Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓްް

ކާބޯތަކެތީގެ އަގު އުފުލެނީ ސިޔާސަތު ދޯދިޔާވުމުންތަ!؟

ކޮންމެ ރޯދަމަހެއްގައި ވެސް ތަކެތީގެ އަގު އުފުލޭ

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 6 މެއި 2019 | ހޯމަ 13:04
ބާޒާރުގައި ވިއްކަން ހުރި މިރުސްތަކެއް

ބާޒާރުގައި ވިއްކަން ހުރި މިރުސްތަކެއް

ރޯދަ މަހުގެ ފުރަތަމަ ދުވަހު އެންމެންގެ ވެސް ކަންބޮޑުވުމަކީ ތަކެތީ އަގު އުފުލުމެވެ. އިންތިހާއަށެވެ. ހާއްސަކޮށް ކާބޯތަކެތީގެ އަގު ވަނީ އަތްނުފޯރާ ފަށަށް އަރާފައެވެ. މިއީ އިގްތިސާދީ އަދި އިޖުތިމާއީ މައުލޫއެކެވެ. ނަމަވެސް މިއީ ސިޔާސީ މައުލޫމާއަކަށް ވެސް ވެއްޖެއެވެ. ތަކެތި އަގު ބޮޑުވާ މައްސަލައިގައި އެއް ބަޔަކު އަނެއް ބަޔަކަށް ފޫޅުކަނޑަނީއެވެ.

ވިޔަފާރިވެރިންގެ ނަޒަރުގައި ތަކެތީގެ އަގު ބޮޑުވަނީ ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވޭތީއެވެ. އެއީ ވިޔަފާރީގެ އެންމެ އަސާސީ އުސޫލެވެ. ނަމަވެސް ހަގީގަތުގައި އެކަން އޮތީ މުޅިން އެހެންނެއް ނޫނެވެ. ބައެއް ސާމާނު ބާޒާރުގައި އެކަށީގެންވާ ވަރަށް ލިބެން ހުރި ނަމަވެސް އެހެން މަސްތަކަށް ވުރެ އަގު ބޮޑެވެ. ތެދެކެވެ. އެތަކެތީގެ ޑިމާންޑް އެހެން މަސްތަކަށް ވުރެ ބޮޑެވެ. ނަމަވެސް އެއީ އަތްނުފޯރާ ހިސާބަށް އަގު އުފުލަންވީ ސަބަބެއް ހެއްޔެވެ؟ އެއް މަހުން މުއްސަނދިވާން ވިސްނާ ނަމަ މިފަދަ މަހެއްގައި މުދަލުގައި ބަރަކާތް ވެސް ނުލައްވާނެއެވެ.

ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު ހާހުން މައްޗަށް ދިއުން ވެސް މިހާރު ވަނީ ސިޔާސީ ކަމަކަށް ވެފައެވެ. ރަށްރަށުގެ މީހުންގެ ހައްގުގައި ވަކާލާތުކުރާ މީހުން ދެކޭ ގޮތުގައި ކަނޑޫދޫ މިރުހުގެ އަގު ހާހުން މައްޗަށް ދިއުމުގައި އެއްވެސް މައްސަލައެއް ނެތެވެ. މާލޭގެ ކުލި ހިތު ހުރި ވަރަކަށް ބޮޑުކޮށް މާލޭގެ ބިންވެރިން މުއްސަނދިވާ ވަސީލަތެއްގެ ގޮތުގައި ބިން ބޭނުންކުރާ އިރު ކަނޑޫދޫ މީހުން އެ މީހުންގެ ބުރަ މަސައްކަތުން ހައްދައި ބާޒާރަށް ނެރޭ މިރުސްކޮޅު ބޭނުން އަގެއްގައި ވިއްކުމުގެ އިހްތިޔާރު އެ މީހުންނަށް ވެސް އޮންނާނެއެވެ. މާލޭގެ ތަންތަން ބޮޑު އަގުގައި ހިފުމާއި ނުހިފައި ރަށުގައި ދިރިއުޅެން އޮތް "ޗޮއިސް" ފަދައިން އަގު ބޮޑު ކަނޑޫދޫ މިރުސް ނުކައި އަގު ހެޔޮ ބޭރު މިރުސް ނޫނީ އެހެން ރަށެއްގެ މިރުސް ކެއުމުގެ އިހްތިޔާރު އެންމެންނަށް ވެސް އެބަ އޮތް ކަމަށް އެ މީހުން ދެކެއެވެ. މިއީ ކުޑަކޮށް މަޖާޒީ ގޮތެއްގައި ސޯޝާލް މީޑިއާގައި ބަޔަކު ދެއްކި ވާހަކައެއް ކަމަކު ހައްގަށް ވަކާލާތުކުރާ މީހުން މި ވާހަކަ ދައްކަނީ ނުހަރު ސީރިއަސްކޮށެވެ. ރުޅިވެރިކަމާ އެކުގައެވެ.

ކޮންމެއަކަށް މާލޭގެ ކުއްޔާއި ކަނޑޫދޫ މިރުހުގެ ޒުވާބުގެ ތެރެއިން ސަރުކާރުގެ ބޮލުގައި ވެސް ބަޔަކު ދަނީ މީގެ ޒިންމާ އަޅުވަމުންނެވެ. ހާއްސަކޮށް އިދިކޮޅު ޕީޕީއެމުން ރަސްމީ ލެޓަހެޑްގައި ނެރުނު ބަޔާނުގައި ވެސް އޮތީ އެފަދަ މޭރުމަކުންނެވެ. ތަކެތީގެ އަގު ބޮޑުވަނީ މިހާރުގެ ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ކަމަށް ދޭހަވާ ގޮތަށް ޕީޕީއެމުން އެ ވަނީ ކަނޑޫދޫ މިރުހުގެ އަގު ވެސް ސަރުކާރު ބޮލަށް ކަނޑާފައެވެ. ކަން އޮތީ މުޅިން އެހެން ނޫންކަމުގައި އެ ވާހަކަތަކުގައި ކޮންމެވެސް ވަރެއްގެ ބުރަދަނެއް ވެސް އެބަހުއްޓެވެ. އެއީ މި ސަރުކާރުވުމަކުން ނޫނެވެ. ކުރީގެ ސަރުކާރުތަކުން ފެށިގެން ސިޔާސަތުތައް ދޯހަޅިވީމައެވެ. މި ސަރުކާރަށް ހޭދަވި ހައެއްކަ މަސް ތެރޭގައި އަދި މުޅިން އެކަމަށް ހައްލެއް ހޯދައިދެވިފައި ނުވާކަން އެއީ ހަގީގަތެކެވެ.

ކޮންމެ ރޯދަމަހަކާ ދިމާކޮށް ބާޒާރުގައި ތަކެތީގެ އަގު އުފުލުމަކީ އާންމު ކަމެކެވެ. އަހަރުން އަހަރަށް އެކަން ދަނީ ބޮޑުވަމުންނެވެ. ސިޔާސަތުތަކުގައި މައްސަލަތައް އުޅެޔޭ ބުނަންޖެހެނީ އެހާ ހިސާބުންނެވެ. ސިޔާސަތެއްގެ ބޭނުމަކީ ކަމެއް ގޯހުން ދާ ނަމަ އެ ގޯހެއް ވީއެންމެ އަވަހަކަށް ރަނގަޅުކުރެވޭނެ ނުވަތަ ލިބޭ ގެއްލުން އެންމެ ކުޑަކުރެވޭނެ ގޮތެއް ހޯދުމެވެ. އޭގެ ބަދަލުގައި ގޯސް އިތުރަށް ގޯސްވެގެން ދާ ނަމަ ހަގީގަތުގައި ވެސް ސިޔާސަތުގައި ގޯސްތަކެއް ހުރީއެވެ.

މީގެ ކުރިން އަގު އުފުލެނީ ބިހާއި އަލުއްވާއި ފިޔާ ފަދަ ބާވަތްތަކެވެ. ނަމަވެސް ސަރުކާރު ހިއްސާވާ އެސްޓީއޯ އިން އެ ބާވަތްތައް އެކަށީގެންވާ ވަރަށް އެތެރެކޮށް ހެޔޮ އަގެއްގައި ބާޒާރަށް ނެރޭތީ އެ ތަކެތީގެ އަގު ބޮޑުވެގެން މީހަކު މިހާރަކު އެ ވާހަކައެއް ނުދައްކައެވެ. ނަމަވެސް އޭގެ މާނައަކީ އެސްޓީއޯއިން ކަނޑޫދޫ މިރުސް ހައްދަން ފެށުމެއް ނޫނެވެ. މުޅި ބާޒާރުގައި އަގު ބޮޑުވެގެން އުޅެނީ ކަނޑޫދޫ މިރުހުގެއެއް ނޫނެވެ. އާންމު ގޮތެއްގައި ހުރިހާ ބާވަތެއްގެ އަގު ވެސް ހުރީ އުފުލިފައެވެ. އެއީ ކޮންމެ ރޯދަމަހަކަށް ކުރިމަތިވާ މައްސަލައަކަށްވުމުން އެ ކަމުގައި މިހާތަނަށް އެއްވެސް ސަރުކާރަކަށް ތިޔަބުނާ ހައްލެއް ހޯދައިދެވިފައެއް ވެސް ނެތެވެ. މި ސަރުކާރަށް ފޫޅުކަނޑާ ޕީޕީއެމްގެ ސަރުކާރުގައި ވެސް ހިފިހާ ރޯދައެއް ގައިމު ހިފީ ބާޒާރުން ބޮޑު އަގުގައި ތަކެތި ގަނެގެން ކައިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

12 ޖުލައި 2017
ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!

ރަމަޟާން މަހު ބާޒާރު: ހައިރާން ވާވަރަށް ކަރާގެ އަގު އުފުލުނު އިރު، ކަނޑުމަހުގެ އަގު ދަށަށް!

25 ޖޫން 2017
މިރުހާއި ކާށީގެ އަގު ދަށަށް، ކަރާގެ އަގު މައްޗަށް!

މިރުހާއި ކާށީގެ އަގު ދަށަށް، ކަރާގެ އަގު މައްޗަށް!

06 ޖޫން 2017
އައިފޯން 8: އެޕަލްގެ އެންމެ އަގު ބޮޑު ފޯނު

އައިފޯން 8: އެޕަލްގެ އެންމެ އަގު ބޮޑު ފޯނު

04 ޖޫން 2017
ތަކެތީގެ އަގު ރަނަށް، ރައްޔިތުން ރަތަށް

ތަކެތީގެ އަގު ރަނަށް، ރައްޔިތުން ރަތަށް

01 ޖޫން 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު