Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19: ލަންކާގެ ހާލަތު

ކޮވިޑުގައި ލަންކާއިން ރިކޯޑު އަދަދަކަށް މީހުން މަރުވަނީ

މިއީ އެގައުމުން މި ބަލީގައި މަރުވި މީހުންގެ އަދަދު 200ށް ވުރެ މައްޗަށް އެރި ފުރަތަމަ ފަހަރު

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 28 އޯގަސްޓު 2021 | ހޮނިހިރު 10:40
ލަންކާގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު އިއުލާނުކޮށްފައިވާ ލޮކްޑައުންގެ މުއްދަތު ސެޕްޓެމްބަރު 6ށް ވަނީ އިތުރު ކޮށްފައި

ލަންކާގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު އިއުލާނުކޮށްފައިވާ ލޮކްޑައުންގެ މުއްދަތު ސެޕްޓެމްބަރު 6ށް ވަނީ އިތުރު ކޮށްފައި

ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި ރިކޯޑު އަދަދަކަށް މީހުން މަރުވެގެން ރިޕޯޓުކޮށްފިއެވެ.

އެގައުމުން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 200ށް ވުރެ މައްޗަށް އަރާފައިވާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 214 މީހުން ވަނީ މަރުވެފައެވެ. މިއީ އެގައުމުން މި ބަލީގައި މަރުވި މީހުންގެ އަދަދު 200ށް ވުރެ މައްޗަށް އެރި ފުރަތަމަ ފަހަރެވެ.

ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު ލޮކްޑައުންގެ މުއްދަތު ސެޕްޓެމްބަރު 6ށް ވަނީ އިތުރު ކޮށްފައެވެ. ލަންކާގައި ކޮވިޑް-19ގެ ހާލަތު ގޯސްވުމުން އެގައުމު ލޮކްޑައުން ކޮށްފައިވަނީ އޮގަސްޓު މަހުގެ 20 ވަނަ ދުވަހުއެވެ. ލޮކްޑައުން އިއުލާނުކުރީ އެ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަށެވެ.

ލޮކްޑައުން އިއުލާނުކުރިތާ ހަފުތާއެއް ފަހުން ލަންކާގެ ހެލްތް މިނިސްޓަރު ކެހެލިޔާ ރަމްބުކްވެލާ ވަނީ ލަންކާގެ ލޮކްޑައުންގެ މުއްދަތު ސެޕްޓެމްބަރު 6 ވަނަ ދުވަހުގެ ފަތިހު 04:00 އަށް އިތުރުކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

ލަންކާގައި ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާއިރު، އެ ގައުމުން ފެންނަ ކޮވިޑްގެ ކޭސްތައް އަދިވެސް ދަނީ އިތުރުވަމުންނެވެ. ދުވާލެއްގެ މައްޗަށް ކޮންމެ ދުވަހަކުވެސް 4،000 އާއި 5،000 ދެމެދުގެ އަދަދަކަށް މީހުން ބައްޔަށް ޕޮޒިޓިވްވަމުންދެއެވެ.

ސްރީލަންކާކޮވިޑް-19

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު