Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ރައީސް ޔާމީނުގެ ލެގަސީ

ރައީސް ޔާމީނަކީ އޯޑިއޯ އާއި ވީޑިއޯގެ އެންމެ އައުލާ މިސާލެވެ.

ގެޔަށް ހަރާން ފައިސާ ވަދެފައިވާ ކަމަށް އަމިއްލަފުޅަށް ވިދާޅުވި

ދެލިކޮޕީ
ދެލިކޮޕީ, ރާއްޖެ އެމްވީ | 30 އޯގަސްޓު 2021 | ހޯމަ 07:34
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް

ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް

މީހަކު ދެއްކި ވާހަކައެއް ކަމަށް ބުނާ ފުލެއް ބިތެއް އަޑިއެއް ހަގީގަތެއް ނޭނގޭ އަޑެއް އިވިގެން ވާހަކަތަކެއް ކޮނޑު އަޅައިގެން އެރި އިރާއެކު އިދިކޮޅުން ދުވެގޮސް ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ދޮށުގައި ބަނޑަހަ ޖަހައިފިއެވެ.

އިންސާފު ގާއިމު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ދެފައިންޕުޅު އެއްތާކު ނުޖައްސަވައި ކުރިހާ ތަހުގީގަކާއި ހުރިހާ ހެއްކަކާއި އުފުލުނުހާ ދައުވާޔަކާއި ބޭއްވުނުހާ އަޑުއެހުންތަކާއި އިއްވުނުހާ ހުކުމަށް ނުބަލައި ރައީސް ޔާމީނު ދޫކޮށްލަންވީޔޯލައެވެ. އެހިސާބުން އިންސާފު ގާއިމުވެ ރައީސް ޔާމީނަކީ ހިނގާ ބިނގާވެ އުޅޭ ހުދުމަލްމަލް ފޮތި ފޭއްޔަކަށް ނޫނީ ވިހި އަޑުބާ ބޯކިރު ނުވަތަ ހުކުރު މިސްކިތު ވަޅުފެނަށް ބަދަލުވީއެވެ. ގާނޫނީ ދައުލަތެއް ހިންގައި ރައްޔިތުންނަށް ލާބަޔާއި މަންފާ ހޯދައިދޭނެ ކަމަށް ބުނާ އިދިކޮޅު މީހުންގެ ހަމަ ހުންނަ ގޮތަކީ މިއީއެވެ.

އެންމެ ރަނގަޅެވެ. ބުނި ބުންޏަށް ނެރެގެން ތިޔައުޅޭ ވާނުވާ ނޭނގޭ ނުސާފު އޯޑިއޯއަށް ބުރަވެ ކުށެއްނެތް މީހެއްގެ ގޮތުގައި ނުވިތާކަށް ދައުލަތުން ބަދަލު ދީފައި ރައީސް ޔާމީނު ދޫކޮށްލީޔޯލައެވެ.

އަމިއްލަ ގެޔަށް ކަޅު ދަބަސްތަކުގައި ހަރާން ފައިސާ ވެއްދިކަމާއި، ފައިސާވިއްޔާ އަނބިމީހާ ވެސް ހަރާމެއް ހަލާލެއް ނުބަލާ ކަމަށް މުޅި ދުނިޔޭގެ ކުރިމަތީގައި ވިދާޅުވެފައި ވަނީ ތިޔަ ކަހަލަ ނުސާފު އޯޑިއޯ އަކުންނޫނެވެ. ގަޓުގައި މޭފުޅު ފުއްޕައި، އަޑުގައި ބުންވަރުލައި ސްޓޭޖުގެ އެންމެ މެދުގައި ހުންނަވައި ވިދާޅުވެފައިވާ މިބަސްފުޅުތަކުގެ އޯޑިއޯއާއި ވީޑިއޯއާއި އެއަޑު އެހި ކަންފަތްތަކާއި ދުށް ލޯތަކާއި ހެކިވެ ތިބި މީސްތަކުންނަށް ހަދަންވީ ގޮތެއް އިހަށް ބުނެދީބަލާށެވެ.

ރައްޔިތަކު ވޯޓެއް ލާނެ ޒާތުގެ ކެންޑިޑޭޓަކު ނުހޯދައި ތިޔަބޮޑު ހަޑީގައި ހޭވިގެން މަރުފަލި ޖަހަން ތިޔަ ބޮޑު ޕާޓީ ބޭތިއްބުމަކީ ރައީސް ޔާމީނު ދެންމެވި ގުއިރޯނު ކަމުގައި ވެދާނެއެވެ. އެކަމަކު އެރޯނުގައި އޮޅިގަނެގެން ތިބޭކަށް ތިޔައީވެސް ކުޑަގިފިލިން ވަސް ދުވާވަރުގެ ބޮޑެތި ސިންގާ މީހުން ވިއްޔާއެވެ.

އޯޑިއޯއާއި ވީޑިއޯއާއި އެކައުންޓްގައި އޮތް ފައިސާއަށް ބަލާފައި ކަން ކުރަންޏާ ކޯޓު ހުކުމެއް ނެތި އުމުރުދުވަހު ޖަލުގައި ބާއްވާ ވަރަށް ރައީސް ޔާމީނުގެ ލެގަސީ ވަނީ ހާޑްޑްރައިވް ތަކުގައި ރައްކާކުރެވިފައެވެ

ރައީސް ޔާމީންޕީޕީއެމް-ޕީއެންސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

23 ނޮވެމްބަރު 2025
ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

02 ނޮވެމްބަރު 2025
 ޣައިރު ގާނޫނީ އަމުރުކޮށްގެން މިސަރުކާރުން ދަނީ ފުލުހުންނާ ސިފައިންނަށް މަލާމާތް ކުރަމުން: ފައްޔާޒް

ޣައިރު ގާނޫނީ އަމުރުކޮށްގެން މިސަރުކާރުން ދަނީ ފުލުހުންނާ ސިފައިންނަށް މަލާމާތް ކުރަމުން: ފައްޔާޒް

06 އޮކްޓޯބަރު 2025
މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމުން، ކުރީގެ ރައީސް ޞާލިހު ކަންބޮޑުވުން ފާޅުކުރައްވައިފި

މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރުމުން، ކުރީގެ ރައީސް ޞާލިހު ކަންބޮޑުވުން ފާޅުކުރައްވައިފި

16 ސެޕްޓެމްބަރު 2025
ހުރިހާ މޮޅެއް އިދިކޮޅޭމެނަށް، ގޮތެއް ނެތީ ޕާޓީ ކުދިންނަށް

ހުރިހާ މޮޅެއް އިދިކޮޅޭމެނަށް، ގޮތެއް ނެތީ ޕާޓީ ކުދިންނަށް

11 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު