ކޮވިޑް ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެ
ނިޔާވީ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެއް

އާއިޝަތު ޝިއުރާ | 6 ސެޕްޓެމްބަރު 2021 | ހޯމަ 15:00

ހުޅުމާލެ ސަހަރާ
ކޮވިޑް-19 ޖެހިގެން އިތުރު މީހަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ބުނީ ހޯމަ ދުވަހުގެ މެންދުރުފަހު 3:35 ގައި އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކު ނިޔާވެފައިވާ ކަމަށެވެ. މިމީހާ ނިޔާވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށެވެ.
މިއާއެކު ރާއްޖޭގައި މިބަލީގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ 227ށް އަރާފައެވެ.
މިއީ ސެޕްޓެމްބަރ މަހު މިބަލީގައި ނިޔާވި ފުރަތަމަ މީހާއެވެ.


