Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަށު ފެރީ ނިޒާމު

އަތޮޅު ފެރީގެ ޓެސްޓު ދަތުރުތައް މިމަހު ފަށާނެ: އެމްޓީސީސީ

5 ސެޕްޓެމްބަރު 2021 | އާދީއްތަ 14:12

މީގެ ކުރިން ބުނެފައިވަނީ ޓެސްޓު ދަތުރު އޮގަސްޓު މަހު ފަށާނެ ކަމަށް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 5 ސެޕްޓެމްބަރު 2021 | އާދީއްތަ 14:12
އަތޮޅު ފެރީ ނިޒާމަށް ބޭނުންކުރާ ފެރީގެ މަސައްކަތް ކުރިއަށްދަނީ

އަތޮޅު ފެރީ ނިޒާމަށް ބޭނުންކުރާ ފެރީގެ މަސައްކަތް ކުރިއަށްދަނީ

"އިންޓަރގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް"ގެ ފުރަތަމަ ޓެސްޓު ދަތުރުތައް މި ސެޕްޓެމްބަރު މަހު ފަށާނެކަމަށް އެމްޓީސީސީން ބުނެފިއެވެ.

މުޅި ރާއްޖެ ގުޅުވައިދޭ ހައި ސްޕީޑް ފެރީގެ ނިޒާމަށް ބޭނުންވާ ފެރީތައް ބަނުމުގެ މަސައްކަތް ގަލްފް ކްރާފްޓާ ހަވާލުކޮށްފައިވާއިރު، ޕްލޭނިން މިނިސްޓަރާއި މިނިސްޓްރީގެ ޓީމުގެ އިތުރުން, އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމާއި އެމްޓީސީސީގެ ޓީމުން ވަނީ މި މަސައްކަތް ކުރިއަށްދިޔަ ހިސާބު ބައްލަވާލައްވާފައެވެ.

Advertisement - newsAdvertisement

މި މަސައްކަތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމް ވިދާޅުވީ, މި ނިޒާމަށް ބޭނުންވާ ފެރީގެ ޓެސްޓު ދަތުރުތައް ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. އެމްޓީސީސީން މަސައްކަތްކުރަމުންދަނީ މިމަގުން ކަމަށާއި، ޓެސްޓު ދަތުރުތައް ނިންމައި، ނޮވެމްބަރު މަހުގެތެރޭގައި ދަތުރުތައް ރަސްމީކޮށް ފަށާނެ ކަމަށެވެ.

މި މަސައްކަތް އެންމެ ފުރަތަމަ ފަށާނީ ހދ. އަތޮޅުގައި ކަމަށާއި، އެއަށްފަހު ހއ. އަދި ށ. އަތޮޅުގައި މި މަސައްކަތް ފެށޭނީ ޖެނުއަރީ މަހުގައި ކަމަށް ޢާޒިމް ވަނީ ވިދާޅުވެފައެވެ.

އާޒިމް ވިދާޅުވީ މި މަސައްކަތް ފުރަތަމަ ފަށާނީ 6 ލޯންޗާއިއެކު ކަމަށެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިމޭއިރު، މި މަޝްރޫޢަށް ބޭނުންކުރަން ހަމަޖެހިފައިވާ އަދަދަށް ލޯންޗު ހުންނާނެ ކަމަށެވެ. މި މަސައްކަތް އެއްކޮށް ނިމޭއިރު 50 ނުވަތަ 60 ލޯންޗު ބާއްވާނެ ކަމަށް އެމްޓީސީސީން މީގެ ކުރިން ބުނެފައިވެއެވެ.

މި މަސައްކަތް ކުރިއަށްދާގޮތް އެމްޓީސީސީގެ މުވައްޒަފުން ކޮންމެ ދުވަހަކުވެސް ބަަލަމުންދާކަމަށް ޢާޒިމް ވިދާޅުވިއެވެ. ސަރުކާރުންވެސް މި މަސައްކަތް ކުރިއަށްދާގޮތް ކޮންމެ ދުވަހަކުވެސް ބަލަމުންދާކަމަށާއި, ސަރުކާރުގެ ފަރާތުން މިކަމަށް ފުރިހަމަ އެއްބާރުލުން ލިބެމުންދާކަންވެސް ޢާޒިމް ވަނީ ފާހަގަކުރައްވާފައެވެ.

މުޅި ރާއްޖެ ގުޅުވައިދޭ ހައި ސްޕީޑް ފެރީގެ ނިޒާމެއް ޤާއިމުކުރުމާއި، ފަސޭހަކަމާއެކު ރައްޔިތުންނަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ އިންތިޒާމު ޤާއިމުކުރުމަކީ މި ސަރުކާރުގެ މުހިންމު އެއް އަމާޒަށް ވާއިރު، މި އަމާޒަށް ވާސިލްވުމަށް މި މަޝްރޫޢުގެ ފުރަތަމަ ޒޯންގައި ހިމެނޭ ހއ. ހދ އަދި ށ އަތޮޅުގެ ޖުމްލަ 41 ރަށަކަށް މި ޚިދުމަތް ދިނުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާ ވަނީ ހަވާލުކޮށްފައެވެ.

މުޅިއެކު 3 ޒޯނާއި 6 ރީޖަން, ހައި ސްޕީޑް ފެރީގެ ނިޒާމުން ގުޅައިދިނުމަށް ސަރުކާރުން ނިންމާފައިވާއިރު، މިމަސައްކަތުގެ ފުރަތަމަ މަރުހަލާގައި މަސައްކަތް ކުރަމުންދާނީ ހއ. ހދ އަދި ށ އަތޮޅު ގުޅާލައި ފެރީގެ ޚިދުމަތް ދިނުމަށެވެ. އެމްޓީސީސީން މި މަސައްކަތުގެ ފުރަތަމަ ޒޯންގެ މަސައްކަތް ފަށާފައިވާއިރު، މި 3 ޒޯނުގެ މަސައްކަތް 2023 ވަނަ އަހަރުގެ ކުރިން ނިންމާލުމަކީ ސަރުކާރުގެ އަމާޒެކެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި

15 ފެބުރުއަރީ 2017
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އުދައެރުމުގެ އިންޒާރު ދީފި
09 ފެބުރުއަރީ 2017

ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި

09 ފެބުރުއަރީ 2017
ގދ. އަތޮޅުގެ 27 ރަށެއް ވަރުވާއަށް ދޫކުރުމަށް ފިޝަރީސް މިނިސްޓްރީން ހުޅުވާލައިފި
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
22 ޖެނުއަރީ 2017

ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި

22 ޖެނުއަރީ 2017
ހދ. އަތޮޅުގެ 8 ސްކޫލަކުން 118 ދަރިވަރުން ދަސްވާރު ޕްރޮގްރާމް ނިންމައިފި
17 ޖެނުއަރީ 2017

ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި

17 ޖެނުއަރީ 2017
ހަސަން ލަތީފްގެ ކެމްޕެއިން ޓީމް ގދ އަތޮޅުގައި، މިރޭ ތިނަދޫގައި
15 ޖެނުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި

15 ޖެނުއަރީ 2017
 ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ މިމަހު 27ގައި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
14 ޖެނުއަރީ 2017

ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި

14 ޖެނުއަރީ 2017
ގއ. އަތޮޅު ކައުންސިލްގެ ރައީސް އަތޮޅުގެއިން ބޭރުކޮށްފި
12 ޖެނުއަރީ 2017

ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި

12 ޖެނުއަރީ 2017
ހަސަން ލަތީފް ނ. އަތޮޅުގެ ރަށްތަކަށް ވަޑައިގަންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް