Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޤައުމަށް ބޭނުންތެރި ފޮތް ޝާއިޢުކުރުން

ޢިލްމު ކުރިއެރޭނީ މުނާޒަރާއިން - އެޑިއުކޭޝަން މިނިސްޓަރ

1 ސެޕްޓެމްބަރު 2021 | ބުދަ 16:01

ރަސްމީޔާތު ޝަރަފުވެރި ކޮއްދެއްވައި ފޮތް ނެރެދެއްވީ އަލްއަޚް ޢަބްދުﷲ ޞާދިޤް (ސޯދުބެ)

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 1 ސެޕްޓެމްބަރު 2021 | ބުދަ 16:01
ޤައުމަށް ބޭނުންތެރި ފޮތް ޝާއިޢުކުރުމާބެހޭ ސިޔާސަތުގެ ދަށުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ނެރޭ ފުރަތަމަ ފޮތް

ޤައުމަށް ބޭނުންތެރި ފޮތް ޝާއިޢުކުރުމާބެހޭ ސިޔާސަތުގެ ދަށުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ނެރޭ ފުރަތަމަ ފޮތް

ޢިލްމު ކުރިއެރޭނީ މުނާޒަރާއިންކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ތަޢުލީމީ ތާރީޚުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފޮތް "އެޑިއުކޭޝަން އިން ދަ މޯލްޑިވްސް 1900-2015" އިފްތިތާޙުކުރުމަށް މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގައި ބޭއްވި ޚާއްސަ ހަފުލާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިނިސްޓަރ މިހެން ވިދާޅުވީ އެމްއެންޔޫއިން މި ނެރުނު ފޮތަށް އެކިމީހުންގެ ފާޑުކިޔުންތައް އަންނާނެތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް އެމީހުންގެ ފާޑުކިޔުންތައް ދެކެވަޑައިގަންނަވަނީ ތަޢުލީމީ ދިރާސާ ކުރައްވާ ފަރާތްތަކަށް ދެވޭ ޢިނާޔަތެއް އަދި ކުރިއެރުމެއްގެ ގޮތުގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރި ކޮއްދެއްވައި ފޮތް ނެރުއްވައިދެއްވީ އަލްއަޚް ޢަބްދުﷲ ޞާދިޤް (ސޯދުބެ)އެވެ. އަދި މި ފޮތް ނެރެދެއްވުމަށް ސޯދުބެ ފިޔަވައި ލާއިޤު އެއްވެސް ފަރާތެއް ނެތް ކަމަށާއި, އެއީ ވަރަށް ގިނަ ސަބަބުތަކާހުރެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެމްއެންޔޫއިން މި ނެރުނު ފޮތަކީ "އެޑިއުކޭޝަން އިން ދަ މޯލްޑިވްސް -2015-1900" ނަމުގައި އެ ޔުނިވަރސިޓީން ނެރުނު ފޮތެކެވެ. އަދި މިއީ ދިވެހި ރާއްޖޭގެ ތަޢުލީމީ ތާރީހުގެ މައްޗައް ނެރުނު ފޮތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ފޮތުގެ މައިގަޑަކީ، 20ވަނަ ޤަރުނުގައި ތަޢުލީމުގެ ކަންތައްތައް ބައްޓަން ކުރި ސިޔާސަތުތަކާއި، އެ ސިޔާސަތުތައް ވުޖޫދުވެގެން އައި ސަބަބުތަކާއި، ސިޔާސަތުތައް އެކުލަވާލެވިފައިވާ ގޮތާއި، ސިޔާސަތުތައް ތަންފީޒުކުރުމުން ނުކުތް ނަތީޖާތައް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެމްއެންޔޫއިން ފޮތްތެރިކަން ކުރިއެރުވުމުގެ ގޮތުން ފޮތް ލިޔަން ބޭނުންވާ, ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދަރިވަރުންނަށް ބައެއްކަންކަން ފަހި ކުރުމުގެ ގޮތުން ފައިސާގެ އެހީދިނުން, އަދި ފޮތް ޝާއިޢުކުރުމުގެ މަސައްކަތް އެމްއެންޔޫއިން ވަނީ މިއަހަރު ފަށައިފައެވެ.

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)އެޑިއުކޭޝަން މިނިސްޓްރީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

10 ޑިސެމްބަރު 2025
މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި
07 ޑިސެމްބަރު 2025

ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް

07 ޑިސެމްބަރު 2025
ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް
07 ޑިސެމްބަރު 2025

ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

07 ޑިސެމްބަރު 2025
ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި
04 ޑިސެމްބަރު 2025

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި
02 ޑިސެމްބަރު 2025

ޔުނިފޯމުގެ ކުލަތައް ބަދަލުކުރުމުގެ ފަހަތުގައި ހަމަޖެހޭ އުސޫލެއް އަސާސެއް ނެތް: އިހުސާން

02 ޑިސެމްބަރު 2025
ޔުނިފޯމުގެ ކުލަތައް ބަދަލުކުރުމުގެ ފަހަތުގައި ހަމަޖެހޭ އުސޫލެއް އަސާސެއް ނެތް: އިހުސާން
28 ނޮވެމްބަރު 2025

ސަރުކާރު ސްކޫލު ތަކުގެ ޔުނިފޯމުގެ ކުލަތައް 4 ކުލައަކަށް ބަދަލު ކުރަން އެޑިއުކޭޝަނުން ނިންމާފައިވާ ކަން ހާމަވެއްޖެ

28 ނޮވެމްބަރު 2025
ސަރުކާރު ސްކޫލު ތަކުގެ ޔުނިފޯމުގެ ކުލަތައް 4 ކުލައަކަށް ބަދަލު ކުރަން އެޑިއުކޭޝަނުން ނިންމާފައިވާ ކަން ހާމަވެއްޖެ
20 ނޮވެމްބަރު 2025

އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި

20 ނޮވެމްބަރު 2025
އެމްއެންޔޫ ދަރިވަރުން އިސްވެ، ލޭ ހަދިޔާކުރަން ބާރު އަޅާ ކެމްޕެއިން އެއް ފަށައިފި
28 އޮކްޓޯބަރު 2025

ވައުޗަރު ނުލިބޭ މައްސަލައިގައި ސުވާލު ކުރަން ގުޅުމުން އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ކޯފާ ވެއްޖެ

28 އޮކްޓޯބަރު 2025
ވައުޗަރު ނުލިބޭ މައްސަލައިގައި ސުވާލު ކުރަން ގުޅުމުން އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ކޯފާ ވެއްޖެ
29 ސެޕްޓެމްބަރު 2025

ވައުދުވި ގޮތަށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްކޫލްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކޮށް ނުނިމުނު

29 ސެޕްޓެމްބަރު 2025
ވައުދުވި ގޮތަށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްކޫލްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކޮށް ނުނިމުނު
18 އޯގަސްޓު 2025

ސަރުކާރުގެ އިހުމާލުން ރާއްޖޭގެ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރު ވީރާނާ ވަނީ

18 އޯގަސްޓު 2025
ސަރުކާރުގެ އިހުމާލުން ރާއްޖޭގެ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރު ވީރާނާ ވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް