Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންޑޯ ކޯޓު ހުސްކުރުން

"އިންޑޯ ކޯޓު ހުސްކުރުމަށް ހެލްތުގައި އެދިފައިވާނެ"

6 ސެޕްޓެމްބަރު 2021 | ހޯމަ 13:14

ސިއްހަތާ ބެހޭ ވުޒާރާއިން މިހާތަނަށްވެސް ޖަވާބެއް ދީފައެއް ނުވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 6 ސެޕްޓެމްބަރު 2021 | ހޯމަ 13:14
މިދިޔަ އަހަރު އިންޑޯގައި ބޭއްވި ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ތެރެއިން

މިދިޔަ އަހަރު އިންޑޯގައި ބޭއްވި ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ތެރެއިން

ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓު ހުސްކޮށްދިނުމަށް ސިއްހަތާ ބެހޭ ވުޒާރާގައި އެދިފައިވާނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މި އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ކޮވިޑް-19 ގެ ވެކްސިން ސެންޓަރެއްގެ ގޮތުގައި އިންޑޯ ކޯޓު ބޭނުންކުރަމުން ދާތީ، އެތަން އާންމުކޮށް ބޭނުންކުރާ ކުޅިވަރު އެސޯސިއޭޝަންތަކުން ވަނީ އެ އެސޯސިއޭޝަންތަކުގެ ކަންބޮޑުވުންތައް ކުޅިވަރާ ބެހޭ ވުޒާރާއަށް ހިއްސާކޮށްފައެވެ.

ވޮލީބޯޅަ، ބާސްކެޓްބޯޅަ އަދި ނެޓްބޯޅަ މުބާރާތްތައް ބޭއްވުމަށް އިންޑޯ ބޭނުންކުރާއިރު، އެ ކުޅިވަރުތައް ކުޅުމަށް ރާއްޖޭގައި ރަނގަޅު ފެންވަރަކަށް ހަދާފައި އޮތް ހަމައެކަނި ކޯޓަކީ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓެވެ. އެކަމަކު މި ވަގުތު އެ ކޯޓު ބޭނުންކުރުމުގެ ފުރުސަތު ކުޅިވަރު އެސޯސިއޭޝަންތަކަށް ލިބިފައިނުވާއިރު، ގައުމީ ބާސްކެޓްބޯޅަ ޓީމުން އަންނަނީ އަންނަ އޮކްޓޯބަރު ބާއްވާ ސާބާ ޗެމްޕިއަންޝިޕަށް ތައްޔާރުވަމުންނެވެ. އެކަމަކު އިންޑޯގައި ކުޅެން ޖެހޭ އެ މުބާރާތަށް ތައްޔާރުވުމަށް ގައުމީ ޓީމުން ފަރިތަކުރަމުން އަންނަނީ އައުޓްޑޯ ކޯޓުގައެވެ.

އެއާއެކު އިންޑޯ ކޯޓު ހުސްކޮށްދިނުމަށް އެދި ކުޅިވަރާ ބެހޭ ވުޒާރާއަށް ވޮލީބޯޅަ އެސޯސިއޭޝަނުން ފޮނުވި ސިޓީއަށް ޖަވާބުދީ އެ ވުޒާރާއިން ފޮނުވި ސިޓީގައި ބުނެފައިވަނީ ޒުވާނުންގެ މަރުކަޒުގެ އިންޑޯ ކޯޓުގައި ކުޅެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން އެދެމުންދާތީ، އަދި ޚާއްސަކޮށް ބާސްކެޓް، ވޮލީ އަދި ނެޓްބޯޅަ ކުޅުމަށް އެހެން ފެސިލިޓީއެއް މާލޭގައި ނެތުމާއެކު އަދި ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއް މިހާރު ތާވަލުކޮށްފައި އޮތުމުން، އެ މުބާރާތްތަކަށް ދިއުމަށް ފަރިތަކުރުންތައް ކުރިއަށްގެންދިއުމަށާއި، އެ އެސޯސިއޭޝަންތަކުގެ މުބާރާތްތައް ބޭއްވުމަށް އިންޑޯ ކޯޓު ހުސްކޮށްދިނުމަށް އެދި ސިއްހަތާ ބެހޭ ވުޒާރާގައި އެދިފައިވާނެ ކަމަށެވެ. އެކަމަކު އެ ވުޒާރާއިން މިހާތަނަށްވެސް ފޮނުވާފައިވާ ސިޓީއަށް ޖަވާބެއް ދީފައިނުވާ ކަމަށްވެސް ވަނީ ބުނެފައެވެ.

މިހާތަނަށްވެސް އިންޑޯ ކޯޓު ބޭނުންކުރުމުގެ ފުރުސަތު ލިބިފައިނުވާއިރު، އޭވީސީ ސެންޓްރަލް ޒޯން އަންހެން މުބާރާތް ރާއްޖޭގައި ބާއްވަންވެސް ވަނީ ތާވަލުކޮށްފައެވެ. އެކަމަކު ސެންޓްރަލް ޒޯން މުބާރާތުގައި އެންމެ ފަހުން ރިހި މެޑަލް ހޯދި އަންހެން ޓީމަށް މި ފަހަރުގެ މުބާރާތަށް ފަރިތަކުރުންތައް ފެށުމުގެ ފުރުސަތު އަދި ލިބިފައެއް ނުވެއެވެ.

އިތުރަށް ކިޔާލަން

02 ޖޫން 2018

ސްވިޓްޒަލޭންޑުގެ ސުޕްރީމް ކޯޓުގެ އަމުރަކާއެކު، ޕެރޫގެ ކެޕްޓަން ވާރލްޑް ކަޕަށް

02 ޖޫން 2018
ސްވިޓްޒަލޭންޑުގެ ސުޕްރީމް ކޯޓުގެ އަމުރަކާއެކު، ޕެރޫގެ ކެޕްޓަން ވާރލްޑް ކަޕަށް
28 އެޕްރީލު 2018

ބާސެލޯނާ އޯޕެން: ކްލޭ ކޯޓުގައި ޖެހިޖެހިގެން 42 ސެޓު ނަޑާލް ކާމިޔާބު ކޮށްފި

28 އެޕްރީލު 2018
ބާސެލޯނާ އޯޕެން: ކްލޭ ކޯޓުގައި ޖެހިޖެހިގެން 42 ސެޓު ނަޑާލް ކާމިޔާބު ކޮށްފި
29 ނޮވެމްބަރު 2017

އެންބީއޭގެ މެޗެއްގައި ފުރަތަމަ ފަހަރަށް ޖޭމްސް ކޯޓުން ފޮނުވާލައިފި

29 ނޮވެމްބަރު 2017
އެންބީއޭގެ މެޗެއްގައި ފުރަތަމަ ފަހަރަށް ޖޭމްސް ކޯޓުން ފޮނުވާލައިފި
30 އޮކްޓޯބަރު 2017

ސްވިސް އިންޑޯސް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ފެޑެރާ ހޯދައިފި

30 އޮކްޓޯބަރު 2017
ސްވިސް އިންޑޯސް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ފެޑެރާ ހޯދައިފި
18 އޮކްޓޯބަރު 2017

އަނިޔާގެ ސަބަބުން ނަޑާލް އަށް ސްވިސް އިންޑޯސް މުބާރާތް ގެއްލިއްޖެ

18 އޮކްޓޯބަރު 2017
އަނިޔާގެ ސަބަބުން ނަޑާލް އަށް ސްވިސް އިންޑޯސް މުބާރާތް ގެއްލިއްޖެ
18 ސެޕްޓެމްބަރު 2017

ފަސްވަނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނެ އެތްލީޓު ހޮވައިފި

18 ސެޕްޓެމްބަރު 2017
ފަސްވަނަ އޭޝިއަން އިންޑޯ އެންޑް މާޝަލް އާޓްސް ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނެ އެތްލީޓު ހޮވައިފި
24 މެއި 2017

ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި

24 މެއި 2017
ޓެކްސް އަށް މެސީ މަކަރު ހެދިކަމަށް ބުނާ މައްސަލަ އަށް ހައިކޯޓުން ތާއީދުކޮށްފި
30 އެޕްރީލު 2017

ކުޅުދުއްފުއްޓާއި މިލަންދޫގައި އަޅާ އިންޑޯ ކޮމްޕެލެކްސްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފި

30 އެޕްރީލު 2017
ކުޅުދުއްފުއްޓާއި މިލަންދޫގައި އަޅާ އިންޑޯ ކޮމްޕެލެކްސްތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފި
08 އެޕްރީލު 2017

ފްރެންޗް އޯޕަންއަކީ އެންމެ ފަހު ކްލޭ ކޯޓު މުބާރާތް: ފެޑަރާ

08 އެޕްރީލު 2017
ފްރެންޗް އޯޕަންއަކީ އެންމެ ފަހު ކްލޭ ކޯޓު މުބާރާތް: ފެޑަރާ
13 ފެބުރުއަރީ 2017

އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި

13 ފެބުރުއަރީ 2017
އިންޑޯ ކޯޓު ހަމަނުޖެހިގެން ވޮލީ ޓީމުގެ ފަރިތަކުރުންތައް ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް