Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރ ފުއްގިރި ޚިޔާނާތުގެ މައްސަލަ

ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އާދީއްތަ ދުވަހު

ދެދައުވާގެ ޝަރީއަތް ވެސް އޮންނާނީ އާދީއްތަ ދުވަހު ހެނދުނު 9:00ގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 ސެޕްޓެމްބަރު 2021 | ހޮނިހިރު 12:39
ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް- ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން

ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް- ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށް އާދީއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފިއެވެ.

ދެ ދައުވާގެ ޝަރީއަތް ވެސް އާދީއްތަ ދުވަހު ހެނދުނު 9:00ށް ތާވަލް ކޮށްފައިވާއިރު މި އަޑުއެހުމަކީ އެމްއެމްޕީއާރުސީން ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުށްޔަށް ދޫކުރި ރ. ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގ ކުށުގެ ދައުވާއަކާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެކެވެ. ރައީސް ޔާމީނުގެ އިތުރުން މި މައްސަލައިގައި އެމަނިކުފާނާއެކު މަނީ ލޯންޑަރ ކުރުމުގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ ދައުވާލިބޭ ކްރިކް ރިޒާއާއި، ސަން އިންވެސްޓްމަންޓުގެ އިތުރުން، ސަން ކޮންސްޓްރަކްޝަން ގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންވެސް އެގަޑިއަށް ވަނީ ތާވަލުކޮށްފައެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މި މައްސަލާގައި ދައުލަތުންނާއި ދިފާއުން ހުށަހަޅާފައިވާ ހުށަހެޅުންތައް ވަނީ ޝަރީއަތާ ހިއްސާކޮށްފައެވެ. އެގޮތުން ދައުލަތުން ވަނީ އެއް ހުށަހެޅުމެއް ހުށަހަޅާފައެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ ހުށަހެޅުމެކެވެ. އެގޮތުން ދައުލަތުން ހުށަހެޅި ރިޕޯޓުގައިވާ ސީޑީއެއްގައި ހިމެނޭ މައުލޫމާތުތަކެއް ރައްކާތެރި ކުރުމުގެ އަމުރަކަށް ވަނީ އެދިވަޑައިގަންނަވާފައެވެ. 

އޭގެ އިތުރުން، ރައީސް ޔާމީނުގެ ފަރާތުން ހުށަހަޅާފައިވަނީ 4 ހުށަހެޅުމެކެވެ. އޭގެ ތެރެއިން އެއް ހުށަހެޅުމަކީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ބައެއް ފަރާތްތަކުގެ ހެކިބަސް ބަލައިނުގަތުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމެކެވެ. ދެވަނަ ހުށަހެޅުމެއްގެ ގޮތުން ވަނީ ދައުވާ ފޯމުގައިވާ އުނިކަމެއް ހުރުމުން ދައުވާ ކުރިއަށް ނުގެންދެވޭނެކަން ބަޔާންކޮށް ހުށަހަޅާފައިވާ ހުށަހެޅުމެކެވެ. އެގޮތުން ހެކިންގެ ލިސްޓުގައި އިތުރު ހެކިން ހުށަހަޅާފައިވަނީ ޤާނޫނާ ޚިލާފަށް ކަން ބަޔާން ކުރައްވައި ވަކީލު ޝިޔާޒް ވަނީ ދައުވާ ފޯމުގައިވާ ލިސްޓަށް އިތުރު ކޮށްފައިވަނީ ޖިނާއީ އިޖުރާތައުގެ ޤާނޫނުގައިވާ އުސޫލުތަކާ ޚިލާފަށް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ދެވަނަ ފަހަރަށް ހުށަހެޅިއިރު، ހެކިންގެ ލިސްޓުގައި އިތުރު ހެކިން ހުށަހަޅާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދެއްވުމަށް ދިފާއުން ވަނީ އެދިވަޑައިގެންފައެވެ.

ތިންވަނަ ހުށަހެޅުމެއްގެ ގޮތުން ވަނީ ދައުވާ ލިބޭ ފަރާތްތަކުގެ މެދުގައި ޤާނޫނީ ކޮންފްލިކްޓްތަކެއް ހުރުމުން އިންސާފަށް ވާސިލުވުމަށް ހުރަސް އެޅިދާނެކަމަށް ބަޔާންކޮށް، ދައުވާލިބޭ ފަރާތްތަކުގެ ބައިތައް ވަކި ކޮށްގެން ކުރިއަށް ގެންދިއުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމެކެވެ. ހަތަރުވަނަ ކަމެއްގެ ގޮތުން ހެކި ހާމަކޮށްދިނުމަށް އެދި ވަނީ ހުށަހެޅުމެއް ހުށަހަޅާފައެވެ. އެގޮތުން ހެކި ހާމަކުރުމާބެހޭ 5 ކަމެއް ވަނީ ދިފާއުން ތަފްސީލާއެކު ހުށަހަޅާފައެވެ. އާދީއްތަ ދުވަހުގެ އަޑުއެހުމަކީ ދެފަރާތުގެ ހުށަހެޅުންތަކާ ގުޅިގެން ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުމެކެވެ.

މި މައްސަލައާ ގުޅިގެން ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ބުނެފައިވަނީ ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީން ރިޝްވަތުގެ ފައިސާގެ ގޮތުގައި ހޯއްދެވި، 1،117،000 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް) ޑޮލަރު ކްރިކް ރިޒާ މެދުވެރިކޮށް އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
31 ޖެނުއަރީ 2017

ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި

31 ޖެނުއަރީ 2017
ހަގީގަތާ ހިލާފް މައުލޫމާތު ދީގެން ކުޅުދުއްފުށި ކުރީގެ ކުޑަ ކަތީބުގެ މައްޗަށް ކޮރަޕްޝަން ދައުވާ ކުރަން ފޮނުވައިފި
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު