Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ލީކުވެފައިވާ އޯޑިއޯގެ މައްސަލަ

ޕިސް ޕިސް، ލަދުން ބޯ ހަލާކު!

ޖުޑީޝަރީ އަޅުވެތިކޮށް، ކަސްތޮޅު އަޅުވާފައި އޮތް މިންވަރު އޮތީ މުޅި ދުނިޔެއަށް ވެސް ހާމަވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 31 އޯގަސްޓު 2021 | އަންގާރަ 10:28
ޖުޑީޝަރީއަށް މި ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ބުނެ އިދިކޮޅުން ދައްކާ ވާހަކަތައް މިއަދު ގިނަ ބަޔަކު ޤަބޫލެއް ނުކުރޭ

ޖުޑީޝަރީއަށް މި ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ބުނެ އިދިކޮޅުން ދައްކާ ވާހަކަތައް މިއަދު ގިނަ ބަޔަކު ޤަބޫލެއް ނުކުރޭ

އިއްތިފާގުތަކުގެ ތެރެއިން ވެސް އަޖާއިބު އިއްތިފާގެކެވެ. އޯޑިއޯތައް ލީކުވީ އެހާމެ މުނާސަބު ދަނޑިވަޅެއްގައި ވެސް މެއެވެ. އެއާއެކު މިއަދު އެ ކުރަނީ ތުހުމަތެކެވެ. ފެންނަން އޮތީ އޯޑިއޯއެކެވެ. ކުރަންވެފައި އޮތީ އެކަމުގެ ތަހުގީގެކެވެ.

މިއަދު އެ ކުރެވޭ ތުހުމަތުތަކުގެ ހަގީގީ މަންޒަރު ރައްޔިތުން ދެކެފިއެވެ. ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި، ފަނޑިޔާރުގެ ހިސޯރު ކުރުމާއި، ރައީސް އޮފީހުން ޙުކުމް ތައްޔާރު ކުރުމާއި، މިއީ ހައްތަހާ ވެސް މިއަދު އެ ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކެވެ. މި މަންޒަރުތައް ރައްޔިތުން ވަނީ ލޮލުން ދެކެ، އަތުން ހިފާފައެވެ. އޯޑިއޯއެއް، ވީޑިއޯއެއް ނުވަތަ ފޮޓޯއެއް ވެސް އެކަމުގެ ހެއްކަކަށް ބޭނުމެއް ނުވެއެވެ. މި ދައްކަނީ ހާމަ އުޑުދަށުގައި އެންމެންނަށް ވެސް ފެންނާނެހެން ހިނގި ކަންކަމުގެ ވާހަކައެވެ. ހަނދާނުގައި ވެސް އަދި ހަމަ ގައިމު ހުންނާނެ ކަންކަމުގެ ވާހަކައެވެ.

އޭރު އިދިކޮޅު ލީޑަރުން ހައްޔަރުކޮށް، ނުޙައްޤުން ޝަރީއަތް ހިންގާ ވާހަކަ މީހުން ދެއްކީ ސިއްރުން، ބޮނދައިގެން ތިބެ އޯޑިއޯ ކްލިޕްތައް ނެރެގެންނެއް ނޫނެވެ. މިއީ އިނގިރޭސި ސަރުކާރުގެ މިނިސްޓަރ އޮފް ސްޓޭޓް މާކް ފީލްޑް އިނގިރޭސި ޤާނޫނުހަދާ މަޖިލީހުގައި ދެއްކެވި ވާހަކައެކެވެ. އޭރު ޖުޑީޝަރީ އަޅުވެތިކޮށް، ކަސްތޮޅު އަޅުވާފައި އޮތް މިންވަރު އޮތީ މުޅި ދުނިޔެއަށް ވެސް ހާމަވެފައެވެ. މިއަދު އޯޑިއޯއެއް ފެންމަތިވިއިރަށް އެ ދުވަސް ހަނދާން ނެތި، މަމެންނަކީ ޝަރުއީ ދާއިރާ އިސްލާޙުކުރުމުގެ ޔުނިފޯމް ތުރުކުރައްވައިގެން ތިއްބެވި ބޭފުޅުންނޭ ވިދާޅުވީމަ، ލަދުން އަޅެ ބޯ ހަލާކު ނުވާނެތޯއެވެ؟

މިއަދު ދައްކަވަނީ ވެރިމީހާ އޮފީހުން ޙުކުމް ލިއުއްވައި، ފަނޑިޔާރު ގެކޮޅަށް ފޮނުވާ ވާހަކައެވެ. ކުރަނީ އެ ތުހުމަތެވެ. މިއީވެސް ހަމަ ގާތް މާޒީއެއްގައި ދިވެހިން ދުށް ކަމެކެވެ. ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ޝަރީއަތް ހިންގި ގޮތަކީ މީގެ ހަމަ ކުޑަ މިސާލެކެވެ. އާންމުކޮށް ދައުލަތުގެ އިދާރާތައް ވެސް ބަންދު ހުކުރު ދުވަހެއްގެ އިރު މެދުޖެހުނުތަނާހެން ޝަރީއަތް ހިންގައި ކުރެއްވި ޙުކުމަކީ މާ ކުރިން ރައީސް އޮފީހުން ތައްޔާރުކޮށް، ފާސްކޮށް، ބަލައި، ނިންމާފައިވާ ޙުކުމެއްކަން މިއީ މިއަދު އެކަމުގައި އަމަލީ ގޮތުން އުޅުއްވި ބޭބޭފުޅުން ތަހުގީގީ ބަޔާންތަކުގައި ދައްކަވާފައިވާ ވާހަކަތަކެވެ. ލަދުން އަޅެ ބޯ ހަލާކު ނުވާނެތޯއެވެ.

ދެން ދައްކަވަނީ ވެރިމީހާ ބޭނުންފުޅުވާ ގޮތަކަށް ޙުކުމްކޮށް، ވެރިން ރުއްސާ ފަނޑިޔާރުންނަށް ތަބަކަށް ލާފައި ޕްރޮމޯޝަން ދޭ ވާހަކައެވެ. ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އިސްތަށިފުޅުގައި އެޅުވިފައި ހުންނަވަނިކޮށް، ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކަމުގައި އޭރު ހުންނެވި ޝުޖާއު އުސްމާން ކްރިމިނަލް ކޯޓުގެ ބެންޗުގައި ހިމަނުއްވައި، ރައީސް ނަޝީދުގެ މައްސަލައިގައި ޙުކުމް ކުރެއްވި ހިސާބުން ހައިކޯޓަށް ޓަސް ލާފައި އެ ފޮނުއްވާލި ފޮނުވާލުމަކީ ދެން ހަމަ އެ ކުރެވެނު ކޮރަޕްޝަންގެ ތުހުމަތުތަކުގެ ސަބަބުން ލިބިވަޑައިގެން އެއްޗެކޭ ހީކުރަންވީތޯއެވެ؟ ނޫނީ އެއީ ލިބިވަޑައިގެން އިނާމަކީތޯއެވެ؟ ޝުޖާއު އުސްމާނުގެ މައްސަލަތައް މި ސަރުކާރު އައިސް ޖޭއެސްސީން ބަލަން ފެށުމުން ނިކަން ރަނގަޅަށް އެކަމުގެ ހަގީގަތްތައް މިވަނީ އެނގެން ފަށާފައެވެ. ވީއިރު ގާޒީންނަށް ޕްރޮމޯޝަން ދިނުމާ ގުޅިގެން މިބޭފުޅުން ވާހަކަ ދައްކަވަން ހެޔޮވެސް ވާނެތޯއެވެ؟ ލަދުން އަޅެ ބޯ ހަލާކުނުވާނެތޯއެވެ؟

ދެން ދައްކަވަނީ ގާޒީންނަށް ބިރު ދައްކާ ވާހަކައެވެ. ރަހީނު ކުރާނެ ކަމުގެ އިންޒާރު ދޭ ވާހަކައެވެ. މި ވާހަކަ އަޑުއިވުނީމަވެސް ހަމަ ލަދުން ބޯ ހަލާކުވެއެވެ. ސުޕްރީމް ކޯޓުގެ ފުރާޅު ނެގި ވާހަކައާއި، ސިފައިން ބޭނުންކޮށްގެން ސުޕްރީމް ކޯޓުގެ ތެރެއަށް ވައްދައި، ފަނޑިޔާރުން ހައްޔަރު ކުރުމުގެ އަމުރު އައީ ސީދާ ކޮން ދިމާލަކުންކަން މިއީ އަޅުގަނޑު ބުނެދޭން ޖެހޭ ވާހަކައެއް ނޫނެވެ. މިއަދު ކުރަނީ ތުހުމަތެވެ. އޭރު ލައިވް މަންޒަރުތައް ރައްޔިތުން ވަނީ ބަލާފައެވެ. ރައްޔިތުން އެ ދުވަސް ހަނދާން ނެތޭނެ ހެންނެއް ހިއެއް ނުވެއެވެ. ރާޒުވާ ކުޅިބައެއްހެން އެއިރަކު ބޭނުންވި ގޮތަކަށް، ބޭނުންވި ކޯޓަކަށް ފަނޑިޔާރުން ބަދަލުކޮށް ހައްދަވަމުން ގެންދެވިއިރު، ރާޒުވާ ކުޅިބައި ކުޅުއްވަން އޭރު ހިނިވަޑުވާލައްވާފައި އިންނެވީ ދައުލަތުގެ އެންމެ މަތީ ވެރިޔާކަން ހަނދުމަ ނެތުނީތޯއެވެ؟ ކޯޓުތަކާބެހޭ ޤާނޫނަށް އިސްލާޙު ގެނެސް، އުތުރާއި ދެކުނު ގޮފި ޤާއިމުކޮށް، ބޭނުންވި ގޮތަކަށް ފަނޑިޔާރުން "އަރުވާލައްވަމުން" ގެންދެވީ ހަމަ މި ދެންނެވި ކުޅިބައި ކުޅުއްވަން އިންނަވަމުން ނޫންތޯއެވެ؟ ހެޔޮ ނުވާނެއެވެ. ފަނޑިޔާރުންނަށް ބިރު ދައްކާ ވާހަކައާއި، ނުފޫޒު ފޯރުވާ ވާހަކަ ނުދައްކަވާށެވެ. ލަދުން ބޯހަލާކުވެއެވެ.

ކޮންމެއަކަސް ލީކުވެފައިވާ އޯޑިއޯތަކުގެ މައްސަލަ ޖޭއެސްސީން ތަހުގީގުކުރަން ފެށުމާއެކު، ތުހުމަތުގެ ހުރިހާ އިނގިއްޔެއް އެއް ފަހަރާހެން ދެން އަމާޒުވީ ޖޭއެސްސީއަށެވެ. ޖޭއެސްސީގެ ބާރު ކަނޑުވާލައި، ބޭނުން ގޮތަކަށް މޮޑެން އޮތް ފުއްގަނޑަކަށް ޖޭއެސްސީ ހެދުމަށްޓަކައި، އެ ކޮމިޝަނުގެ މެމްބަރުން ބަދަލުކޮށް، ބޭނުންފުޅުވާ ބަޔަކު އެތަނުގެ ވެރިންނަށް އައްޔަނު ކުރެއްވި ހަނދާން ވެސް މިއަދު ނެތީކަންނޭނގެއެވެ. އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ޙަމީދު ޖޭއެސްސީގެ ރައީސަކަށް އައްޔަނު ކުރައްވައި ޖޭއެސްސީއަށް ވަންނަ މައްސަލަތައް ފުޓުބޯޅައެއްހެން ފައިންޕުޅު ޖައްސަވައި ބޭރުކޮށްލެއްވި ހަނދާން ވެސް މިއަދު ނެތީތޯއެވެ؟ ޖޭއެސްސީއަށް މި ސަރުކާރުން ނުފޫޒު ފޯރުވާ ވާހަކަ ދައްކާއިރު، މި ކަންކަން ހަނދާން ނެތުނީތީ ހަމަ ވަރަށް ދެރައެވެ. ލަދުން ހަމަ ބޯހަލާކުވެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުޖޭއެސްސީޖުޑީޝަލް ސަރވިސް ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ

ރާއްޖޭގެ ދިގު ތާރީހުގައި މިހައި ބޮޑަށް ޝަރުއީ ދާއިރާ އަށް ނުފޫޒު ފޯރުވި ސަރުކާރެއް އައިސްފަ އެއް ނުވޭ، ޖޭއެސްސީ ހިނގަނީ ކުންފުނި އުސޫލުން: ވަކީލު މުސްތަފާ

04 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

02 ޑިސެމްބަރު 2025
ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

ކްރިމިނަލް ކޯޓުގެ ގާޒީ، ފާއިޒް ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

01 ޑިސެމްބަރު 2025
ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

30 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު