Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިހަވަންދިއްޕޮޅު ޕޯޓް

އިހަވަންދިއްޕޮޅު ޕޯޓް ތަރައްގީކުރުމަށް ބިޑަށް ހުޅުވާލާފައިވާކަަމަށް ސަރުކާރުން ބުނެފި

އޭރު މި މަސައްކަތުގެ ކޮންސަލްޓެންސީ އެއްބަސްވުމުގައި ނެދަރލެންޑްސްގެ އެމް.ޓީ.ބީ.އެސް އަދި ޑެންމާރކްގެ ނީރާސްގެ ޖޮއިންޓްވެންޗަރއާއެކުވަނީ ސޮއިކޮށްފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2021 | ބުރާސްފަތި 03:38
އިހަވަންދިއްޕޮޅު ޕޯޓް ތަރައްގީވެގެންދާއިރު އޮންނާނެ ގޮތުގެ ކުރެހުމެއް

އިހަވަންދިއްޕޮޅު ޕޯޓް ތަރައްގީވެގެންދާއިރު އޮންނާނެ ގޮތުގެ ކުރެހުމެއް

އިހަވަންދިއްޕޮޅު ޕޯޓް އަލުން ބިޑަށް ހުޅުވާލާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ފުރަތަމަ ބިޑަށް ހުޅުވާލުމުން ކުރިމަތި ލެއްވި ފަރާތްތަކަކީ، އެ މަސައްކަތަށް އެކަށީގެންވާ ފަރާތްތަކަކަށް ނުވާތީ އަލުން ބިޑަށް ހުޅުވާލާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

"ރާއްޖެއެމްވީ" އަށް އެނގިފައިވާ ގޮތުގައި މި މަސައްކަތުގެ ފީސިބިލިޓީ އާއި ކޮންސެޕްޓް ޕްލޭން އެކުލަވާލައި، އޭރު މި މަސައްކަތުގެ ކޮންސަލްޓެންސީ އެއްބަސްވުމުގައި ނެދަރލެންޑްސްގެ އެމް.ޓީ.ބީ.އެސް އަދި ޑެންމާރކްގެ ނީރާސްގެ ޖޮއިންޓްވެންޗަރއާ 860،626 (އައްލައްކަ ފަސްދޮޅަސް ހާސް ހަސަތޭކަ ސައްބީސް) އެމެރިކާ ޑޮލަރަށް ސޮއިކޮށްފައިވެއެވެ.

އިހަވަންދިއްޕޮޅު ޕޯޓް ތަރައްގީކުރުމަށް ބަޔަކު ހޯދަން ފުރަތަމަ އިއުލާންކުރީ މާޗް މަހުގެ ތެރޭގައެވެ. ފުރުސަތު ހުުޅުވާލުމުން 6 ފަރާތަކުން ޝައުޤުވެރިކަން ފާޅުކުރިއެވެ. އެހެންނަމަވެސް، މި ޕްރޮޖެކްޓް ހިންގުމަށްޓަކައި ޝަރުތު ހަމަވާ ފަރާތެއް ހޯދުމަށް ކުރިއަށް ގެންދިޔަ އިވެލުއޭޝަނުން އެއްވެސް ފަރާތެއް ފާސްވެފައި ނުވާތީ، ޕްރޮޖެކްޓް އޮތީ މަޑުޖައްސާލާފައެވެ.

ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ އުސޫލުން ތަރައްގީކުރަން ހަމަޖެހިފައިވާ މި މަޝްރޫއު ޕްލޭންކޮށްފައި ވަނީ ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓެެއިނަރ ބޯޓު ފަހަރަށް ޚިދުމަތް ދިނުމުގެ ގާބިލްކަން ލިބިފައިވާ، ޒަމާނީ ބަނދަރެއްގެ ގޮތުގައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ، މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 900 މީޓަރުގެ މަގަތު ފާލަމެއް ގާއިމްކުރާނެ ކަމަށެވެ. އަދި އެ ބަނދަރަކީ، އަހަރަކު 1.8 މިލިއަން ކޮންޓެއިނަރު އުފުލުމުގެ ގާބިލްކަން ލިބޭގޮތަށް ތަރައްގީކުރާ ތަނެއް ކަމަށެވެ. އިހަވަންދިއްޕޮޅަކީ ދުނިޔޭގެ އިރުމަތީ ބިތުން ފެށިގެން ހުޅަނގަށް ބޯޓުފަހަރު ދަތުރުކުރާ މައިގަނޑު ޝިޕިން ރޫޓްތަކާ ކައިރި ސަރަހައްދަކަށް ވުމުން، މިއީ މި ކަމަށް އެންމެ އެކަށީގެންވާ ސަރަހައްދު ކަމަށް ކުރެވުނު ދިރާސާތަކުން ދައްކާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އަދި މި މަޝްރޫއު ސަބަބުން އިޤުތިޞާދު ފުޅާވެ, ޑައިވަސިފައިކުރަން މަގުފަހިވާނެ ކަމަށާއި، އިޤުތިޞާދީ ތަރައްގީ، ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އުތުރުގައި އިޤުތިޞާދީ ހަބެއް ގާއިމުކުރެވިގެންދާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީންވަނީ ބުނެފައެވެ.

މި މަޝްރޫއަށް 466 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށްވަނީ އަންދަޒާ ކޮށްފައެވެ.

އިހަވަންދިއްޕޮޅުގެ އިގްތިސާދުއިކޮނޮމިކް މިނިސްޓްރީރައީސުލްޖުމްހޫރިއްޔާގެ އޮފީސް މަބްރޫކު ޢަޒީޒް

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

ފުވައްމުލައް ފެނަށް ޖެހުން: ސަރުކާރުން ބުނި ގަޑިއަށް ފެން ދޫނުކުރެވުނު، އަދިވެސް މައްސަލަ ހައްލު ނުވޭ

12 ނޮވެމްބަރު 2025
ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

29 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު