Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުންގެ ޚިދުމަތް ފުޅާކުރުން

ތަރައްގީވެފައިވާ ޚިދުމަތްތަކެއް މުޅި ރާއްޖެއަށް ފޯރުކޮށްދޭ މުއައްސަސާއަކަށް ފުލުހުންގެ ޚިދުމަތް ބަދަލުކުރަން ޖެހޭ: ސީޕީ

ޚިދުމަތް ދިނުމުގެ ކަންކަން އެންމެ ފުރިހަމައަށް ފޯރުކޮށްދޭ ފުލުހުންގެ މަރުކަޒުތަކަށް ޚާއްސަ އެވޯޑެއް ދިނުމަށް ނިންމާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 1 ސެޕްޓެމްބަރު 2021 | ބުދަ 16:42
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު

ތަރައްގީވެފައިވާ ފުލުހުންގެ ޚިދުމަތްތަކެއް މުޅި ރާއްޖެއަށް ފޯރުކޮށްދޭ މުއައްސަސާއަކަށް ދިވެހި ފުލުހުންގެ ޚިދުމަތް ބަދަލުކުރަން ޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ނ. މަނަދޫ ޕޮލިސް ސްޓޭޝަނުގެ ބިންގާ އެޅުމަށް މަނަދޫގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ޙަމީދު ވިދާޅުވީ, ރައްޔިތުންނާ ގުޅިގެން ޚިދުމަތް ދިނުމުގެ ކަންކަން އެންމެ ފުރިހަމައަށް ފޯރުކޮށްދޭ ފުލުހުންގެ މަރުކަޒުތަކާއި ރަށްތައް އަދި އަވަށްތައް ފާހަގަކޮށް, މިއަންނަ އަހަރުން ފެށިގެން ޚާއްސަ އެވޯޑެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިހާރު އަމަލުކުރަމުންދާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގައި، ރައްޔިތުންނާއި ފުލުހުންގެ މެދުގައި އޮންނަ ގުޅުން ދެމެހެއްޓުމަށް ވަރަށް ބޮޑަށް ބާރުއަޅާފައިވާ ކަމަށެވެ. ކައުންސިލުތަކާއި އެހެނިހެން މުއައްސަސާތަކާ އަދި ރައްޔިތުންނާ އެކުގައި މަސައްކަތްކުރުމަށް ޚާއްސަ އޮނިގަނޑެއް، މި ހިނގާ ސެޕްޓެމްބަރ މަހުގެ 27 ގެ ނިޔަލަށް އެކުލަވާލަންޖެހޭ ކަމާއި އެކަމުގެ އިންތިޒާމުތައް މިހާރުވެސް ކުރަމުން އަންނަ ކަމަށް ސީޕީ ވިދާޅުވިއެވެ.

މީގެ އިތުރުން ނ. އަތޮޅުގައި އިންޓަރނޭޝަނަލް އެއާޕޯޓެއް އޮތުމާއެކު އެ އަތޮޅަކީ ލޯކަލް ޓުއަރިޒަމް ފުޅާވަމުން އަންނަ އަތޮޅަކަށް ވުމާއި ޓޫރިސްޓު ރިސޯޓުތައް ވެސް ހިންގަމުން އަންނަ އަތޮޅެއްކަން ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ސިނާއީ މަސައްކަތްކުރާ ފަރާތްތަކަށާއި ވިޔަފާރިކުރާ ފަރާތްތަކަށާއި ފަތުރުވެރިކަމުގެ ދާއިރާއަށާ އަދި ވަކިން ހާއްސަކޮށް ނ. އަތޮޅުގެ ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތް އިތުރަށް ފުޅާކުރަންޖެހޭ ކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ބުދަ ދުވަހު އެޅިގެން މި ދިޔަ ބިންގާއަކީ ނ. އަތޮޅުގެ އިޤްތިޞާދީ ޞިނާޢަތާއި އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމަށް ފުލުހުންގެ ފަރާތުން ބޭނުންވާ ރައްކާތެރިކަން އިތުރުކުރުމަށް އެޅިގެންދިޔަ ބިންގަލެއް ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ ކުށާއި ކުށުގެ ބިރުވެރިކަމުން ނ. އަތޮޅާއި ރަށުގެ މުޖުތަމައު ސަލާމަތްކޮށް ރައްކާތެރިކަން ދެމެހެއްޓުމަށް ފުލުހުން ގާއިމުވެތިބުން މުހިންމު ކަމަށެވެ. އެގޮތުން މަނަދޫގައި ބިންގާ އެޅިގެންދިޔަ ޕޮލިސް ސްޓޭޝަނުން ފުލުހުންގެ ޚިދުމަތްދޭން ފެށުމުން ރައްޔިތުންނާއި ރައްޔިތުންގެ މުދަލަށް ދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އިތުރު ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ. އަދި ފުލުހުންގެ ޚިދުމަތުގެ އައު ގާނޫނަށް 2021 މާރިޗު 27 ގައި އަމަލުކުރަން ފަށާފައިވާއިރު އެ ގާނޫނުން، ފުލުހުންގެ މަސައްކަތްތައް އިންތިޒާމުވެގެންވާ ގޮތް ވަަރަށް ސާފުކޮށް ކަނޑައަޅައިދީފައިވާ ކަމަށާއި ލާމަރުކަޒީ ޚިދުމަތް ދިނުމަށާއި މުޖުތަމައުއާ އޮންނަ ގުޅުން ދެމެހެއްޓުމަށް ބާރުއަޅާފައިވާ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން، ފުލުހުންގެ މަސައްކަތްތައް އަމާޒުކުރެވިފައިވަނީ ރައްޔިތުންނަށް ފުލުހުންދޭ ޚިދުމަތް އަލުން ތަރުތީބުކޮށް، ޑިމޮކްރެޓިކް ވެއްޓަކަށް އެކަށޭނަ އަދި ތަރައްގީވެފައިވާ ފުލުހުންގެ ޚިދުމަތްތަކެއް މުޅި ރާއްޖެއަށް ފޯރުކޮށްދޭ މުއައްސަސާއަކަށް ދިވެހި ފުލުހުންގެ ޚިދުމަތް ބަދަލުކުރަން ޖެހޭ ކަމަށް ސީޕީ ވިދާޅުވިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓީޖިކް ޕްލޭންގައި ކަނޑައަޅާފައިވާ 6 ލަނޑުދަނޑީގެ ތެރޭގައި ލޯކަލް ޕޮލިސިންގ ކަނޑައަޅާފައިވަނީ އަތޮޅު ތެރޭގައި ދެވޭ ޚިދުމަތަށް އިތުރު އަހަންމިއްޔަތުކަމެއް ދިނުމުގެ މަގުސަދުގައި ކަމަށް ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތަށް ގެނެވޭ ބަދަލުތަކުގެ ތެރެއިން އެއް އިންޤިލާބީ ބަދަލަކީ ނެއިބަރހުޑް ޕޮލިސް ނުވަތަ އަވައްޓެރި ފުލުހުންގެ މަސައްކަތްކަމާއި ނ. އަތޮޅުގައި ވެސް ވަރަށް އަވަހަށް އެ ޚިދުމަތް ފެށިގެންދާނެކަން ސީޕީ ފާހަގަކުރެއްވިއެވެ.

ޕޮލިސް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
09 ޑިސެމްބަރު 2025

32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި

09 ޑިސެމްބަރު 2025
32 އަހަރުގެ އުމުރުގެ ތަފާތު ހުރި ދެ ލޯބިވެރިން މާރާމާރީ ހިންގައި ވަޅި ޖަހައިފި
08 ޑިސެމްބަރު 2025

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
08 ޑިސެމްބަރު 2025

ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި

08 ޑިސެމްބަރު 2025
ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒް ކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލަ އެއް ގައި އިތުރު މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފި
07 ޑިސެމްބަރު 2025

ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒްކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލައެއްގައި ހައްޔަރު ކުރި މީހެއްގެ ބަންދަށް 15 ދުވަސް

07 ޑިސެމްބަރު 2025
ވައިބަރ އެކައުންޓެއް ކޮންޕްރޮމައިޒްކޮށް މަކަރުން ލައްކައަކަށް ވުރެ ގިނަ ފައިސާ ހޯދި މައްސަލައެއްގައި ހައްޔަރު ކުރި މީހެއްގެ ބަންދަށް 15 ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު