Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނިޒާމީ ވޯޓް

ނިޒާމީ ވޯޓަކަށްދާން އެއްވެސް އިރެއްގައި އެއްބަސްވެފައި ނޯންނާނެކަމަށް އެމްއާރްއެމްއާއި ޢަދާލަތުން ބުނެފި

5 ސެޕްޓެމްބަރު 2021 | އާދީއްތަ 14:01

ނިޒާމީ ވޯޓަކަށް ދާން އެއްވެސް އިރެއްގައި އެއްބަސްވެފައެއް ނޯންނާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 5 ސެޕްޓެމްބަރު 2021 | އާދީއްތަ 14:01
ކޯލިޝަން ލީޑަރުންގެ ބައްދަލުވުމެއްގެ ތެރެއިން

ކޯލިޝަން ލީޑަރުންގެ ބައްދަލުވުމެއްގެ ތެރެއިން

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ވޯޓަކަށް ދިއުމަށް, ވެރިކަމަށް އައުމުގެ ކުރިން އެކުލަވާލި ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ޖުމްހޫރީ ޕާޓީފިޔަވައި ދެން ހުރި ޕާޓީތަކުން އެއްބަސްވިކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިނަމަވެސް އެފަދަ އެއްބަސްވުމެއް ވެފައި ނޯންނާނެކަމަށް އެމްއާރްއެމްއާއި ޢަދާލަތުން ބުނެފިއެވެ.

އެމްއާރްއެމްގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވީ، ކޮންމެ ބޭފުޅަކު ކޮންމެ އެއްޗެއް ވިދާޅުވިނަމަވެސް އަލުން ނިޒާމީ ވޯޓަކަށް ދާކަށް އެއްވެސް އިރެއްގައި އެމްއާރްއެމްއިން އެއްބަސް ވެފައި ނޯންނާނެ ކަމަށެވެ. ޢަދާލަތު ޕާޓީގެ އިސް ތަރުޖަމާނު ޢަލީ ނަޒީރު ވިދާޅުވީ، ނިޒާމީ ވޯޓަކަށް ދާން އެއްވެސް އިރެއްގައި އެއްބަސްވެފައި ނޯންނާނެ ކަމަށެވެ. އަދި އެއްބަސްވި ކަންކަން, ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގައި ހިމެނިފައި އޮންނާނެ ކަމަށެވެ.

Advertisement - newsAdvertisement

މޭ 6 ވަނަ ދުވަހު ދިން ނުރައްކާތެރި ހަމަލާއަށްފަހު ރާއްޖެއިން ބޭރުގައި ބޭސްފަރުވާ ހޯއްދަވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ވިދާޅުވީ, ކޯލިޝަންގައި ހިމެނޭ ބޭފުޅުންގެ ތެރެއިން އެމްއާރްއެމް ލީޑަރ އަދި ކުރީގެ ރައީސް މައުމޫނާއި، ޢަދާލަތުގެ ރައީސް ޝައިޚު ޢިމްރާން ޢަބްދުﷲ، ވެރިކަމުގެ ނިޒާމު ބަދަކުރުމަށް ވޯޓަކަށް ދިއުމަށް ތާއީދު ކުރެއްވިކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ނިޒާމީ މައްސަލައެއްގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުނަކީ ރައީސް ޞާލިޙުވެސް ދެކޮޅު ކަމެއް ނޫންކަމަށެވެ. އަދި މިކަން ކުރެވެން އޮތީ ނިޒާމުގެ ވޯޓު ނަގައިގެން ރައްޔިތުންގެ ޚިޔާލު ހުރިގޮތް އެގުމުންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ރައީސް ޞާލިޙް ނުކުންނެވި މެނިފެސްޓޯއަކީ ކޯލިޝަންގެ ޕާޓީތަކުން އެދުނު ގޮތަށް އެއްބަސްވި މެނިފެސްޓޯއެއް ކަމަށެވެ. ނަަމަވެސް ފެންނަ ނުފެންނަ ވޯޓަކަށް ދާން އެއްބަސްނުވީ ޖުމްހޫރީ ޕާޓީން އެކަނި ކަމަށެވެ.

ސަރުކާރުން ބުނެފައިވަނީ، ޢަމަލު ކުރަމުންދަނީ ކޯލިޝަން މެނިފެސްޓޯއަށް ކަމަށާއި، އެ މެނިފެސްޓޯގައި ބަރުލަމާނީ ނިޒާމުގެ ވާހަކައެއް ނެތްކަމަށެވެ. އެމްޑީޕީގެ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ގެންދަވަނީ ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް ޕެޓިޝަނެއްގައި ސޮއި ކުރަމުންނެވެ.

ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސް ޞާލިޙްވަނީ ވިދާޅުވެފައެވެ.

ވެރިިކަމުގެ ނިޒާމު ކަނޑައެޅުމަށް 2007 ވަނަ އަހަރު އޮތް "ނިޒާމީ ވޯޓު"ގައި ރައްޔިތުންވަނީ ރައީސް ނަޝީދު ޕްރޮމޯޓު ކުރައްވައި "ބަރުލަމާނީ" ނިޒާމަށް ނޫނެކޭ ބުނެފައެވެ. ނިޒާމު ކަނޑައެޅުމަށް ނެގުނު ވޯޓްގައި 95،619 މީހުން ވޯޓް ދީފައިވަނީ ރިޔާސީ ނިޒާމު އޮންނަން ފެންނަ ކަމަށެވެ. ބަރުލަމާނީ ނިޒާމު އޮންނަން ފެންނަ ކަމަށް ވޯޓް ދީފައިވަނީ 58،504 މީހުންނެވެ. 

މި ވޯޓުގައި 199،841 މީހުން ވޯޓުލުމަށް ރަޖިސްޓްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

09 މާރިޗު 2017

މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް

09 މާރިޗު 2017
މެންބަރުންގެ އެއްވެސް ބާރެއް މިހާރު ނެތް: ފާރިސް
07 މާރިޗު 2017

ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

07 މާރިޗު 2017
ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން
28 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރޭ:އެމްޑީޕީ

28 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ އެއްވެސް މެމްބަރަކު ތާއިދެއް ނުކުރޭ:އެމްޑީޕީ
19 ފެބުރުއަރީ 2017

ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ

19 ފެބުރުއަރީ 2017
ކައުންސިލް އިންތިހާބުގެ ބަޖެޓާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކުރެވޭނީ އިންތިހާބު ނިމުމުން: އީސީ
08 ފެބުރުއަރީ 2017

ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ

08 ފެބުރުއަރީ 2017
ހަބޭސް ޖަލްސާ ބޭއްވުމުގައި ކޮރަޕްޝަނުގެ އެއްވެސް މައްސަލައެއް ނެތް: އޭސީސީ
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
29 ޖެނުއަރީ 2017

މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ

29 ޖެނުއަރީ 2017
މަޖްލިސް މެންބަރުންގެ ބޮލަށް އެއްވެސް ކަމެއް ނުކެނޑޭނެ، ހުރިހާ ގޯހެއް ހަދަނީ ރައްޔިތުން: މުސްތޮފާ
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް