Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިދިކޮޅު އައްޑަނަ ޖަލްސާ

އިންޑިޔާއާ ގުޅޭ ގޮތުން އަދުރޭ ދެއްކެވި ވާހަކަތަކަށް ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

އިންޑިއާއަކީ ޒަމާނުއްސުރެ ރާއްޖެއަށް އެންމެ އެހީތެރިވާ ގައުމު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 4 ސެޕްޓެމްބަރު 2021 | ހޮނިހިރު 09:45
ރައީސް މުހައްމަދު ނަޝީދު

ރައީސް މުހައްމަދު ނަޝީދު

ޕީޕީއެމްގެ ޖަލްސާގައި އިންޑިއާއަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޓްވިޓަރ މެދުވެރިކޮށް ރައީސް ނަޝީދު ވިދާޅުވީ ޕީޕީއެމްގެ އާންމު ޖަލްސާތަކުގައި އަވަށްޓެރި ގައުމުތަކަށް ނިސްބަތްކޮށް ކުޑައިމީސްކޮށް ވާހަކަ ދައްކަވާކަމީ ކަންބޮޑުވުން އިތުރުވާ ކަމެއް ކަމަށެވެ. އަދި އިންޑިއާއަކީ ޒަމާނުއްސުރެ ރާއްޖެއަށް އެންމެ އެހީތެރިވާ ގައުމު ކަމަށާއި، އިންޑިއާ ކަނޑުގެ ސުލްހަ ބެލެހެއްޓުމުގެ އެންމެ އިސް ދައުރެއް ކުޅުއްވާ ގަމަކީ ވެސް އެއީ ކަމަށް ރައީސް ނަޝީދުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement

ހުކުރު ދުވަހުގެ ރޭ އިދިކޮޅުން ބޭއްވި ޖަލްސާގައި އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ވަރަށް ބޮޑަށް އިންޑިއާ އަށް ފާޑުވިދާޅުވެފައެވެ. އަދުރޭ ވަނީ ދިވެހި ކާބަފައިން ގެނެސްދިން ރާއްޖެއަކީ މިނިވަން އުފާވެރި އަދި ހަމަނުޖެހުމެއް ނެތް، އެކުވެރި ރައްޔިތުންތަކެއް ދިރިއުޅެމުން އައި ރާއްޖެ އެއް ކަމަށް ވިދާޅުވެ، ގައުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ދަނިކޮށް ސުލްހަވެރިކަން ނަގާލައި، ރާއްޖެ އަޅުވެތިކުރަން ބޭނުންވާ ބަޔަކު އިންޑިއާއާ ގުޅިގެން ރާއްޖޭގެ ވެރިކަން ވަގަށް ނަގާފައިވާ ކަމަށް ވިދާޅުވެފައެވެ.

އަދުރޭ ވަނީ އިންޑިއާގެ އެހީގައި 2018 ވަނަ އަހަރު ރާއްޖޭގައި އޮތް ރިޔާސީ އިންތިހާބު ވަގަށް ނަގާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ދުނިޔޭގައި އަލަށް ހިނގި ކަމެއް ނޫން ކަމަށާއި، އަމިއްލަ ފައި މައްޗަށް ތެދުވާ ގައުމުތަކުގެ ވެރިކަން ފުރޮޅާލަން މަސައްކަތް ކުރުމަކީ އާންމު ކަމެއް ކަމަށް ވިދާޅުވެފައިވެއެވެ. އެކި ނަންނަމުގައި އުޅޭ އިންޑިއާ ސިފައިން ރާއްޖެއިން ފައިބަން ޖެހޭ ކަމަށާއި ރާއްޖެއަށް އެމީހުންގެ ބޭނުމެއް ނުޖެހޭ ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ މިނިވަންކަން ދަމަހައްޓަން ރައްޔިތުން މަސައްކަތް ފަށަން ޖެހޭ ވަގުތު އައިސްފައިވާ ކަމަށާއި އެކި މަޝްރޫއުތައް ހިންގުމުގެ ނަމުގައި އިންޑިއާ މީހުން ގެންނަނީ ރާއްޖެ އަޅުވެތިކުރަން ކަމަށް ވިދާޅުވެ އަދިރޭ ވަނީ އެކަމާ ދެކޮޅަށް މަސައްކަތް ނުކޮށްފި ނަމަ، ފަލަސްތީނު ރައްޔިތުން އުޅެމުންދާ ހާލަތަށް ރާއްޖެ ވެއްޓިގެންދާނެ ކަމަށް މި ޖަލްސާގައި ވިދާޅުވެފައެވެ. އަދި ބްރިޖް އެޅުމުގެ ނަމުގައި މަގު ހެދުމުގައި ނަމުގައި އެ އަންނަ މީހުންނަކީ މާދަމާ ދިވެހި ރައްޔިތުން ގޯތި ގެދޮރުން ނެރެ، ބޭރު ކުރާނެ މީހުން ކަމަށާއި، އެ މީހުންނަކީ ދިވެހިންގެ މިނިވަންކަން ނަގާލާނެ މީހުން ކަމަށް އަދުރޭ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު