Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ލީކުވެފައިވާ އޯޑިއޯތައް

އޯޑިއޯއެއް އޮތްނަމަ އާންމު ކުރައްވާ، ޝަރީއަތަށް ނުފޫޒެއް ނުފޯރުވަން: އަލީ ޒާހިރު

ރައީސް އޮފީހުން ޙުކުމް ލިޔެގެން ފަނޑިޔާރުގެއަށް ދާ އުސޫލުން މިހާރު ކަންކަން ނުހިނގާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 30 އޯގަސްޓު 2021 | ހޯމަ 08:11
ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު

ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޝަރީއަތަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށާއި، އެފަދަ އޯޑިއޯއެއް އޮތްނަމަ އާންމު ކުރައްވަން އެދިވަޑައިގަންނަވާކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އަލީ ޒާހިރު މިހެން ވިދާޅުވީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ މަޖިލިސް މެމްބަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާ ބައްދަލުކުރެއްވުމަށް ކަމަށް ވިދާޅުވެ ރައީސް އޮފީހަށް ވަޑައިގަތުމުން އެބޭފުޅުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގައެވެ. އަލީ ޒާހިރު ވަނީ އިދިކޮޅުން ބައްދަލު ކުރެއްވުމުން އުފާ ކުރައްވާކަމަށް ވިދާޅުވެ، ރައީސް އޮފީހުގައި ބައްދަލުކުރެއްވުމަށް ކުރީބައިބައި އެދިވަޑައިގެންނަމަ، އިންތިޒާމުތައް އިތުރަށް ފުރިހަމަވީސްކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޝަރީއަތަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް ކުރިން ވެސް އަޑުފެތުރިފައި އޮއްވައި، އެކަމަށް ބާރު ލިބިދޭ އޯޑިއޯތަކެއް ލީކުވެފައިވާ ކަމަށެވެ. އަދި ލީކުވެފައިވާ އޯޑިއޯތަކުގައި އަލީ ޒާހިރަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު، އަދިވެސް އެ ތުހުމަތުތަކަށް ބާރު ލިބިދޭ އިތުރު ރެކޯޑިންގތައް ހުރިކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވަނީ އެ އޯޑިއޯތައް ނުކުތުމުގެ ކުރިން، ކަންކަން ޙައްލު ކުރެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

އޭގެ އިތުރުން، މި ތުހުމަތުތަކާ ގުޅިގެން ރައީސް ޞާލިޙާއި، ރައީސް އޮފީހުން އެއްޗެއް ދަންނަވާފައިނުވާތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އަލީ ޒާހިރު ވަނީ އެއްޗެއް ދަންނަވާފައި ނުވަނީ މި މައްސަލައިގެ ބާވަތުން މިއީ އެއްވެސް އަސްލެއް އޮތް ކަމެއްކަމަށް ދެކިވަޑައިނުގަންނަވާތީކަމަށް ވިދާޅުވެފައެވެ. އަދި އެއްވެސް ފަނޑިޔާރަކަށް ނުވަތަ ޝަރީއަތަކަށް ނުފޫޒު ފޯރުވާފައި ނުވާނެ ކަމުގެ ޔަޤީންކަން ދެއްވައި އަލީ ޒާހިރު ވަނީ އެފަދަ މައުލޫމާތެއް ނުވަތަ އޯޑިއޯއެއް ލިބިވަޑައިގެންފައިވާނަމަ އާންމު ކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަލީ ޒާހިރު ވަނީ އެފަދަ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމުގެ ޔަޤީންކަން އިދިކޮޅުން ވަޑައިގެން ބޭފުޅުންނަށް ވެސް އަރުވާފައެވެ.

އަލީ ޒާހިރު ވަނީ މީގެ ކުރިން ރައީސް އޮފީހުން ޙުކުމް ލިއެގެން ފަނޑިޔާރުގެއަށް ދާ އުސޫލުން މިހާރު ކަންކަން ނުހިނގާނެ ކަމުގެ ޔަޤީންކަން ވެސް އިދިކޮޅަށް އަރުވާފައެވެ.

އޭގެ އިތުރުން، މި މައްސަލައިގެ ތަހުގީގު ޖޭއެސްސީއާއި، ފުލުހުންނާއި، ކަމާ ގުޅުންހުރި ފަރާތްތަކުން ވީހާވެސް ބާރު މިނެއްގައި ނިންމެވުން އެދިލައްވާކަން ފާހަގަކުރައްވައި އަލީ ޒާހިރު ވަނީ ތަހުގީގަށް ފުރިހަމަ އެއްބާރުލުންވެސް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ނިޒާމީ ގޮތެއްގައި އެހީތެރިވެދެވޭނެ ގޮތްތަކަށް މި މައްސަލަ އަވަހަށް ސާފުވެގެން ދިއުމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވެސް އަލީ ޒާހިރު ވިދާޅުވިއެވެ. އަދި އިދިކޮޅުން ހިއްސާ ކުރެއްވި ކަންބޮޑުވުންތައް ރައީސާ ވެސް ހިއްސާ ކުރައްވާނެކަން އަލީ ޒާހިރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޝިޔާމްގެ އިތުރުން، މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދުއާއި، ދިއްގަރު ދާއިރާގެ މެމްބަރު ގައްސާން މައުމޫނުގެ އިތުރުންވެސް އިދިކޮޅުގެ ބައެއް މެމްބަރުން ބައިވެެރިވެވަޑައިގެންނެވިއެވެ.

ޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަންރައްޔިތުންގެ މަޖިލިސްރައީސް އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު