Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓޫރިޒަމް މިނިސްޓްރީއަށް ގޮތްނޭނގޭ ޕާރުސަލެއް

ފެނުނީ ނުރައްކާތެރި އެއްޗެއް ނޫން: އެމްއެންޑީއެފް

ޓޫރިޒަމް މިނިސްޓްރީއަށް ގޮތް ނޭނގޭ އެއްޗެއް ލިބުނީ މިއަދު ހެނދުނު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 29 އޯގަސްޓު 2021 | އާދީއްތަ 10:56
ވެލާނާގެ

ވެލާނާގެ

ޓޫރިޒަމް މިނިސްޓްރީން ފެނުނު އެއްޗަކީ ނުރައްކާތެރި އެއްޗެއް ނޫންކަން ޔަގީންކޮށް، އެ އެތި ފުލުހުންނާ ހަވާލުކޮށްފިއެވެ.

އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އެ މިނިސްޓްރީއަށް ވަނީ ގޮތްނޭނގޭ ޕާރުސަލެއް ލިބިފައެވެ. އެ ޕާރުސަލް ލިބުމާއެކު އެމްއެންޑީއެފަށް އެކަން ރިޕޯޓުކޮށްފައިވެއެވެ. އަދި އެމްއެންޑީއެފްގެ ބޮމްބް ސްކޮޑުން ހަރަކާތްތެރިވާން ފެށިއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ ޓޫރިޒަމް މިނިސްޓްރީން ފެނުނު ގޮތް ނޭންގޭ އެއްޗަކީ އެއްވެސް ގެއްލުމެއް އޮތް އެއްޗެއް ނޫން ކަމަށެވެ. އެކަން ޔަގީންކުރުމަށްފަހު އެ އެތި ފުލުހުންނާ ހަވާލުކޮށްފައިވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ. އެމްއެންޑީއެފުން ވަނީ ގޮތް ނޭނގޭ ތަކެއްޗާ ހަވާލުނުވުމަށް އިލްތިމާސްކޮށްފައެވެ.

މެއި 6 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ޙަމަލާއަށްފަހު، ޚާއްސަ އިސްކަމެއް ދީގެން މިފަދަ ކަންކަން އެމްއެންޑީއެފުން ގެންދަނީ ބަލަމުންނެވެ. އެގޮތުން މާލޭގެ ރަށްދެބައިމަގުގައި ހުންނަ ބިހުރޯޒުކަމަނާ މިސްކިތުގެ ތެރޭގައި ގޮތްނޭނގޭ އެއްޗެއް އޮވެގެން ދާދި ފަހުން ސިފައިން އެ ސަރަޙައްދު ބަލާފައިވާއިރު، ސުޕްރީމް ކޯޓު ސަރަޙައްދުގައި އޮތް ކާރެއް ފެނިގެން ވެސް ސިފައިން ހަރަކާތްތެރިވެފައިވެއެވެ. ނަމަވެސް އެ ދެ ފަހަރުވެސް ގެއްލުމެއްވާ ޒާތުގެ އެއްޗެއް ފެނިފައެއް ނުވެއެވެ.

އޭގެ އިތުރުން، މެއި 6 ގެ ޙަމަލާއާ ގުޅިގެން ގްރޭޓަރ މާލެ ސަރަޙައްދުގެ އިތުރުން، މުޅި ރާއްޖޭގެ ސެކިއުރިޓީ ވަރުގަދަކޮށް ސިފައިން ހަރަކާތްތެރިވަމުންދެއެވެ. ވަކިން ޚާއްސަކޮށް އެއާޕޯޓުގެ ސެކިއުރިޓީ އިތުރަށް ވަނީ ވަރުގަދަކޮށްފައެވެ.

އެމްއެންޑީއެފްމިނިސްޓްރީ އޮފް ޓުއަރިޒަމް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު