Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުލަތުން ބަދަލުދޭނެ އުސޫލު

ގެއްލުން ލިބޭ ފަރާތަށް ލިބޭ ގެއްލުން ސާބިތުކޮށްދޭންޖެހޭ ގޮތަށް ދައުލަތުން ބަދަލު ދިނުމާއި ގުޅޭ އުސޫލެއް އެކުލަވާލުމަށް އޭސީސީން ލަފާދީފި

ސެޓްލްމެންޓް ކޮމިޓީއާ ގުޅޭގޮތުން މައިގަނޑު 4 ލަފައެއް ވަނީ ހުށަހަޅާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 ސެޕްޓެމްބަރު 2021 | ހޮނިހިރު 02:43
އޭސީސީ

އޭސީސީ

ސަރުކާރުގެ މަސްލަހަތު ހިމެނޭ މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް އެކުލަވާލާފައިވާ ސެޓްލްމެންޓް ކޮމިޓީން މައްސަލަތައް ނިންމުމުގައި އަމަލުކުރާނެ ވަކި މިންގަނޑެއް ނުވަތަ ރިޢާޔަތްކުރާނެ ވަކި ކަންތައްތަކެއް އުސޫލުގައި ތަފްސީލުކޮށް ބަޔާންކޮށްފައިނުވާތީ ދިވެހި ދައުލަތުން ގެއްލުމުގެ ބަދަލުދިނުމާ ގުޅޭ އުސޫލެއް ހެދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ލަފާދީފިއެވެ.

އޭސީސީން މިގޮތަށް ލަފާދީފައިވަނީ ދައުލަތުގެ އިދާރާތަކުގެ މަސައްކަތްތައް ރާވާފައިވާ ގޮތާއި ނަޒާހަތްތެރިކަމާއެކު ކަންކަން ބައްޓަންކޮށް، މަސައްކަތް އިތުރަށް ހަރުދަނާކޮށް، ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް ލަފާދީ، އެ ކަންކަމާ މެދު ދެކޭގޮތް ހާމަކުރުމަށް "ހުދު ކަރުދާސް" ގެ ނަމުގައި ނެރެމުން އަންނަ ސިލްސިލާ ރިޕޯޓުތަކުގެ ތެރެއިން "ދައުލަތުގެ މަޝްރޫޢުތަކުގައި ގެއްލުމުގެ ބަދަލު ދިނުމުގެ ނިޒާމުގެ ނަޒާހަތްތެރިކަން" މި ރިޕޯޓްގައެވެ.

Advertisement - newsAdvertisement

މިރިޕޯޓްގައި އޭސީސީން ވަނީ ދައުލަތުން ބަދަލުދިނުމާއި ގުޅިގެން އޭސީސީއަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރެއިން ކޮމިޝަނުން ތަހުގީގުކުރަމުންދާ 6 މައްސަަލައަކަށް އަލިއަޅުވާލާ ފާހަގަކުރެވުނު މައްސަލަތައް ބަޔާންކޮށްފައެވެ. އެގޮތުން އޭސީސީއަށް ފާހަގަކުރެވިފައިވާ މައިގަނޑު 9 މައްސަލައެއް މިދިރާސާ ރިޕޯޓްގައި ފާހަގަކޮށްފައިވާއިރު އެކަންކަން ހައްލުކުރުމަށް ލަފާވެސް ވަނީ ހުށަހަޅާފައެވެ.

ކޮމިޝަނުން ފާހަގަކޮށްފައިވާ އެއް މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް އެކުލަވާލާފައިވާ ސެޓްލެމެންޓް ކޮމިޓީން މައްސަލަ ނިންމުމުގައި އަމަލުކުރާނެ ވަކި މިންގަނޑެއް ލިޔުމުން ނެތުމެވެ. ސެޓްލްމެންޓް ކޮމިޓީއަކީ ސަރުކާރުގެ މަސްލަހަތު ހިމެނޭ މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރުމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އަށް ލަފާ އެރުވުމަށް 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އެކުލަވާލާފައިވާ ކޮމިޓީއެކެވެ. މިކޮމިޓީން އަމަލުކުރަމުން އަންނަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ވަނަ ދުވަހު އެކުލަވާލެވުނު "ސަރުކާރު ޝާމިލްވާ އެކި މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު" ގެ ދަށުންނެވެ. މިކޮމިޓީގައި ހިމެނެނީ އެޓަރނީ ޖެނެރަލް، ފިނޭންސް މިނިސްޓަރ، އިކޮނޮމިކް މިނިސްޓަރ، މައްސަލައާ ގުޅުންހުރި ވުޒާރާ ނުވަތަ ވުޒާރާތަކުގެ ވަޒީރުން އަދި ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓެވެ.

އޭސީސީން ތައްޔާރުކޮށްފައިވާ މި ދިރާސާ ރިޕޯޓްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ލަފާއެރުވުމަށް އެކުލަވާލާފައިވާ ސެޓްލްމެންޓް ކޮމިޓީން އަމަލުކުރުމަށް ވަކި އުސޫލެއް އޮތްކަމުގައިވީނަމަވެސް މައްސަލަތައް ނިންމުމުގައި އަމަލުކުރާނެ ވަކި މިންގަނޑެއް ނުވަތަ ރިޢާޔަތްކުރާނެ ވަކި ކަންތައްތަކެއް ތަފްސީލުކޮށް ބަޔާންކޮށްފައި ނެތުމުން އެކި މައްސަލަ އެކި ގޮތަށް ނިމުމުގެ ފުރުސަތު ނުވަތަ ކޮމިޓީން އެއިރަކު ބޭނުންވާ ގޮތަކަށް ނިންމުމުގެ ފުރުސަތު އޮންނަކަމަށެވެ. ހަމައެހެންމެ، ވަކި ބަޔަކަށް ނުވަތަ ވަކި ފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައިދީ ނާޖާއިޒް ފައިދާ ލިބިގަތުމުގެ ފުރުސަތު އޮތުމުން ކޮރަޕްޝަނަށް މަގުފަހިވާނެކަމަށް އޭސީސީން ބުނެފައިވެއެވެ.

މީގެއިތުރުން އޭސީސީން ފާހަގަކޮށްފައިވާ އަނެއްކަމަކީ ގެއްލުމުގެ އަގު ކުރުމުގެ ގޮތުން ހަދަންޖެހޭ އެސެސްމަންޓް ނުހެދުން ނުވަތަ އެސެސްމެންޓް ހެދުމަށް ބޭނުންވާނެ ގައިޑްލައިނެއް ހަދާފައި ނުވުމެވެ. މީގެއިތުރުން ގެއްލުމެއް ލިބިދާނެކަމަށް ލިޔުމުން އަންދާޒާކުރެވިފައި ނެތުމަކީވެސް މައްސަލައެއްކަމަށް އޭސީސީން ވަނީ ފާހަގަކޮށްފައެވެ. ލިބިފައިވާ ގެއްލުން އަގު ކުރުމުގެ އެސެސްމެންޓް ކަނޑައަޅަނީ ކޮށްފައިވާ މަސައްކަތާއި އެއްބަސްވުމުގައި ކުރަން ކަނޑައަޅާފައިވާ މަސައްކަތުގެ ފަރަގުން ކަމަށްވާއިރު މިއެސެސްމެންޓް ހެދުމުގައި އަމަލުކުރާނެ އެއް ހަމަތަކެއް ނުވަތަ ގައިޑްލައިނެއް ހެދިފައިނުވެއެވެ. އެހެންކަމުން އެކި ހާލަތްތަކުގައި އެކި ގޮތްގޮތަށް އެސެސްމެންޓް ހެދުމާއި ވަކި ބަޔަކަށް މަންފާ ކުރާނެގޮތަށް ކަންކަން ކުރުމުގެ ފުރުސަތު އޮންނަކަމަށް ރިޕޯޓްގައި ބުނެއެވެ.

އަދި ގެއްލުމެއް ލިބިދާނެކަމަށް އަންދާޒާކުރުމުގެ މާއްދާއެއް ލިޔުމުގައި ބަޔާންވެފައި އޮތުމީ ކޮންޓްރެކްޓްގައި ސޮއިކޮށްފައިވާ ދެ ފަރާތަށްވެސް ބަދަލުގެ ގޮތުގައި އެދެވޭނެ މިންވަރު އަންދާޒާކޮށްދީ ގެއްލުމުގެ ބަދަލުގައި ދޭންޖެހޭ އަދަދު ކުޑަވާނެކަމެއް ކަމަށް އޭސީސީން ބުނެއެވެ.

މިކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ސެޓްލްމެންޓް ކޮމިޓީ އާ ގުޅޭގޮތުން މައިގަނޑު 4 ލަފާއެއް ވަނީ ހުށަހަޅާފައެވެ. ފުރަތަމަ ކަމަކީ ދިވެހި ދައުލަތުން ގެއްލުމުގެ ބަދަލުދިނުމާއި ގުޅޭ އުސޫލެއް ހެދުމަށެވެ. އަދި އެއުސޫލުގައި 8 ކަމެއް ހިމެނުމަށް ވަނީ ހުށަހަޅާފައެވެ.

މީގެއިތުރުން ގެއްލުމުގެ އަގު ކުރުމުގެ ގޮތުން ހަދަންޖެހޭ އެސެސްމެންޓް ހެދުމަށް ބޭނުންވާނެ ގައިޑްލައިނެއް ހަދާ އާންމުކުރުމަށްވެސް ވަނީ ލަފާދީފައެވެ. އަދި ދައުލަތުން އެކި ފަރުދުންނާއި އަދި އެކި ކުންފުނިތަކާއެކު ވެފައިވާ އެއްބަސްވުންތައް އުވާލާއިރު، ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުކޮށް އުވާލައިގެން ލިބޭ ގެއްލުމުގެ ބަދަލު، އެ އެއްބަސްވުން އުވާލި ފަރާތުން (ފަރުދީގޮތުން) ޒިންމާވާގޮތަށް ގަވާއިދު އެކުލަވާލުމަށްވެސް ލަފާދީފައިވެއެވެ.

ކޮންޓްރެކްޓް އުސޫލުން މަސައްކަތް ހަވާލު ކުރާއިރު، މަސައްކަތުގެ ނިސްބަތުން ސަބްސިޑީގެ ގޮތުގައި ދެވޭނެ މިންވަރާއި، ހަރު މުދާ، އަދި ލުއިތައް ކެޓަގަރައިޒްކޮށް، މި ކަމުގެ މައްޗަށް އުސޫލެއް އެކުލަވާލުމަށްވެސް ވަނީ ލަފާދީފައެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ

22 ޖެނުއަރީ 2017
އޯޒޯނަށް ގެއްލުންދޭ ކެމިކަލް އެތެރެ ކުރެވޭ ފަރާތްތައް ގެޒެޓްގައި އިއުލާން ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު