Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝާހިދު ރިޔާސަތާ ހަވާލުވުން

ރިޔާސަތާ ހަވާލުވުމުގެ ކުރިން އދ. އަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުންނާ، ޝާހިދު ބައްދަލުކުރައްވަން ފައްޓަވައިފި

ރިޔާސަތާ ހަވާލުވެ ވަޑައިގަތުމަށް ޝާހިދު ހުންނެވީ ނިއުޔޯކުގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 31 އޯގަސްޓު 2021 | އަންގާރަ 08:05
ފޮރިން މިނިސްޓަރު ޝާހިދު އދ. ގެ އާންމު މަޖިލީހުގައި

ފޮރިން މިނިސްޓަރު ޝާހިދު އދ. ގެ އާންމު މަޖިލީހުގައި

އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތަށް އިންތިޚާބުވެވަޑައިގެންފައިވާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ނިއުޔޯކްގައި ތިއްބަވާ އެކި ޤައުމުތަކުގެ ސަފީރުންނާ ބައްދަލުކުރައްވަން ފައްޓަވައިފިއެވެ.

އެގޮތުން ހޯމަ ދުވަހު އެމަނިކުފާނު ވަނީ އިޓަލީ ވިލާތުން އދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު މައުރީޒިއޯ މަސަރާއީއާ ބައްދަލުކުރައްވާފައެވެ. އިޓަލީއަކީ މަލްޓިލޭޓަރަލް ނިޒާމަށް ޒަމާނުއްސުރެ ސަޕޯޓްކުރާ ގައުމެއްކަން ފާހަގަކުރައްވައި، އެމަނިކުފާނުގެ އުއްމީދުގެ ރިޔާސަތަށް އިޓަލީވިލާތުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ސަފީރު ވިދާޅުވިކަން މިނިސްޓަރ ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ. އިޓަލީވިލާތުގެ ސަފީރު ވަނީ ތިމާވެއްޓާއި، ސިއްހީ ދާއިރާއާއި، އިންސާނީ ހައްޤުތަކާއި އަންހެނުންގެ ހައްޤުތަކުގެ ދާއިރާގެ އިތުރުން ޒުވާނުންގެ ކަންތަކުގައި ގުޅިގެން މަސައްކަތްކުރަން އިޓަލީވިލާތުން ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ.

ސްލޮވީނިއާއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ބޮސްޖާން މަލްވޯ އާއި މިނިސްޓަރ ޝާހިދު ބައްދަލުކުރައްވައި، އދ.ގެ ޢާއްމު މަޖިލީހުގެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. ސްލޮވީނިއާއަކީ މިނިސްޓަރ ޝާހިދުގެ ރިޔާސަތުގައި އާއްމު މަޖިލީހުގެ ނާއިބު ރައީސްކަން ކުރާނެ އެއް ޤައުމެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ ރިޔާސަތުގައި އާއްމު މަޖިލީހުގައި އިސްކަން ދެއްވާނެ ކަންތަކާ ބެހޭ ގޮތުންނާއި، ސްލޮވީނިއާއިން ވިލާތުގެ އިއްތިޙާދުގެ ރިޔާސަތުގައި އިސްކަން ދޭނެ ކަންތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ.

މީގެ އިތުރުން އެމެރިކާއިން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ލިންޑާ ތޯމަސް-ގްރީންފިލްޑްއާ ވެސް މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ރިޔާސަތަށް އެމެރިކާގެ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ދެއްވީތީ އުފާކުރައްވާކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު އދ.ގެ ސަލާމަތީ މަޖިލީހުގެ ރިޔާސަތާ ސެޕްޓެމްބަރުގައި ހަވާލުވާ އަޔަލެންޑްއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޖެރަލްޑީން ނޭސަންއާ ވެސް މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ. އަދި އެކަމަނާ ވަނީ އދ. ގެ ސަލާމަތީ މަޖިލީހުގައި އަޔަލެންޑުން އިސްކަން ދޭން ރާވާފައިވާ ކަންކަމާ ބެހޭ މައުލޫމާތު މިނިސްޓަރ ޝާހިދުއާ ހިއްސާކުރައްވާފައެވެ.

އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ޔޫތު އެންވޯއީ ޖަޔަތުމާ ވިކްރަމަނަޔަކަ އާއި ޔޫތު އެޑްވައިޒަރީ ގްރޫޕް އޮން ކްލައިމެޓް ޗޭންޖްއާ ވެސް މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާ ބެހޭ ގޮތުން ގިނަ މަޝްވަރާތަކެއް ކުރެވުނެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ ޚާއްސަ ބައްދަލުވުމަކަށް މިވަގުތު ނިއުޔޯކަށް ވަޑައިގެން ހުންނެވި އެ ކައުންސިލްގެ މި މަހުގެ ރިޔާސަތު ބެލެހެއްޓި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާއާ ވެސް މިނިސްޓަރ ޝާހިދު ވަނީ ބައްދަލުކުރައްވާފައެވެ. އަދި އިންޑިއާއިން ސަލާމަތީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓި ގޮތުގެ ފުރިހަމަކަމަށް މިނިސްޓަރ ޝާހިދު ވަނީ ތައުރީފުކުރައްވާފައެވެ.

ޢަބްދުﷲ ޝާހިދުއދ.ގެ އާންމު މަޖިލިސްޚާރިޖީ ވުޒާރާފޮރިން މިނިސްޓްރީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި

އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި

14 އޮކްޓޯބަރު 2025
ސްރީލަންކާ އަށް އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް ހުއްދަ" ހޯދަން ޖެހޭ ގޮތަށް ހަދައިފި

ސްރީލަންކާ އަށް އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް ހުއްދަ" ހޯދަން ޖެހޭ ގޮތަށް ހަދައިފި

14 އޮކްޓޯބަރު 2025
ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

04 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

17 މާރިޗު
އޮރެންޖް މެރިންގ ޕައި
20251 އަހަރު ކުރިން
ލައިފް ސްޓައިލް

އޮރެންޖް މެރިންގ ޕައި

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް
20242 އަހަރު ކުރިން
ރާއްޖެ

ނުޒުހާ ބްރޯޑްކޮމް އަށް އައްޔަންކޮށްފި، އެކަމަކު ފަތްކޮޅު ފޮނުވީ ގެއަށް

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

އދ. ދިއްދޫ ކައުންސިލްގެ ރައީސްކަމަށް އައްޝާން އަބްދުﷲ ހޮވިއްޖެ

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟
20224 އަހަރު ކުރިން
ރިޕޯޓު

މޮޔަގެރި އަވަލާހެން އިންޑިޔާ ފަހަތުން ނުނެއްޓިގެން އުޅެނީ ކީއްވެގެން؟

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
20215 އަހަރު ކުރިން
ކުޅިވަރު

ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
20197 އަހަރު ކުރިން
ރިޕޯޓު

މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
20188 އަހަރު ކުރިން
ރާއްޖެ

ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު