއްސިއެވެ.

ރައްޔިތުންގެ ޝަކުވާތަކަށް ހައްލު ހޯދައިދިނުމާއެކު ވިޔަފާރިވެރިންގެ ޝަކުވާތަކުގެ އަޑު ރައީސް ސާލިހު އެއްސެވިއެވެ. އެކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ ވިޔަފާރިވެރިންނަށް ގެއްލުންނުވާނެ ފަދަ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސެވިއެވެ. އެގޮތުން މުދާ އެތެރެކުރާ ފަރާތްތަކަށް ކުރިމަތިވާ މައްސަލަތަކަށް އަވަސް ހައްލުތަކެއް ހޯދައިދީފައިވެއެވެ.

ތުރާތައް ފިލުވުމާއި، ދަތިތައް ފަސޭހަ ކުރުމާއި، ގޮންޖެހުންތައް ނައްތާލުމުގެ ގޮތުން ރައީސް ސާލިހުގެ ސަރުކާރުގައި ދެން އެންމެ އިސްކަމެއް ދިން ސިނާއަތަކީ ދަނޑުވެރިކަމުގެ ސިނާއަތެވެ.

ދަނޑުވެރިކަން ފުޅާކުރުމުގެ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ބިންތަކާއި، އަލަށް ދޫކުރާ ބިންތަކުން 2020 އިން ފެށިގެން ތިން އަހަރަށް ކުލި ކަނޑައިލިއެވެ. ދަނޑުވެރިކަން ކުރުމަށް އިތުރު ހަ ރަށެއް ކުއްޔަށް ދޫކުރަން ނިންމައި ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން ނަގަމުންދިޔަ އިމްޕޯޓް ޑިޔުޓީ ކަނޑައިލިއެވެ.

މީގެ އިތުރުން އެސް.ޑީ.އެފް.ސީ މެދުވެރިކޮށް ދަނޑުވެރިކަން ކުރުމަށް ލޯނު ދޫކުރަން ފަށައި، ދަނޑުވެރިކަން ކުރިއެރުވުމަށް ފަހި ފުރުސަތުތައް ދައްކުވައިދިނެއެވެ. ޒުވާނުން މިދާއިރާއަށް ނެރުމަށް މަގުކޮށައިދިނެވެ. ޚާއްސަ ޕްރޮގްރާމްތައް އަތޮޅުތެރޭގެ ރަށްރަށުގައި ހިންގައި ހޭލުންތެރިކަން އިތުރުކުރުވިއެވެ. ދަނޑުވެރިންނަށް ބޭނުންވާ ފަންނީ މައުލޫމާތު ފޯރުކޮށްދިނުމަށް އެގްރޯނެޓުން 2021 ޖުލައި މަހު ފެށި ސިލްސިލާ ފޯރަމްތަކަކީ ވެސް ފާހަގަކޮށްލެވޭ ޕްރޮގްރާމްތަކެކެވެ. ގައުމުގައި އުފެއްދުންތެރިކަން އިތުރުކޮށް ގިނަ ބާވަތްތައް އުފެއްދުމުގެ މުހިންމުކަން ރައްޔިތުންނަށް ވިސްނައިދިނީ މިސަރުކާރުންނެވެ.

މީގެ އިތުރުން ދަނޑުވެރިކަމުގެ ސިނާއަތްފުޅާ ކުރުމުގެ މަސައްކަތާއެކު، ލޮކްޑައުންގެ ދަތި ދުވަސްވަރު ދަނޑުވެެރިންގެ އުފެއްދުންތައް ބާޒާރަށް ފޯރުކޮށްދިނުމަށް އެގްރޯ ނެޝަނަލް ކޯޕަރޭޝަންގެ މަސައްކަތްތައް ފެށިއެވެ. 2020 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) އުފެއްދެވީ ރަނގަޅު އަގުގައި ތާޒާކަމާއެކު، ބާޒާރަށް ނެރެވޭނެ ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށެވެ.

ރާއްޖޭގައި އުފައްދާ ކާބޯތަކެތި އިތުރުކޮށް، އެތެރެ ކުރެވޭ މިންވަރު ދަށްކުރުމުގެ ގޮތުން ގިނަ މަޝްވަރާތަކެއް ކުރެވި އަމަލީ މަސައްކަތްތައް ފެށީ ވެސް މިސަރުކާރުންނެވެ. އެގޮތުން 2021 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި މަރކެރެކްޓް ފާމިންގ މަޝްރޫއު ރަސްމީކޮށް އިފުތިތާހު ކުރިއެވެ. އަދި ރާއްޖޭގެ ހުރިހައި ރަށަކަށް ފުޅާކުރެވޭ ގޮތަށް 45 ރަށަކަށް އަމާޒުކޮށް ކޮންޓްރެކްޓް ފާމިންގ މަސައްކަތް ފެށިއެވެ. މިއީ ދަނޑުވެރިކަމަށް އަމާޒު ހިފޭ އިންގިލާބީ މަޝްރޫއަކަށްވާއިރު، މި މަޝްރޫއުގެ ދަށުން 17 ބާވަތެއް ހެއްދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ދަނޑުވެރިކަމާއިބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ މައުލޫމާތުތައް ދައްކާގޮތުން 400 އަށް ވުރެ ގިނަ ދަނޑުވެރިން ދަނީ މިމަސައްކަތް ކުރަމުންނެވެ. އަދި އެގްރޯނެޓާއެކު ކޮންޓްރެކްޓް ފާމިންގ މަޝްރޫއުގެ ދަށުން މަސައްކަތް ކުރުމަށް 1،500 އަށްވުރެ ގިނަ ދަނޑުވެރިން ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ.

މި މަޝްރޫއުގެ 40 އިންސައްތަ އަންހެނުންނަށް ޚާއްސަ ކޮށްފައިވާއިރު، 20 އިންސައްތަ ޚާއްސަކޮށްފައިވަނީ ޒުވާނުންނަށެވެ. މި މަޝްރޫއުގެ ދަށުން ދަނޑުވެރިން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް ގަނެ، ބާޒާރަށް ނެރެ ވިއްކުމުގެ އިންތިޒާމުތަކެއް އެގްރޯނެޓުން ހަމަޖައްސައިދޭނެ އެވެ.

ތިމާވެއްޓާއި ސިއްހަތަށް ރައްކާތެރި އީޖާދުތަކުން އިޖާބަ ލިބެމުންދާ ވާދަވެރި ލާބަ ހުރި ވިޔަފާރި ކޮޅަށް ޖަހާފައިމިވަނީ މިސަރުކާރުގައެވެ. ކޮވިޑް-19ގެ ދަތިހާލުގައި ވެސް ދަނޑުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑެތި ކުރިއެރުންތައް މިއަދު ރައްޔިތުން ބަލައިގަނެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރެވި، އަގު ކޮންޓްރޯލްވެގެން ދިއުމަކީ ރައްޔިތުންގެ ދިރިއުޅުމަށް ލިބުނު އެންމެ ބޮޑު އެއް ލުޔެވެ. ރައީސްގެ މިސްރާބާއެކު ކާބޯތަކެތީގެ ޔަގީންކަން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ފެހިފެހި އާޒާދީގެ، ފަހިރާސްތާއަށް ދެވޭނެކަމާއި މެދު ރައްޔިތުން ޝައްކެއް ނުކުރެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

27 ސެޕްޓެމްބަރު 2019

އެލްސަލްވަޑޯ ރައީސްގެ އދ. ސެލްފީ:ސްޕީޗަށް ވުރެ އިންސްޓަގްރާމް ފޮޓޯގެ އަސަރު ބޮޑު

27 ސެޕްޓެމްބަރު 2019
އެލްސަލްވަޑޯ ރައީސްގެ އދ. ސެލްފީ:ސްޕީޗަށް ވުރެ އިންސްޓަގްރާމް ފޮޓޯގެ އަސަރު ބޮޑު
06 މެއި 2019

ކާބޯތަކެތީގެ އަގު އުފުލެނީ ސިޔާސަތު ދޯދިޔާވުމުންތަ!؟

06 މެއި 2019
ކާބޯތަކެތީގެ އަގު އުފުލެނީ ސިޔާސަތު ދޯދިޔާވުމުންތަ!؟
22 ޑިސެމްބަރު 2018

ދުނިޔޭގެ އެންމެ މަގުބޫލު ލޯބީގެ ބިނާގައި ރައީސްގެ ދެކަނބަލުން

22 ޑިސެމްބަރު 2018
ދުނިޔޭގެ އެންމެ މަގުބޫލު ލޯބީގެ ބިނާގައި ރައީސްގެ ދެކަނބަލުން
19 ޑިސެމްބަރު 2018

ރައީސްގެ އިންޑިއާ ދަތުރުފުޅު: ރާއްޖެ އަނެއްކާވެސް އިންޑިއާއާ އެންމެ ގާތަށް!

19 ޑިސެމްބަރު 2018
ރައީސްގެ އިންޑިއާ ދަތުރުފުޅު: ރާއްޖެ އަނެއްކާވެސް އިންޑިއާއާ އެންމެ ގާތަށް!
14 ޖުލައި 2018

ރައީސާއި ނައިބު ރައީސްގެ ގުޅުން: ސަރުކާރެއް ރަގަޅަށް ހިންގުމަށް އިތުބާރާއި ގާތްކަން މުހިއްމު

14 ޖުލައި 2018
ރައީސާއި ނައިބު ރައީސްގެ ގުޅުން: ސަރުކާރެއް ރަގަޅަށް ހިންގުމަށް އިތުބާރާއި ގާތްކަން މުހިއްމު
29 ޖެނުއަރީ 2018

ކާބޯތަކެތީގެ އިސްރާފު އިންތިހާއަށް، ކާބޯތަކެތި ނުލިބޭ އާބާދީ އިތުރުވަނީ

29 ޖެނުއަރީ 2018
ކާބޯތަކެތީގެ އިސްރާފު އިންތިހާއަށް، ކާބޯތަކެތި ނުލިބޭ އާބާދީ އިތުރުވަނީ
15 އޯގަސްޓު 2017

"އަދީބު ދިން ކާރާ އަނގޮޓިއާ ރިޔާސަތު އޯކޭ، ހަމަރަނގަޅަށް ވެސް ބޯގޮވާފަ" – ރައީސްގެ ވާހަކަތަކާއި އެކު ޓްވީޓަރގައި ވަރަށް ވާހަކަ

15 އޯގަސްޓު 2017
"އަދީބު ދިން ކާރާ އަނގޮޓިއާ ރިޔާސަތު އޯކޭ، ހަމަރަނގަޅަށް ވެސް ބޯގޮވާފަ" – ރައީސްގެ ވާހަކަތަކާއި އެކު ޓްވީޓަރގައި ވަރަށް ވާހަކަ
14 މެއި 2017

އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!

14 މެއި 2017
އިންތިހާބު ނިމުނުތާ ހަފުތާއެއް ވީއިރުވެސް ރައީސްގެ ބަސްފުޅެއް ނެތް!
08 މެއި 2017

ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!

08 މެއި 2017
ފުވައްމުލަކު ރައްޔިތުން ނިކުމެ ވޯޓު އަޅައި މަޖިލިސް ރައީސްގެ އިތުބާރު ނެތް ކަމަށް "ފާސްކޮށްފި"!
28 މާރިޗު 2017

މަޖިލިސް ރައީސްގެ އިތުބާރު ވޯޓު – މަޖިލީހުގައި ނެގި އެންމެ ކަޅު ވޯޓު

28 މާރިޗު 2017
މަޖިލިސް ރައީސްގެ އިތުބާރު ވޯޓު – މަޖިލީހުގައި ނެގި އެންމެ ކަޅު ވޯޓު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް