Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮމިއުނިޓީ ސަރވިސްގެ މަސައްކަތް

ކޮމިއުނިޓީ ސަރވިސްގެ މަސައްކަތުން ޖޫރިމަނާ ފައިސާ އުނިކުރެވޭނެ އުސޫލު ބަޔާންކުރަން ޖެހޭ ކަމަށް މަޖިލީހުން ފާސްކޮށްފި

30 އޯގަސްޓު 2021 | ހޯމަ 09:03

ޚިދުމަތްކުރަން ޖެހިފައިވާ ފަރާތަކުން ޚިދުމަތް ފުރިހަމަނުކޮށް ޖޫރިމަނާ ވެސް ނުދައްކާ ހާލަތުގައި ޢަމަލުކުރާނެ ގޮތް ގަވާއިދުގައި ބަޔާންވެފައި އޮންނަން ޖެހޭ ކަމަށް ބުނޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 30 އޯގަސްޓު 2021 | ހޯމަ 09:03
ކޮމިޓީ ރިޕޯޓުގައި ވަނީ ކަމާ ގުޅޭ މުއައްސަސާތަކާ ބައްދަލުކޮށް ބައެއް ބޭފުޅުންގެ ހިޔާލު ހޯއްދެވުމަށްފަހު ކޮމިޓީއަށް ފާހަގަކުރެވުނު ކަންކަން ހުށަހަޅާފައި

ކޮމިޓީ ރިޕޯޓުގައި ވަނީ ކަމާ ގުޅޭ މުއައްސަސާތަކާ ބައްދަލުކޮށް ބައެއް ބޭފުޅުންގެ ހިޔާލު ހޯއްދެވުމަށްފަހު ކޮމިޓީއަށް ފާހަގަކުރެވުނު ކަންކަން ހުށަހަޅާފައި

ކޮމިއުނިޓީ ސަރވިސްގެ މަސައްކަތުން ޖޫރިމަނާ ފައިސާ އުނިކުރެވޭނެ އުސޫލު ގަވާއިދުގައި ބަޔާންކުރުން މުހިންމުކަމަށް ނިންމައި، އެކަން އެގޮތަށް ކުރުމަށް ރައްޔިތުންގެ މަޖިލީހު ފާސްކޮށްފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ޢުމުރުން 18 އަހަރު ފުރުމުގެ ކުރިން ޤާނޫނު ނަންބަރު 5/2009 (އެއްގަމު ދަތުރުފަތުގެ ޤާނޫނު) އާ ޚިލާފުވެފައި ފަރާތްތަކަށާއި، އެކި ސަބަބުތަކާ ގުޅިގެން ލައިސަންސް ނުނަގައި އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ސަބަބުން ޖޫރިމަނާކޮށްފައިވާ ފަރާތްތަކަށް ލުއި ހޯދައިދިނުމަށް އެދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ މައްސަލަ ގަވައިދު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުން ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވި 49 މެމްބަރުންގެ އިއްތިފާގުންނެވެ.

Advertisement - newsAdvertisement

ކޮމިޓީ ރިޕޯޓުގައި ވަނީ ކަމާ ގުޅޭ މުއައްސަސާތަކާ ބައްދަލުކޮށް ބައެއް ބޭފުޅުންގެ ހިޔާލު ހޯއްދެވުމަށްފަހު ކޮމިޓީއަށް ފާހަގަކުރެވުނު ކަންކަން ހުށަހަޅާފައެވެ. އެގޮތުން ކޮމިއުނިޓީ ސަރވިސްގައި ބައިވެރިވެވޭނެ ޙާލަތްތަކާއި، އެކަމުގައި ޢަމަލުކުރާނެ އުސޫލުތަކާއި، ކޮމިއުނިޓީ ސަރވިސަސްގެ ގޮތުގައި ކުރެވިދާނެ މަސައްކަތްތަކާއި އެ މަސައްކަތް ކުރެވިދާނެ ތަންތަން ކަނޑައެޅުމަކީ މުހިއްމު ކަމެއް ކަމަށެވެ.

ކޮމިއުނިޓީ ސަރވިސްގެ މަސައްކަތުން ޖޫރިމަނާ ފައިސާ އުނިކުރެވޭނެ އުސޫލު ގަވާއިދުގައި ބަޔާންކުރުން އެއީ މުހިއްމު ކަމެއް ކަމަށާއި، ކޮމިއުނިޓީ ސަރވިސްގެ މަސައްކަތަށް ނުކުތުން ޝަރުޠުކުރެވުމާއެކު، އެ ފަރާތްތަކަށް ލައިސަންސްނެގުމަށް ހުރަހެއް ނޯންނާނެކަން ބަޔާންކޮށް، ނުދައްކައިވާ ޖޫރިމަނާގެ ފައިސާ ބަހާލައިގެން ދެއްކޭނެ އުސޫލެއް ބަޔާންކުރުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ.

މީގެ އިތުރުން މުޖްތަމަޢަށް ފައިދާކުރަނިވި މަސައްކަތެއް ކުރާ ފަރާތުން މަސައްކަތް ކުރަންޖެހޭނީ މަސައްކަތްކުރާ އިދާރާއަކުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށްކަން ނުވަތަ ކޯޓުން ކަނޑައަޅާ ހަމަތަކެއްގެ މަތިންކަން ތަފްޞީލްކޮށް ގަވާއިދުގައި ބަޔާންކުރަން ވާނެ ކަމަށް ކޮމިޓީން ބުނެއެވެ. އަދި ގަވާއިދުގެ މޮނިޓަރިންގ ބޮޑީއެއް ގޮތަށް، މޮނިޓަރކޮށް ބެލެހެއްޓުމަކީ ސިޓީ ކައުންސިލުތަކާއި ރަށު ކައުންސިލުތަކުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއާ ގުޅިގެން ފަސޭހައިން ކުރެވިދާނެކަމެއް ކަމަށް ޤަބޫލުކުރެވޭކަމަށާއި، އެއީ ކޮމިއުނިޓީ ސަރވިސްގެ މަސައްކަތަށް އެ ސިޓީއެއްގައި ނުވަތަ އެ ރަށެއްގައި އޮތީ ކޮންކޮން މަސައްކަތްތަކެއްކަމާއި، އެކި ތަފާތު ގިންތިތަކުގެ މަސައްކަތް ކައުންސިލަށް އެނގެން އޮންނާނެ ކަމަށެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު ކަންކަމަށް ބަލާއިރު ގަވާއިދުގެ ދަށުން ޚިދުމަތްކުރަން ޖެހިފައިވާ ފަރާތަކުން ޚިދުމަތް ފުރިހަމަނުކޮށް ނުވަތަ ޖޫރިމަނާ ވެސް ނުދައްކާ ޙާލަތުގައި ޢަމަލުކުރާނެ ގޮތް ގަވާއިދުގައި ބަޔާންވެފައި އޮތުމާއެކު ގަވާއިދުގެ ދަށުން މުޖްތަމައަށް ފައިދާ ކުރަނިވި މަސައްކަތެއް ކުރުމަށް، ޙަވާލުކުރެވޭނެ އެންމެ ހަގު އުމުރަކީ ކޮބައިކަން ގަވާއިދުގައި ބަޔާން ކުރަންވާނެ ކަމަށެވެ.

ކޮމިޓީން ބުނީ މި މައްސަލައާ ގުޅިގެން ކޮމިޓީއަށް ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތްކޮށް ގަވާއިދު އެކުލަވާލައި އެ ގަވައިދަށް އަމަލުކޮށްދެއްވުމަށް އެދި ކަމާގުޅޭ މުއައްސަސާތަކަށް ދެންނެވުމަށް ފެންނަކަމަށް 8 ޖުލައިގައި ބޭއްވި އެ ކޮމިޓީގެ މި އަހަރުގެ 12 ވަނަ ބައްދަލުވުމުގައި އެވަގުތު ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް