Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކާބުލް އެއަރޕޯޓް

ކާބުލްގެ އެއަރޕޯޓު އަލުން ހުޅުވައިފި

4 ސެޕްޓެމްބަރު 2021 | ހޮނިހިރު 20:23

އެހީ ފޯރުކޮށްދޭ ފަރާތްތަކަށް ކާބުލްގެ އެއަރޕޯޓް ވަނީ ހުޅުވާލާފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 4 ސެޕްޓެމްބަރު 2021 | ހޮނިހިރު 20:23
ހާމިދް ކަރްޒާއި އިންޓަރނޭޝަނަލް އެއަރޕޯޓް

ހާމިދް ކަރްޒާއި އިންޓަރނޭޝަނަލް އެއަރޕޯޓް

ކާބުލްގެ އެއަރޕޯޓް ހުޅުވާލައިފި ކަމަށް ގަތަރުން އަފްޣާނިސްތާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވެއްޖެއެވެ.

ސަފީރު ވިދާޅުވީ، އެހީ ފޯރުކޮށްދޭ ފަރާތްތަކަށް ކާބުލްގެ އެއަރޕޯޓް ހުޅުވާލާފައިވާ ކަމަށާއި، އާއްމު ދަތުރުތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އެއަރޕޯޓްގެ ރަންވޭ މަރާމަތުކުރުމުގައި އަފްޣާންގެ ކަމާގުޅުންހުރި އިދާރާތަކުގެ އެހީތެރިކަން ލިބުނު ކަމަށެވެ.

އަފްޣާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ޚާއްސަ މަޝްވަރާ ބައްދަލުވުމަކަށް އދ އިިން ވެސް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ސެޕްޓެމްބަރ މަހުގެ 13 ވަނަ ދުވަހު ޖެނީވާގައި މި ބައްދަލުވުން ކުރިއަށްގެންދެވުމަށް ވަނީ ނިންމަވާފައެވެ.

ތާލިބާނުން އަންނަނީ އަފްޣާނިސްތާނުގައި އައު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. ތާލިބާނުން އެކުލަވާލާ ސަރުކާރުގެ ވެރިޔަކަށް ހުންނަވާނީ، އެ ޖަމާއަތުގެ އެއް ބާނީ، އަދި ސިޔާސީ އޮފީހުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި މުއްލާ ބަރާދަރު ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ތާލިބާން ސަރުކާރުގެ އެންމެ އިސް މަގާމުތައް ފުރާނޭ މީހުންގެ ތެރޭގައި، އެ ޖަމާއަތުގެ އެއް ބާނީ ކަމުގައިވާ މުއްލާ އުމަރުގެ ދަރިފުޅު މުއްލާ މުހައްމަދު ޔައުގޫބާއި، ޝޭރު މުހައްމަދު އައްބާސް ސްޓަނެޒާއީވެސް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.

އަފްޣާނިސްތާނުގެ އެކި ސިޔާސީ ފިކުރުތަކަށް ނިސްބަތްވާ ސަރުކާރެއް އެކުލަވާލާނެކަމަށް ތާލިބާން ޖަމާއަތުން ބުނެފައިވީ ނަމަވެސް، މިހާރު އެޖަމާއަތުން އިސްކަން ދެމުންދަނީ، ހަމަ އެކަނި އެޖަމާއަތުގެ ވެރިކަމެއް އެކުލަވާލުމަށް ކަމުގެ ޚަބަރުތައް ދަނީ ފެތުރެމުންނެވެ. ސަރުކާރުގައި 25 ވުޒާރާއެއް ހިމެނޭއިރު، 12 ދީނީ އިލްމުވެރިންގެ މައްޗަށް އެކުލެވޭ މަޝްވަރާ މަޖިލީހެއް އޮންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

29 ޖުލައި 2017

ވެނެޒުއޭލާގައި އަލުން ގާނޫނު އަސާސީ އެކުލަވާކުމަށްޓަކައި އިންތިޚާބުކުރާ މަޖިލީހުގެ ނަތީޖާ ގަބޫލު ނުކުރާނަން:ކޮލަމްބިއާ

29 ޖުލައި 2017
ވެނެޒުއޭލާގައި އަލުން ގާނޫނު އަސާސީ އެކުލަވާކުމަށްޓަކައި އިންތިޚާބުކުރާ މަޖިލީހުގެ ނަތީޖާ ގަބޫލު ނުކުރާނަން:ކޮލަމްބިއާ
29 ޖުލައި 2017

އަގްސާ މިސްކިތް ހުޅުވައިފި

29 ޖުލައި 2017
އަގްސާ މިސްކިތް ހުޅުވައިފި
26 ޖުލައި 2017

ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމަށް ކުރާ މަސައްކަތާ ދެކޮޅަށް ކުރާ 48 ގަނޑިއިރުގެ މުޒާހަރާ ފަށައިފި

26 ޖުލައި 2017
ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމަށް ކުރާ މަސައްކަތާ ދެކޮޅަށް ކުރާ 48 ގަނޑިއިރުގެ މުޒާހަރާ ފަށައިފި
17 ޖުލައި 2017

އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލައިފި

17 ޖުލައި 2017
އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލައިފި
11 ޖުލައި 2017

ނަވާޒް ޝަރީފްގެ މައްޗަށް ހިންގާ ކޮރަޕްޝަނުގެ ދައުވާގެ ޝަރީއަތް އަލުން ފަށައިފި

11 ޖުލައި 2017
ނަވާޒް ޝަރީފްގެ މައްޗަށް ހިންގާ ކޮރަޕްޝަނުގެ ދައުވާގެ ޝަރީއަތް އަލުން ފަށައިފި
01 ޖޫން 2017

ކާބުލްގެ ޑިޕްލޮމެޓިކް ސަރަހައްދަށް ދިން ހަމަލާ ރައީސް އަޝްރަފް ޣަނީ ކުށްވެރި ކުރައްވައިފި

01 ޖޫން 2017
ކާބުލްގެ ޑިޕްލޮމެޓިކް ސަރަހައްދަށް ދިން ހަމަލާ ރައީސް އަޝްރަފް ޣަނީ ކުށްވެރި ކުރައްވައިފި
24 އެޕްރީލު 2017

މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި

24 އެޕްރީލު 2017
މަޝްވަރާތައް އަލުން ކުރިއަށް ގެންދިޔުމަށް މަޑޫރޯ ގޮވާލައްވައިފި
15 ފެބުރުއަރީ 2017

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު
06 ފެބުރުއަރީ 2017

ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް

06 ފެބުރުއަރީ 2017
ފަސް އަހަރުގެ ތުއްތު ކުއްޖަކު މަންމައާ އަލުން ގުޅުމުގެ ސަބަބުން ޕާކިސްތާނުގެ ޝުކުރު އިންޑިއާ އަށް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް