Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ވެރިކަމަށް އައީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯއަކާއެކުގައެވެ. އެމްޑީޕީ ގިނިކަންޏާއެއް ނޫނެވެ.

ބަރުލަމާނީ ނިޒާމުގެ ވާހަކަ އޮތީ އެމްޑީޕީގެ މެނިފެސްޓޯގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 3 ސެޕްޓެމްބަރު 2021 | ހުކުރު 11:30
ކޯލިޝަން ލީޑަރުން ބޭއްވި ބައްދަލުވުމުގެ ތެރެއިން

ކޯލިޝަން ލީޑަރުން ބޭއްވި ބައްދަލުވުމުގެ ތެރެއިން

ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން ރާއްޖޭގައި 3 ރިޔާސީ އިންތިހާބެއް ވަނީ ބާއްވާފައެވެ. އަދި މިހާތަނަށް އައިއިރު ގިނިކަންޏާ އެއްވެސް ޕާޓިއަކަށް ވެރިކަމަކަށް ނާދެވެއެވެ. އެއީ ކިތަންމެ ބޮޑު ޕާޓީއެއް ނަމަވެސް އަދި ކިތަންމެ ވަރުގަދަ ސިޔާސީ ބަޔަކު ތިބިނަމަވެސްމެއެވެ. ފެހި ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން އެންމެ ފުރަތަމަ ޑިމޮކްރަޓިކް އިންތިޚާބެއް ބޭއްވީ 2008 ވަނަ އަހަރުގެ ތެރޭގައެވެ. އެއިރު ރިޔާސީ އިންތިޚާބުގައި ވާދަކޮށްފައިވަނީ ކޯލިޝަނެއް ހަދައިގެންނެވެ. ސިޔާސި ބޮޑެތި ހުރިހާ ޕާޓީތަކެއް ހިމެނޭ ގޮތަށެވެ. ނަމަވެސް އިންތިޚާބަށް ތައްޔާރުވަމުން ދިޔައިރު ކޮންމެ ސިޔާސީ ޕާޓީއެއްގައި ވެސް އެޖެންޑާއެއް ނުވަތަ މެނިފެސްޓޯއެއް އޮތެވެ.

މިހެން މެނިފެސްޓޯ އޮތް ނަމަވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވެރިކަމަށް އަންނަން ޕާޓީތަކުން އެއްބަސްވާ މެނިފެސްޓޯއެއް އެކުލަވާލައެވެ. 2013 ވަނަ އަހަރުވެސް ހަމަ މިހެންނެވެ. އަދި އެންމެ ފަހުން ރާއްޖޭގައި ބޭއްވި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ކަންހިނގީ މި ބީދައިންނެވެ. އެމްޑީޕީން ގިނިކަންޏާ ރިޔާސީ އިންތިހާބަށް ނުކުތް އިރު ޖަޒީރާ ރާއްޖެ ވައުދުނާމާ 2018 ގެ ނަމުގައި މެނިފެސްޓޯއެއް އެކުލަވާލިއެވެ. ނަމަވެސް އެއިރުވެސް ސިޔާސީ އިސް ވެރިންނަށް ގަބޫލު ކުރެވުނު އެއްހަގީގަތެއް އޮތެވެ. އެއީ ވެރިކަމަށް ގިނިކަންޏާ ނާދެވޭނެ ކަމާއި ރާއްޖޭގައި ހަމަޖެހުން އޮންނާނީ ސިޔާސީ ޕާޓީތަކުން ގުޅިގެން ވެރިކަން ކުރުމުން ކަމެވެ. އެކަނި އެއް ޕާޓީއަކަށް މިހާތަނަށް ރާއްޖޭގައި ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރެވިފައި ނެތްކަމެވެ.

ފަހަކަށްއައިސް އެންމެ އަޑު ހަރުކޮށް ދެކެވޭ ވާހަކައަކީ އެމްޑީޕީން ވެރިކަމަށް އައުމަށްފަހު ރާއްޖޭގައި ބަރުލަމާނީ ނިޒާމަކަށް ޖާގަ ދޭން މެނިފެސްޓޯގައި ހިމެނި ވާހަކައެވެ. ރަނގަޅު ވާހަކައެކެވެ. އެމްޑީޕީގެ ޖަޒީރާ ވައުދުނާމާގައި އެކަން ފާހަގަކޮށްފައި އެބައޮތެވެ. ޖަޒިރާ ވައުދުނާމާގައި ހިމެނެނީ މައިގަނޑު 5 ކަމެކެވެ. މީގެ ތެރެއިން އިންސާފުގެ ބައިގައި ބުނެފައިވަނީ ވާދަވެރި ސިޔާސީ ނިޒާމެއް ދިވެހީން ޚިޔާރުކުރީ އަދާވާތްތެރިކަމާއި އަނިޔާވެރިކަމާއި ބަދަލުހިފުމުގެ މައްޗަށް ހިންގޭ ވެރިކަމުގެ ނިޒާމެއް ދުށުމުގެ ނިޔަތަކު ނޫން ކަމަށެވެ. އަދި ތިންބާރު ވަކިކުރެވިފައިވާ ވެރިކަން ހިންގުމުގެ ނިޒާމަކަށް ދިވެހީން ބޭނުންވީ އެއްބާރު އަނެއްބާރުގެ މައްޗަށް ގަދަވެގަނެގެން ހިންގާ ގޮށްމުށުގެ ވެރިކަމެއް ބޭނުންނުވާތީ ކަމުގައެވެ.

މީގެ އިތުރުން ފެހި ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ޖުމްލަ 7 އިންތިޚާބު ބޭއްވިފައިވާއިރު، އެހުރިހާ އިންތިޚާބެއްގައި ވޯޓުދީފައިވާ ގޮތުގެ ޖުމްލަ މާނައެއްގެ ގޮތުގައި ރައްޔިތުން ބުނެދީފައި އޮތީ ވަކިހިލޭނުވުމަށެވެ. ގުޅިގެން ވެރިކަން ހިންގައިދިނުމަށެވެ. އެހެންކަމުން މިނަތީޖާއަށް ރިއާޔަތްކޮށް އެމްޑީޕީން ހުށަހަޅަނީ ގާނޫނުއަސާސީއަށް ރައްޔިތުން ބޭނުންވާ ބޮޑެތި ބަދަލުތަކެއް ގެނައުމަށެވެ.

މީގެ އިތުރުން ގައުމީ އެއްބައިވަންތަ ސަރުކާރެއް އުފެއްދުމުގެ ވާހަކަ ހިމަނާފައިވާ އިރު، ވަގުތީ ސަރުކާރުގައި ކަން ހިނގާނެގޮތް ވެސް ވަނީ ބުނެފައެވެ. ދެން އޮތީ ވެރިކަމުގެ ނިޒާމުގެ ވާހަކައެވެ. ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމުގެ ތެރޭގައި ވަކި ޕާޓީއަކަށް ވެރިކަން ހިންގަން ބޭނުންވާ މެޖޯރިޓީ ނުލިބިއްޖެނަމަ ސިޔާސީ ޕާޓީތައް ގުޅިގެން އެކުލަވާލެވޭ ކޯލިޝަންތަކަށް ގާނޫނީ ހައިސިއްޔަތު ލިބިދެވޭނެ ކަމަށް ޖަޒީރާ ވައުދުނާމާ ނުވަތަ އެމްޑީޕީގެ މެނިފެސްޓޯގައި ބުނެފައިވެއެވެ. އަދި ވެރިކަމުގެ ބާރުތައް މިހާރަށްވުރެ ބޮޑަށް ބަހާލެވޭނޭ ނިޒާމެއް ގާއިމްކުރެވޭނެ ކަމާއި، ގާނޫނުއަސާސީއަށް އިސްލާހު ގެނެވި، ރައްޔިތުންގެ މަޖިލިސް މެމްބަރުންނަކީ ޕާޓީ ބަދަލުނުކުރެވޭ ބައެއްކަމުގައި ކަނޑައެޅޭނެ ކަމަށް ބުނެފައިވެއެވެ.

ވަކި ޕާޓީއަކަށް ވެރިކަން ހިންގަން ބޭނުންވާ މެޖޯރިޓީ ނުލިބިއްޖެނަމަ، އިތުރު ޕާޓީތަކާ ގުޅިގެން ކޯލިޝަން ސަރުކާރެއް އުފެއްދުމުގެ ގާނޫނީ ބާރު ޕާޓީތަކަށް ލިބިދޭނެކަމަށް ބުނެފައިވާ އިރު، ރައްޔިތުންނަށް ތަކުލީފަކަށް ނުވެ، ގައުމުގެ ހަމަޖެހުން ނުގެއްލި، ރައްޔިތުން ބޭނުންވާ ހިނދަކު ވެރިކަން މަޖިލީހުގެ ތެރެއިން ބަދަލުވެގެން ދިޔުމުގެ ޖާގަ ތަނަވަސްކުރެވި، ވެރިކަން ހިންގާ ފަރާތްތައް މާބޮޑަށް ޒިންމާދާރުކުރެވި ޖަވާބުދާރީ ކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

އަދި މިއާއެކު ގާނޫނުއަސާސީ އިސްލާހު ކުރުމަށްފަހުގައި އެކުލަވާލެވޭ ސަރުކާރެއްގައި ބޮޑުވަޒީރާއި އޭނާގެ ކެބިނެޓް އެކުލަވާލެވޭނީ މަޖިލީހުގެ ތެރެއިން ކަމަށް މި މެނިފެސްޓޯގައި ބުނެފައިވެއެވެ. މިހެން މިބަދަލު ގެނައުމުން ސަރުކާރުގެ މަތިބަރުކަން މާބޮޑަށް ކުޑަކުރެވިގެން ދިއުމުގެ އިތުރުން ދައުލަތުގެ ޚަރަދު އިންތިހާއަށް ކުޑަވެ، ރައްޔިތުންނާއި ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށްވެސް އެމްޑީޕީގެ މެނިފެސްޓޯގައި ބުނެފައިވެއެވެ.

އަދި އިސްލާހު ކުރެވުނު ގާނޫނުއަސާސީ ތަސްދީގު ކުރުމަށް ފަހުގައި އައު ގާނޫނުއަސާސީގައި ބަޔާންކުރާ ރައީސުލްޖުމްހޫރިއްޔާއަށް ގުޅިފައިވާ ޕާޓީތަކުގެ ރައީސް ބަދަލުވާނެއެވެ. ސަރުކާރު ހިންގާނީ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ހިނމެނޭ ޕާޓީއަކުން ނުވަތަ ޕާޓީތަކަކުންނެވެ. ޕާޓީތަކުން ކާމިޔާބު ކުރާ ގޮނޑިތަކުގެ ނިސްބަތުން އެޕާޓީތަކަށް އިތުރު ނެޝަނަލް ލިސްޓުގެ ގޮނޑި ކަނޑައެޅޭނެއެވެ. މެންބަރަކު އިންތިޚާބުވާ ޕާޓީން އެހެން ޕާޓީއަކަށް ބަދަލުވާން ވެއްޖެނަމަ ގޮނޑި ދޫކޮށްލަން ޖެހޭނެ ކަމަށްވެސް އެމްޑީޕީގެ 2018 ވަނަ އަހަރުގެ މެނިފެސްޓޯގައި ބުނެފައިވެއެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ހުރި ކަންކަމަށް ބަލާއިރު، 97 ވަނަ ސަފުހާގައި ބުނެފައިވާ ފަދައިން ވަކި ޕާޓީއަކަށް ވެރިކަން ހިންގަން ބޭނުންވާ މެޖޯރިޓީ ނުލިބިއްޖެނަމަ އިތުރު ޕާޓީތަކާ ގުޅިގެން ކޯލިޝަން ސަރުކާރެއް އުފެއްދުމުގެ ގާނޫނީ ބާރު ޕާޓީތަކަށް ލިބިދެއެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ގިނިކަންޏާ ނުކުމެގެން ކާމިޔާބު ނުހޯދޭނެތީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމަކަށް އައުމަށް ނިންމިއެވެ. 4 ޕާޓީއެއް ހިމެނޭ ގޮތަށެވެ. އެއީ މައި ޕާޓީ އެމްޑީޕީގެ އިތުރުން، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި އެއިރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ޖަމާއަތް ނުވަތަ މިހާރު އެމްއާރުއެމްއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވެރިކަމަށް އައުމަށްފަހު ވަކި ޕާޓީއަކުން ބޭނުންވާ ގޮތަކަށް ވެރިކަމުގެ ނިޒާމު ބަދަލު ކުރަން އެއްބަސްވެފައި ނުވެއެވެ. އަދި 2018 ވަނަ އަހަރަށް އެމްޑީޕީން ތައްޔާރުކުރި މެނިފެސްޓޯގެ ބަދަލުގައި އެމްޑީޕީން ވެސް އެއްބަސްވާ ގޮތަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯއެއް އެކުލަވާލިއެވެ. އަދި ސަރުކާރު ހިންގާނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެނިފެސްޓޯގެ މައްޗަށް ކަމަށް މި 4 ޕާޓީން އެއްބަސްވިއެވެ. އެހެންކަމުގައި ވާނަމަ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއްބަސްވި ގޮތަށް ރިޔާސީ ނިޒާމެއްގައި މި 5 އަހަރު ވެރިކަން ކުރަން ޖެހެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އުފައްދާ "އެއްބައިވަންތަ ސަރުކާރުގެ" ސިފަތަކުގެ ތެރޭގައި ބުނެފައިވަނީ ގުޅިފައިވާ ސަރުކާރެއްގެ ސިޔާސަތުތަކާއި ހިންގާނެ މަސައްކަތްތައް ތަފްސީލްކޮށްދޭނީ ގުޅިފައިވާ ޕާޓީތަކުން ނުކުންނަ އެއް ކެންޑިޑޭޓުގެ ރިޔާސީ އިންތިޚާބުގެ މި މެނިފެސްޓޯގައި ކަމަށެވެ. އަދި ގުޅިފައިވާ ސަރުކާރު އުފެދިފައި އޮންނާނީ އެއް ޕާޓީއަށްވުރެ ގިނަ ޕާޓީ ހިމެނޭގޮތަށް ކަމަށާއި އެ ސަރުކާރުގެ ފުރަތަމަ ދެ އަހަރު ކުރާނެ އެންމެ މުހިންމު އެއް މަސައްކަތަކީ ފާއިތުވި 4 އަހަރެއްހާ ދުވަހުގެ ތެރޭގައި ކިލަނބު ކޮށްފައިވާ އެންމެހައި ކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ކަމުގައެވެ.

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، ދައުލަތުގެ މުއައްސަސާތަކަކީ ރައްޔިތުންނަށް އިތުބާރު ހިފޭފަދަ ތަންތަންކަމުގައި އެމުއްދަތުގައި ހަދާނެ ކަމަށް ބުނެފައިވެއެވެ.

ކޯލިޝަން ރޫޅޭގޮތްތަކާއި، ރޫޅިއްޖެ ހާލަތެއްގައި ސަރުކާރު ދެމިއޮތުމާއި ނެތުން، އަދި ކޯލިޝަނަށް ދިމާވާ އެހެނިހެން މައްސަލަތައް ހައްލުކުރާނެ ގޮތްތައް ބަޔާންކުރާ އެއްބަސްވުމެއްގައި ހަތަރު ލީޑަރުންގެ ސޮއިކުރެއްވުން ވެސް މީގައި ހިމެނެއެވެ. އެހެންކަމުން ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ ވާހަކައެއް ދެކެވޭނެ ޖާގައެއް އަދި އެފަދަ ކަމެއް ކުރުމުގެ ފުރުސަތެއްވެސް މި މެނިފެސްޓޯއަކުން ނުލިބެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

ބްރެޒިލްގެ ސިޔާސީ މަޝްރަހު އަނެއްކާވެސް ހަަލަބޮލިވެއްޖެ

03 ޖުލައި 2017
ނަގޫރޯޅިވެސް ސިޔާސީ ކުރައްވަނީތޯއެވެ؟

ނަގޫރޯޅިވެސް ސިޔާސީ ކުރައްވަނީތޯއެވެ؟

20 މެއި 2017
އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުން ޖަލަށްލައިގެން ބޭއްވި ފުރަތަމަ އިންތިހާބު ބޮޑުތަނުންވީ ބަލި!

10 މެއި 2017
ސިޔާސީ ޤައިދީންނަކީ ކޮބާ؟

ސިޔާސީ ޤައިދީންނަކީ ކޮބާ؟

02 މެއި 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު