Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާބާ ޗެމްޕިއަންޝިޕް

ސާބާ ޗެމްޕިއަންޝިޕް: ރާއްޖެ އަތުން ނޭޕާލް އަށް ހަނި މޮޅެއް

21 މެއި 2017 | އާދީއްތަ 01:08

ނޭޕާލް އަތުން ރާއްޖެ ބަލިވީ 61 ޕޮއިންޓް 59 ޕޮއިންޓުން

ލީވާން އަލީ
ލީވާން އަލީ | 21 މެއި 2017 | އާދީއްތަ 01:08
ރާއްޖެ އާއި ނޭޕަލް ބައްދަލުކުރި މެޗުގެ ތެރެއިން

ރާއްޖެ އާއި ނޭޕަލް ބައްދަލުކުރި މެޗުގެ ތެރެއިން

ސާއުތް އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) ޗެމްޕިއަންޝިޕްގައި ރާއްޖެ އަތުން ނޭޕާލް ހަނި މޮޅެއް ހޯދައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ރާއްޖެއާ ވާދަކޮށް ނޭޕާލް އިން ކާމިޔާބުކުރީ 61 ޕޮއިންޓް 59 ޕޮއިންޓުންނެވެ.

މި މެޗު ރާއްޖެއިން ފެށީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން މެޗުގައި ފުރަތަމަ ރާއްޖެއަށް ޕޮއިންޓް ހޯދައިދީފައިވަނީ އިބްރާހިމް ރަޝްވާން (ޗިކު) އެވެ. އެއަށްފަހުވެސް ރާއްޖެ އިން ވަނީ ލީޑު ނަގާފައެވެ. އެހެންނަމަވެސް ފުރަތަމަ ކުއާޓާ ނިމުނީ ފަހުވަގުތު ނޭޕާލް އިން ކާމިޔާބުކުރި ޕޮއިންޓްތަކާއެކު 16 ޕޮއިންޓް 16 ޕޮއިންޓުން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ކުއާޓާގައި ރާއްޖެއިން ކުޅުން ރަނގަޅުކޮށް ވަރުގަދަކަމާއެކު ނިކުމެފައިވާއިރު، މި ކުއާޓާގައި ރާއްޖޭގެ ހުސެއިން ހަލީމް (ޗިކަނޭ) ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ދެވަނަ ކުއާޓާ ނިމުނީ 36 ޕޮއިންޓް 29 ޕޮއިންޓުން ރާއްޖެ ކުރީގައި އޮވެގެންނެވެ.

އެހެންނަމަވެސް ތިންވަނަ ކުއާޓާގައި ރާއްޖޭގެ ޓީމުގެ ފަރާތުން ގޯސްތަކެއް ފެނިގެންގޮސްފައިވާއިރު، ވަކި ހިސާބަކުން ނޭޕާލުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ކުއާޓާގައި ނޭޕާލްގެ ރަބިން ކަތްރީ ވަނީ މޮޅު ކުޅުމެއްދައްކާ ގިނަ ޕޮއިންޓްތަކެއްވެސް އެޓީމަށް ހޯދައިދީފައެވެ. ތިންވަނަ ކުއާޓާ ނިމުނީ 49 ޕޮއިންޓް 49 ޕޮއިންޓުން ދެޓީމު އެއްވަރުވެގެންނެވެ.

ހަތަރުވަނަ ކުއާޓާގައި ނޭޕާލްގެ ކުޅުންތެރިން ވަރުގަދަ ޑިފެންސެއްކޮށްފައިވާއިރު، ރާއްޖޭ ކުޅުންތެރިން ވަނީ ފުލުފުލުގައި އެޓޭކްކޮށްފައެވެ. އެގޮތުން ނޭޕާލް ފަސް ޕޮއިންޓްގެ ލީޑަކާއެކު އޮއްވާ ރާއްޖެއިން ވަނީ މި ކުއާޓާގައި އެއް ޕޮއިންޓަށްވެސް ލީޑު ކުޑަކޮށްފައެވެ. އެހެންނަމަވެސް ނޭޕާލުން ވަނީ ފަހުވަގުތު ހޯދި ޕޮއިންޓްތަކަކާއެކު 61 ޕޮއިންޓް 49 ޕޮއިންޓުން މެޗު ކާމިޔާބުކޮށްފައެވެ.

މުބާރާތުގައި ރާއްޖެ ނިކުންނާނީ އާދީއްތަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ މި މުބާރާތުގައެވެ. އެފަހަރު ރާއްޖެއިން ވަނީ ބަންގްލަދޭޝް ބަލިކޮށްފައެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި

25 ޖެނުއަރީ 2017
ރާއްޖެޓީވީގެ ވިސާމް އަދި ލީވާން އަށް ކުރި ހުކުމް އިސްތިއުނާފްކުރަން ނިންމައިފި
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
15 ޖެނުއަރީ 2017

ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ

15 ޖެނުއަރީ 2017
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
14 ޖެނުއަރީ 2017

ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް

14 ޖެނުއަރީ 2017
ރޭންކިންގައި ރާއްޖެއަށް ނުވަ ދަރަޖައިގެ ކުރިއެރުމެއް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
11 ޖެނުއަރީ 2017

ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ

11 ޖެނުއަރީ 2017
ހަލް ސީޓީ އަތުން ޔުނައިޓެޑް މޮޅުވެއްޖެ
10 ޖެނުއަރީ 2017

އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް

10 ޖެނުއަރީ 2017
އޭޝިއަން ސްވިމިންގް ފެޑަރޭޝަނުގެ ދެ ގޮނޑި ރާއްޖެއަށް
04 ޖެނުއަރީ 2017

އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!

04 ޖެނުއަރީ 2017
އެޓޯލް ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އައްޑޫގައި ބައްވަނީ!
04 ޖެނުއަރީ 2017

ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ

04 ޖެނުއަރީ 2017
ވުމަންސް ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖެ އަށް ފައިނަލުގެ ފުރުސަތު ގެއްލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް