Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19ގައި ނިޔާވާ މީހުން

ކޮވިޑް-19ގައި ނިޔާވާ ގިނަ މީހުންނަކީ ވެކްސިންގެ ޑޯޒު ފުރިހަމަ ނުކުރާ މީހުން: އެޗްޕީއޭ

އައިސީޔޫގައި ފަރުވާ ދޭން ޖެހުނު 82 އިންސައްތަ މީހުންނަކީ ވެސް ވެކްސިންގެ ޑޯޒު ފުރިހަމަ ނުކުރާ މީހުން

އަމްނާ އިމާދު
އަމްނާ އިމާދު | 1 ސެޕްޓެމްބަރު 2021 | ބުދަ 01:47
ކޮވިޑް-19 ބަލީގައި ނިޔާވާ މީހުން ވަޅުލުމަށް ތައްޔާރުވުމުގެ ތެރެއިން،

ކޮވިޑް-19 ބަލީގައި ނިޔާވާ މީހުން ވަޅުލުމަށް ތައްޔާރުވުމުގެ ތެރެއިން،

ރާއްޖޭގައި ކޮވިޑް-19ގައި ނިޔާވާ ގިނަ މީހުންނަކީ ވެކްސިންގެ ޑޯޒު ފުރިހަމަ ނުކުރާ މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ މެއި މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށް މިބަލީގައި ނިޔާވި މީހުންގެ ތެރެއިން 89 އިންސައްތަ މީހުންނަކީ ވެކްސިންގެ ޑޯޒު ފުރިހަމަ ނުކުރާ މީހުން ކަމަށެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ 3 ޖޫން އިން 23 އޮގަސްޓަށް އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުނު މީހުންގެ ތެރެއިން ހާލު ސީރިއަސްވެ، ހުޅުމާލެ މެޑިކަލް ފެސިލީޓީގެ އައިސީޔޫގައި ފަރުވާ ދޭން ޖެހުނު 82 އިންސައްތަ މީހުންނަކީ ވެސް ވެކްސިންގެ ޑޯޒު ފުރިހަމަ ނުކުރާ މީހުން ކަމަށެވެ.

ވެކްސިން ފުރިހަމަ ކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ. އެއީ ބަލިން ދިފާއުވުމަށް ވެކްސިން ވަރަށް މުހިންމު ކަމަށާއި، ބައްޔަށް ޕޮޒިޓިވްވި ނަމަވެސް ވެކްސިން ފުރިހަމަކޮށްފައިވާނަމަ ބަލިން މީހާއަށް ކުރާ އަސަރު ކުޑަ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތައް ކުރަމުންދާއިރު، ވެކްސިނޭޝަން ޕްރޮގްރާމަށް ޚާއްސަ ސަމާލުކަމެއް ދެއެވެ. ފެބްރުއަރީ އެއްވަނަ ދުވަހު ފެށި ވެކްސިނޭޝަން ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމަށް އެޗްޕީއޭއިން ބުނެއެވެ. މީގެ އިތުރުން އޮގަސްޓު މަހުގެ ނިޔަލަށް, މުޅި ރާއްޖޭގެ ވެކްސިންޖެހޭ އާބާދީގެ 90 އިންސައްތައަށް ވެކްސިންގެ ދެ ޑޯޒް ޖެހުމަށް ސަރުކާރުން އަމާޒު ހިފައި، ފެށި ޕްރޮގްރާމް ވެސް ވަރަށް ކާމިޔާބެވެ. މިޕްރޮގްރާމްގައި އެޑިޔުކޭޝަން މިނިސްޓްރީން ބައިވެރިވެ، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެސް ވެކްސިން ދޭން ފެށިއެވެ. އެގޮތުން 10 ދުވަހުގެ ތެރޭގައި 30،109 ދަރިވަރުން ފައިޒަރ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އަންގާރަ ދުވަހު އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، ހޯމަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ވެކްސިން ފުރިހަމަ ކުރި މީހުންގެ އަދަދު ވަނީ 302،182ށް އަރާފައެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 383،620ށް އަރާފައެވެ.

ނިޔާވުންއެޗްޕީއޭ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
16 ޑިސެމްބަރު 2024

މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ

16 ޑިސެމްބަރު 2024
މިދިޔަ މަހު ޑެންގީހުން ޖެހިގެން ރިޕޯޓުކޮށްފައިވާ މިންވަރު އިތުރު: އެޗްޕީއޭ
15 ޑިސެމްބަރު 2024

އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ

15 ޑިސެމްބަރު 2024
އަރިދަފުސްރޯގާ، އިންފުލުއެންޒާ އަދި ބޭރަށް ހިންގުން މިދިޔަ މަހު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު