Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރަސްފަރީ ފަރަށް އެރި ބޯޓު

ރަސްފަރީ ފަރަށް އުރުނު އާގު ބޯޓާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް

30 އޯގަސްޓު 2021 | ހޯމަ 07:15

މި ބޯޓު ފުންކުރެވިފައިވަނީ އާދިއްތަ ދުވަހު 14:08 ގައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 30 އޯގަސްޓު 2021 | ހޯމަ 07:15
ފަރަށް އެރި ބޯޓު ފުންކޮށްގެން ގެންދާ މަންޒަރު

ފަރަށް އެރި ބޯޓު ފުންކޮށްގެން ގެންދާ މަންޒަރު

ރަސްފަރީ ފަރަށް ބިޔަ އާގުބޯޓެއް އުރުނު ހާދިސާ ފުރިހަމައަށް ތަހުގީގުކޮށް، އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ދިވެހި ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހަޅުއްވާފައިވަނީ މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީއެވެ. މައްސަލަ ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ސައުތް އެފްރިކާއަށް ދަތުރުކުރަމުން ދިޔަ، ޕެނަމާ ބޯޓެއްކަމުގައިވާ "ނެވިއޯ އަމަރީލިސް" ނަމަކަށް ކިޔާ ބިޔަ އާގުބޯޓު، 17 އޮގަސްޓުގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ވަދެފައިވާއިރު، 18 އޮގަސްޓުގެ މެންދުރުގެ ވަގުތެއްގައި މާލެ އަތޮޅު ރަސްފަރީގެ 17 ނޯޓިކަލް މޭލު ދުރުގައި އޮއްވައި އެ ބޯޓުގެ އިންޖީނު ހުއްޓި، 19 އޮގަސްޓުގެ ހެނދުނުގެ ވަގުތެއްގައި އެ ބިޔަ ބޯޓު ރަސްފަރީ ފަރަށް އަރާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މެންބަރު ވިދާޅުވީ މިފަދަ ހާދިސާތަކަކީ ގައުމުގެ ސަލާމަތަށް ވެސް އޮތްބޮޑު ނުރައްކަލެއް ކަމަށެވެ. އަދި މިއީ ކިހިނެއް ކޮންގޮތަކަށް ހިނގާފައިވާ ހާދިސާއެއްތޯ ބަލައި ފުރިހަމައަށް ތަހުގީގުކޮށް މިކަމުގައި އިހުމާލުވެފައިވާ ފަރާތްތައް ދެނެގަނެ، މިފަދަ ހާދިސާއެއް ކުރިއަށް އޮތްތަނުގައި ހިނގިޔަ ނުދިނުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ދިވެހި ސަރުކާރަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 17 ވަނަ މާއްދާގެ ދަށުން މައްސަލަ ހުށައަޅުއްވާ ކަމަށެވެ.

ކ. ރަސްފަރި ހުޅަނގު ފަރާތުން ފަރަށް އެރި ބޯޓު މިހާރު ފުންކުރެވިފައިވާއިރު އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑާއި، ކަމާ ގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން ކުރި މަސައްކަތުން އާދިއްތަ ދުވަހުގެ 14:08 އެހާއިރު ބޯޓު ފުންކުރެެވިފައިވާ ކަމަށެވެ.

ކ. ރަސްފަރި ފަރަކީ ހިމާޔަތްކޮށްފައިވާ ފަރަކަށްވާތީ ބޯޓު ފުންކުރެވުނުހާ އަވަހަކަށް ފަރަށް ލިބުނު ގެއްލުންތައް ބެލުމަށް ސަރވޭތައް ފަށާނެ ކަމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފައިވެއެވެ. ބޯޓު ފުންކުރުމުގެ ކުރިން ވެސް މަތިން ފަރަށް ލިބުނު ގެއްލުން ބަލާފައިވާކަމަށް އީޕީއޭއިން ބުނެފައިވެއެވެ. އަދި ފަރަށް ލިބުނު ގެއްލުން ބަލައި، ބޮޑު އަދަދަކުން ބޯޓުގެ ވެރިފަރާތް ޖޫރިމަނާ ކުރާނެ ކަމަށް އީޕީއޭއިން ބުނެފައިވެއެވެ. ސަރވޭގެ ކުރިން ބޯޓު ފުރަން އެދޭނަމަ ޑިޕޮޒިޓެއްގެ ގޮތުގައި 100 މިލިއަން ރުފިޔާ ނަގާނެ ކަމަށް އީޕީއޭއިން ބުނެފައިވެއެވެ.

މި ހާދިސާ ހިނގުމުގައި ބޯޓުގެ ކެޕްޓަންގެ ވަރަށް ބޮޑު އިހުމާލެއް އޮތްކަން ފާހަގަކުރެވުނު ކަމަށް މި ހާދިސާ ހިނގި ގޮތް ތަހުގީގުކުރުމުގައި ހަރަކާތްތެރިވި ޓްރާންސްޕޯޓް މިނިސްޓްރީީގެ ޑެޕިއުޓީ މިނިސްޓަރ ހަމަދު އަބްދުލްޣަނީ ވިދާޅުވިއެވެ. މި ބޯޓަކީ އިންޑިޔާގެ ސޫތުކުޅިން ފުރައިގެން ދެކުނު އެފްރިކާއަށް ދަތުރުކުރަމުންދިޔަ ބޯޓެކެވެ. މި ބޯޓު ފަރަށް އެރީ ބޯޓުގެ އިންޖީނުގެ ޔުނިޓު ތިނެއްގެ ހޫނުމިން މަތިވުމުން އިންޖީނު ނިއްވާލުމުގެ ސަބަބުން އުޅަނދު އޮޔާ ގޮސްގެން ކަމަށް މިހާތަނަށް ހޯދުނު ހޯދުންތަކުން ދައްކައެވެ.

އުޅަނދު ފަރަށް އެރުމުން ސަލާމަތްކުރުމަށް އުޅަނދުގެ ކެޕްޓަން ކުރަންޖެހޭ ކަންކަން ކޮށްފައިނުވާކަމަށާއި، މިފަދަ މައްސަލައެއް ދިމާވިކަން އަންގާފައިނުވާކަމާއި، އަދި ކެޕްޓަންގެ ހައިސިއްޔަތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނުވާކަން ފާހަގަވި ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ. ވަކިން ޚާއްސަކޮށް ނަގިލިލުން ފަދަ ކަމެއް ވެސް ކޮށްފައިނުވާ ކަމަށާއި، އަދި އެހީއަށް ވެސް އެދިފައިނުވާކަމަށް ހަމަދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސްއެމްއެންޑީއެފްއީޕީއޭ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
21 ނޮވެމްބަރު 2025

އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

21 ނޮވެމްބަރު 2025
އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް
14 ނޮވެމްބަރު 2025

ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ

14 ނޮވެމްބަރު 2025
ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ
13 ނޮވެމްބަރު 2025

355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު

13 ނޮވެމްބަރު 2025
355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު
11 ނޮވެމްބަރު 2025

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
08 ނޮވެމްބަރު 2025

މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް

08 ނޮވެމްބަރު 2025
މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް