Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިހުރީ ޕާޓީއެއްގެ ސްލޮޓެއްގައެއް ނޫން

މަގާމުގައި މިހުރީ އެއްވެސް ޕާޓީއެއްގެ ސްލޮޓެއްގައެއް ނޫން - ޢަލީ ޒާހިރު

5 ސެޕްޓެމްބަރު 2021 | އާދީއްތަ 16:47

ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވާކަމަށް ކުރެވެމުންދާ ތުހުމަތުތަކާ ގުޅިގެން މިހާތަނަށް އެއްވެސް ފަރާތަކުން އޭނާއާ ސުވާލުކޮށްފައެއް ނުވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 5 ސެޕްޓެމްބަރު 2021 | އާދީއްތަ 16:47
ޢަލީ ޒާހިރު - ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް

ޢަލީ ޒާހިރު - ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް

މަގާމުގައި މިހުރީ އެއްވެސް ޕާޓީއެއްގެ ސްލޮޓެއްގައި ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފުގެ މަގާމުގައި ހުންނެވީ އެއްވެސް ޕާޓީއެއް ތަމްސީލު ކުރެއްވުމުގެ ގޮތުން ނޫންކަމަށާއި، އެ މަގާމަކީ ކޯލިޝަން އެގްރީމެންޓުގެ ދަށުން، ވަކި ޕާޓީއަކަށް ލިބިގެންވާ ޕަސެންޓޭޖުގެ ތެރެއިން ސްލޮޓެއް ފުރިހަމަ ކުރަން ހުންނަވާ މަގާމެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

އޭނާ އިތުރަށް ވިދާޅުވީ، ޗީފް އޮފް ސްޓާފުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އޭނާ އައްޔަނު ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ އޭނާއަށް އިތުބާރު ކުރައްވާތީ ކަމަށެވެ. އަދި ރައީސް އޭނާއަށް ކުރައްވާ އިތުބާރު ގެއްލޭ ދުވަހެއް އަތުވެއްޖެ ނަމަ އެ މަގާމުން ވަކި ކުރައްވާނެ ކަމަށާއި، އެގޮތަށް އެމަގާމުގައި ނުވެސް ހުރެވޭނެ ކަމަށެވެ. ރައީސްގެ އިތުބާރު އޭނާގެ މައްޗަށް ނެތް ދުވަހެއްގައި މަގާމުގައި ހުންނަވަން ބޭނުން ނުވާ ކަމަށްވެސް ޢަލީ ޒާހިރު ވިދާޅުވިއެވެ.

ޝަރުޢީ ދާއިރާއަށް އޭނާ ނުފޫޒު ފޯރުވާކަމަށް ކުރެވެމުންދާ ތުހުމަތުތަކާ ގުޅިގެން މިހާތަނަށް އެއްވެސް ފަރާތަކުން އޭނާއާ ސުވާލު ކޮށްފައި ނުވާކަމަށާއި، އަދި އެފަދަ ތަހުގީގެއް ހިނގާކަން އެނގިފައި ނުވާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، މިހާރު ލީކުވެގެން އުޅޭ އޯޑިއޯތަކުގެ ހަގީގަތް ހޯދުމަށް، ރައީސް އޮފީހުގެ ފަރާތުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށާއި، އަދި މޯލްޑިވްސް ޕޮލިސް ސާވިސްއަށްވެސް ރަސްމީކޮށް ލިޔުއްވާފައިވާނެ ކަމަށާއި، މި ތަހުގީގު ތެރެއިން އޭނާއާއި ސުވާލެއް ކުރަން ޖެހޭ ކަމަށްވާނަމަ ސުވާލު ކުރާނެކަމަށެވެ. އަދި އެފަދަ ތަހުގީގެއްގައި ސުވާލު ކޮށްފިނަމަ، ސުވާލުތަކަށް ޖަވާބުދޭން ތައްޔާރަށް ހުންނެވި ކަމުގައިވެސް ވިދާޅުވިއެވެ.

ފަނޑިޔާރުންނާއި، އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަތަކާ ގުޅިގެން ޢަލީ ޒާހިރު ވިދާޅުވީ، މިކަމުގެ ޚަބަރުތައް ވަރަށް ޒިންމާދާރުކަން ކުޑަކޮށް ބައެއް މީޑިއާތަކުން ފަތުރަމުންދާކަމަށެވެ. އޭނާ ވަނީ މިބައްދަލުވުމުގައި، އޯޑިއޯތަކުގައިވެސް އަދި އިދިކޮޅު ފަރާތްތަކުންވެސް އޭނާގެ ނަން އެވަރަށް ބޭނުން ކުރަމުންދަނީ ދައްކާނެ އިތުރު މީހެއްގެ ވާހަކަތަކެއް ނެތުމުން ކަމުގައި ވިދާޅުވެފައެވެ. އަދި އެއީ ވަރަށް ފިނޑި ޢަމަލެއްގެ ގޮތުގައި ވިދާޅުވިއެވެ. ޢަލީ ޒާހިރު ވިދާޅުވީ، ރައީސް ޞާލިޙު ދުވަހަކުވެސް ފަނޑިޔާރުންނަށް ގުޅުއްވައިގެން ވަކި މައްސަލައަކަށް ނުފޫޒު ފޯރުވަން އަންގަވާފައި ނުވާކަމަށެވެ. ސަރުކާރަށް ނިސްބަތްވާ ވަޒީރުންނާއި އެހެނިހެން ބޭފުޅުންގެ މައްސަލަތައް ކޮމިޝަންތަކާއި ކޯޓުތަކުގައި ހިނގަމުން އަންނަ އައުމުން ދޭހަވަނީ މުއައްސަސާތައް އޭގެ ޒާތުގައި މިނިވަންކަމާއެކު މަސައްކަތްކުރާކަން ކަމުގައި އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ދަނޑިވަޅުގައި މި ފަތުރާ ވާހަކަތަކަކީ ރައީސް ޔާމީންގެ ޝަރީޢަތަށް ނުފޫޒު ފޯރުވުމުގެ ގޮތުން ބަޔަކު މީހުން ސިޔާސީ ގޮތުން ދައްކާ ވާހަކައެއް ކަމަށާއި، ސިޔާސީ ގޮތުން ފާޑު ކިޔުމަކީ އުފަލާއެކު ބަލައިގަންނަކަމެއް ކަމަށެވެ. އަދި ސަރުކާރުގައި ހުރި އުނި ކަންތަކުގެ ވާހަކަ ބަލައިގަންނާނެ ކަމަށެވެ. އެހެންނަމަވެސް އެއްވެސް އަސްލެއް ނެތް ވާހަކަތަކަށް ރައްދު ދޭން ވަގުތު ހޭދަކުރުމަކީ ސަރުކާރުގެ އަސްލު ފޯކަސް ގެއްލޭނެކަމެއް ކަމަށެވެ.

ޢަލީ ޒާހިރުވަނީ އޯޑިއޯތަކާ ގުޅުވައި ދައްކަމުން ގެންދާ ވާހަކަތަކާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

28 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރޭ:އެމްޑީޕީ

28 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރޭ:އެމްޑީޕީ
22 ފެބުރުއަރީ 2017

ކޯޓުގައި އަދި ފޮލިހުގައި ވެސް މައްސަލައެއް ނެތް، އެކަމަކު މިހުރީ ބަންދުކޮށްފަ: ޝިދާތާ

22 ފެބުރުއަރީ 2017
ކޯޓުގައި އަދި ފޮލިހުގައި ވެސް މައްސަލައެއް ނެތް، އެކަމަކު މިހުރީ ބަންދުކޮށްފަ: ޝިދާތާ
19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ
08 ފެބުރުއަރީ 2017

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް