Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީހުގައި އިދިކޮޅުން އިހުތިޖާޖުކުރުން

ލީކުވެފައިވާ، ފަނޑިޔާރުގެ އޯޑިއޯގެ މައްސަލައާ ގުޅިގެން މަޖިލީހުގެ އިދިކޮޅު މެންބަރުންގެ އިހުތިޖާޖެއް

30 އޯގަސްޓު 2021 | ހޯމަ 05:32

ސަރުކާރަށް ނިސްބަތްވެވަޑައިންނަވާ މެންބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވައި، އެއީ އިދިކޮޅުން ބަޔަކަށް ފައިސާ ދީގެން ކުރުވި ކަމެއް ކަމަށް ތުހުމަތު ކުރައްވާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 30 އޯގަސްޓު 2021 | ހޯމަ 05:32
އިހުތިޖާޖުގައި މެންބަރުން މައިގަނޑު ގޮތެއްގައި ގޮވާލާފައިވަނީ ފަނޑިޔާރު ގެއަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓުވައި ދިނުމަށް

އިހުތިޖާޖުގައި މެންބަރުން މައިގަނޑު ގޮތެއްގައި ގޮވާލާފައިވަނީ ފަނޑިޔާރު ގެއަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓުވައި ދިނުމަށް

ލީކުވެފައިވާ, ފަނޑިޔާރުގެ އޯޑިއޯގެ މައްސަލައާ ގުޅިގެން އެކަން ބެލުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެންބަރުން އިހުތިޖާޖުކުރައްވައިފިއެވެ.

ލީކުވެފައިވަނީ މަނީ ލޯންޑަރިންގގެ ކުށް ސާބިތުވެ، 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ފަރާތުން އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އިސްތިއުނާފު މައްސަލަ ތާވަލުކުރިތަނާ ޔާމީނަށް ހުކުމް ކުރެއްވި ފަނޑިޔާރަކާގުޅޭ އޯޑިއޯއެކެވެ.

Advertisement - newsAdvertisement

އެ މައްސަލަ ބެއްލެވި 5 ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ގާޒީ ޙުސައިން ފާއިޒް ރަޝާދުކަމަށް ބުނާ ބޭފުޅަކު ވާހަކަ ދައްކަވާ މި އޯޑިއޯގައި އޭނާ ވަނީ ޔާމީނަށް ކޯޓުން ހުކުމް ކުރީ ގާޒީން "ރަހީނުކޮށްގެން"ކަމަށް ދޭހަވާ މޭރުމުން ވާހަކަ ދައްކަވާފައެވެ. އޭނާ ވަނީ ސިޔާސީ މީހުންގެ މައްސަލަ ބެލުމަކީ ފާޑެއްގެ ކަމެއް ކަމަށް ވިދާޅުވެ, ނުހައްގުން ހުކުމެއް ކޮށް ޖަލުގައި ދުވަސްތައް ހޭދަކުރަން ޖެހުމަކީ ރައީސް ޔާމީނަށް އޮންނަ ތާއީދު ވެސް އިތުރުވެގެން ހިނގައިދާނެ ކަމެއްކަމަށް ވިދާޅުވެފައެވެ.

މި އޯޑިއޯއަކީ ސައްހަ އޯޑިއޯއެއް ނޫންކަން އެކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން ވަނީ ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވާ ގޮތުގައި މި އޯޑިއޯއަކީ ރައީސް ޔާމީނުގެ މައްސަލަ ތާވަލުކުރުމުން އެކަމުގެ ފޯކަސް ބަދަލުކޮށްލުމަށާއި، ޝަރީޢަތަށް ނުފޫޒު ފޯރުވުމުގެ ގޮތުން ބަޔަކު އަޑީގައި ތިބެގެން އުފައްދާފައިވާ އޯޑިއޯއެކެވެ.

މިކަމާ ގުޅިގެން ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު އަހުމަދު ޝިޔާމް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައިވާއިރު، ކ. ރަސްފަރު ފަރަށް އެރި ޕެނަމާގެ އާގު ބޯޓާ ގުޅޭ ކުއްލި މައްސަލައެއް ހޯމަ ދުވަހުގެ ޖަލްސާއަށް މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވަނީ ހުށަހަޅުއްވައިފައެވެ.

މަޖިލީހުގެ ގަވައިދު ބުނާގޮތުން އެއް ޖަލްސާއަކަށް ދެ ކުއްލި މައްސަލަ ހުށަހަޅައިފިނަމަ ބަހުސް ކުރާނީ ގުރުއަތުން ދިމާވާ މައްސަލައަކަށެވެ. ގަވައިދާ އެއްގޮތަށް ގުރުއަތުލުމާއެކު ގުރުއަތުން ދިމާވެފައިވަނީ މެންބަރު ރާއީ ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރުމަށެވެ. މި މައްސަލަ މަޖިލީހުން ވަނީ ބަލައިގެންފައެވެ.

މިއާއެކު އިދިކޮޅު މެންބަރުން އިހުތިޖާޖުކުރައްވައި މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކުރައްވައި މެންބަރުން ބަހުސް ކުރެއްވުމަށް ހުރަސްއެޅުމަށް މަސައްކަތް ކުރެެއްވިއެވެ. އިހުތިޖާޖުގައި މެންބަރުން މައިގަނޑު ގޮތެއްގައި ގޮވާލާފައިވަނީ ފަނޑިޔާރު ގެއަށް ސަރުކާރުން ނުފޫޒު ފޯރުވުން ހުއްޓުވައި ދިނުމަށެވެ.

އިދިކޮޅު މެންބަރުންނަށް ރައްދު ދިނުމުގެ ގޮތުން ސަރުކާރަށް ނިސްބަތްވެވަޑައިންނަވާ މެންބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވައި، އެއީ އިދިކޮޅުން ބަޔަކަށް ފައިސާ ދީގެން ކުރުވި ކަމެއް ކަމަށް ތުހުމަތު ކުރައްވާފައެވެ.

މި މައްސަލަ ހޫނުވެ، މަޖިލީސް ކުރިއަށް ނުގެންދެވުމާއެކު ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ ޖަލްސާ ދިހަ މިނެޓަށް މެދުކަނޑުއްވާލައްވާފައެވެ.

ރައްޔިތުންގެ މަޖިލިސްޕީޕީއެމްޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ

17 ނޮވެމްބަރު 2025
މޭޔަރުކަމުގައި ހުންނެވި އިރުއްސުރެ މުޢިއްޒުއަށް އެންމެ ވަފާތެރި ސަނާހު ޕީއެންސީން ވަކިވެއްޖެ
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
12 އޮކްޓޯބަރު 2025

މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ

12 އޮކްޓޯބަރު 2025
މުއިއްޒު ގަންނަ ބިރަށް އެހެން މީހުން ބިރުގަންނުވަނީ
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް