Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލީ ޒާހިރަށް ކުރެވޭ ތުހުމަތުތައް

"7 ފަހަރު ހުވާކުރަން އަޅުގަނޑު ތައްޔާރު"

5 ސެޕްޓެމްބަރު 2021 | އާދީއްތަ 14:34

ހުރިހާ ތުހުމަތުތަކަކީ އަސްލެއްނެތް ތުހުމަތުތަކެއްކަމަށް ތަކުރާރުކޮށް ވަނީ ވިދާޅުވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 5 ސެޕްޓެމްބަރު 2021 | އާދީއްތަ 14:34
އަލީ ޒާހިރު - ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް

އަލީ ޒާހިރު - ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް

އެމެނިކުފާނާއި ގުޅުވައިގެން ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ހަގީގަތްތަކެއްކަން ކަށަވަރުކޮށްދިނުމަށް މާތްﷲ ގަންދީ 7 ފަހަރު ހުވާކުރަން ތައްޔާރަށް ހުންނެވިކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ފަޑިޔާރުންތަކެއް މާތްﷲ ގަންދީ ހުވާކުރެއްވުމަށްފަހު އަލީ ޒާހިރަށް ނިސްބަތްކުރައްވާ ތުހުމަތުތަކެއް ކުރައްވާފައިވާތީ، އެހުރިހާ ތުހުމަތުތަކަކީ އަސްލެއްނެތް ތުހުމަތުތަކެއްކަން މާތްﷲ ގަންދީ ހުވާކުރައްވައި ވިދާޅުވާން ކެރިވަޑައިގްނަވާނެތޯ ނޫސްވެރިޔަކު ސުވާލުކުރެއްވުމުން އަލީ ޒާހިރު ވަނީ ހުވާ ކުރައްވަން ތައްޔާރު ކަމަށާއި، ހަތް ފަހަރު ހުވާކުރައްވަން ތައްޔާރުކަމަށް ވިދާޅުވެފައެވެ. ހުވާކުރައްވާ ހިއްސާބަށް ވަޑައިގެންނެވޭނީ މިބާވަތުގެ ކަންކަމުގައި އޮންނަ އުސޫލޫތައް ދަމަހައްޓައިގެން ކަމަށާއި އެކުރާ ތުހުމަތުތަކުގެ ހެކި ދެއްކުމުން އެކަންތައް ދޮގުކޮށް ހުވާކުރައްވާނެ ކަމަށް އަލީ ޒާހިރު ވިދާޅިވިއެވެ.

Advertisement - newsAdvertisement

އެފަދަ އެއްވެސް އޯޑިއޯއެއް ނުހުންނާނެ ކަމަށާއި ނެތް އޯޑިއޯއެއް ލީކެއްވެސް ނުވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެފަދަ އޯޑިއޯއެއް ލީކުވެއްޖެ ނަމަ މިހާރު ހުންނެވި މަގާމުން އިސްތިއުފާދެއްވާނެ ކަމަށްވެސް އަލީ ޒާހިރު ވަނީ ވިދާޅުވެފައެވެ. މިފަދަ ތުހުމަތައް ކުރެވިގެން މިދަނީ ސިޔާސީ ބޭނުމެއްގައި ކަމަށާއި، ނިސްބަތްކޮށް މިފަދަ ވާހަކަތަކެއް ދެކެވެންވީ ހަގީގީ ސަބަބު އެގިވަޑައިނުގަންނަވާ ކަމަށް އަލީ ޒާހިރު ވަނީ ވިދާޅުވެފައެވެ. އަދި މިފަދަ ތުހުމަތުތައްކޮށް، އެއްވެސް ހެއްކެއް ނެތި ކުރަމުންގެންދަނީ އެ ތުހުމަތުތައް ކުރާ ފަރާތްތަކުން "ފިނޑި" ވީމަކަށްވެސް ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިނިވަންމުއައްސަސާތަކާއި ތަހުގީގީ އިދާރާތަކުން ކުރާ މަސައްކަތްތަކަށް ނުފޫޒޫ ނުފޯރުވާނެ ކަމަށާއި އެބޭފުޅާއަށް އަމާޒުކޮށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން މުއައްސަސާއަކުން ކުރިއަށްގެންދާ ތަހުގީގަކަށް މަގާމުގެ ބޭނުންކޮށް ނުފޫޒު ފޯރުވައި ނަހަދާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި އެމަނިކުފާނާއި ގުޅުގެން މިކުރެވޭ ތުހުމަތުތަކުގެ އަސްލު ކަމަގުޅުންހުރި ފަރާތްތަކަކުން ބަލައި އެކަމުގެ ތެދު ދޮގު ސާފުކުރަން އެއްބާރުލުން ދެއްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

24 މާރިޗު 2017

ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް

24 މާރިޗު 2017
ނުފޫޒުގަދަ ބަޔަކު އަޅުގަނޑު ހައްޔަރުކުރަން ބޭނުންވޭ، އެކަމެއް ނުވާނެ: ފާރިސް
22 ފެބުރުއަރީ 2017

ނޫހުގެފާނުގެ އޮޑިކޮޅު ބަނދެގެން މިދުއްވަނީ އަޅުގަނޑުމެން ޕިންކު ކުލައިގެ ކުދިންކޮޅު: ރައީސް ޔާމީން

22 ފެބުރުއަރީ 2017
ނޫހުގެފާނުގެ އޮޑިކޮޅު ބަނދެގެން މިދުއްވަނީ އަޅުގަނޑުމެން ޕިންކު ކުލައިގެ ކުދިންކޮޅު: ރައީސް ޔާމީން
22 ފެބުރުއަރީ 2017

އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން

22 ފެބުރުއަރީ 2017
އަޅުގަނޑު ހައްޔަރުކުރީ ރައީސް މައުމޫން ހައްޔަރުކުރަން ބަޔާނެއް ހޯދަން: ޒައިދުލް އަމީން
12 ފެބުރުއަރީ 2017

ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

12 ފެބުރުއަރީ 2017
ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
27 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ

27 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް ވަޑައިގަންނަވާތީ ދަނގެތީގައި ވެސް އިހްތިޖާޖަށް ތައްޔާރު ވަނީ
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި

17 ޖެނުއަރީ 2017
ނޯތު ހާބަރަށް ވެހިކަލް ވަންނަ ކޮންމެ ފަހަރު ފީނަގަން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް