Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީހުގެ ނިޒާމު ގެއްލުވާލުން

ނިޒާމު ގެއްލުވާލުމަށް ރިޔާސަތުން ފުރުސަތުދޭކަމަށް ބުނެ އެމްޑީޕީ މެމްބަރުން ރަތަށް!

އިދިކޮޅު މެމްބަރުން ވަނީ މަޖިލިސް ކުރިއަށް ގެންދިއުމަށް ހުރަސް އަޅުއްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 އޯގަސްޓު 2021 | ހޯމަ 06:16
ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި އިދިކޮޅުން އިހުތިޖާޖު ކުރަނީ

ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާގައި އިދިކޮޅުން އިހުތިޖާޖު ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ނިޒާމު ގެއްލުވާލުމަށް މަޖިލީހުގެ ރިޔާސަތުން ފުރުސަތު ދެއްވާކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުން ނުރުހުން ފާޅުކޮށްފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާ ފެށިގެން ދިއުމާއެކު، މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެމްބަރުން ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޙުކުމް ކުރެއްވި ފަނޑިޔާރުންކަމަށް ބުނާ ބައެއްގެ އޯޑިއޯއެއް ލީކުވުމާ ގުޅިގެން އިހުތިޖާޖު ކުރައްވާފައެވެ. އެގޮތުން ރައީސް ޔާމިނަށް ކޮށްފައިވާ ޙުކުމަކީ ނުޙައްޤުން ކޮށްފައިވާ ޙުކުމެއްކަމަށް ވިދާޅުވެ މެމްބަރުން ވަނީ މަޖިލިސް ކުރިއަށް ދިޔަ ވަގުތު އަޑުގަދަކޮށް، މަޖިލިސް ކުރިއަށް ގެންދިއުމަށް ހުރަސް އަޅުއްވާފައެވެ.

އެކަމާ ގުޅިގެން މަޖިލިސް މެދުކަނޑާލަން ވެސް ޖެހުނެވެ. ނަމަވެސް ތަކުރާރުކޮށް މަޖިލީހުގެ ނިޒާމު ގެއްލުވާލަމުން ދިޔައިރުވެސް އެކަން ނުހުއްޓުވައި، މަޖިލިސް ޖަލްސާ މެދުކަނޑާލައްވަން ރިޔާސަތުގައި އިންނެވި ވިލިފުށީ ދާއިރާގެ މެމްބަރު ޙަސަން އަފީފު ނިންމެވުމާ ގުޅިގެން އެމްޑީޕީގެ މެމްބަރުން ވަނީ އެކަމާ ނުރުހުން ފާޅުކުރައްވާފައެވެ. އެގޮތުން މަޖިލީހުގެ ޤަވާއިދަށް ޙުރުމަތްތެރިކޮށް ހިތަން ޖެހޭނެ ކަމަށާއި، ނިޒާމު ގެއްލުވާލުމުން، އޮންނަ އުސޫލުގެ ތެރެއިން ނަން އިއްވަވައި، ތަޅުމުން ބޭރަށް ނެރުއްވަން ޖެހިވަޑައިގަންނަވާނެކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ. ވަކިން ޚާއްސަކޮށް މެމްބަރު އަފީފު މަޖިލީހުގެ ނިޒާމު ގެއްލުވާލުމަށް ފުރުސަތު ދެއްވަނީކަމަށް ވެސް ބައެއް މެމްބަރުން ވިދާޅުވެފައިވެއެވެ.

އެކަމާ ގުޅިގެން ނިޒާމީ ނުކުތާތައް ނަންގަވައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ވަނީ މަޖިލީހުގެ ޤަވާއިދުތަކަށް ރިޔާސަތުން ޙުރުމަތްތެރިކޮށް ހިތުމަށް ގޮވާލައްވައި، މިއީ ގަސްތުގައި ރާވައިގެން މަޖިލިސް ޖަލްސާ ހުއްޓުވާލުމަށް އިދިކޮޅުން ކުރާ ކަމެއްކަމަށް ވިދާޅުވެފައެވެ.

މަޖިލިސް ޖަލްސާ މެދުކަނޑާލެއްވުމަށްފަހު، އަލުން ޖަލްސާ ފެށިއިރުވެސް، އިދިކޮޅު މެމްބަރުން ގެންދެވީ މަޖިލީހުގެ ނިޒާމު ގެއްލުވާލުމަށް އަޑުގަދަކޮށް ޖަލްސާއަށް ހުރަސް އަޅަމުންނެވެ. ނަމަވެސް މެދުކެނޑުމަށްފަހު އަލުން ޖަލްސާ ފެށިއިރު ވެސް ރިޔާސަތުން އެކަން ހުއްޓުވާފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ޗުއްޓީގެ މުއްދަތު އިތުރުކޮށްފައިވާއިރު، މަޖިލީހުގެ ނައިބްރައީސް އީވާ އަބްދުﷲ ވެސް މިވަގުތު ހުންނެވީ ރާއްޖެއިން ބޭރުގައެވެ. އެއާއެކު، މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަނީ ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން އަފީފެވެ.

ރައްޔިތުންގެ މަޖިލިސްޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު