Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަހިބަދޫ މޮނިޓަރިންއަށްލުން

ކޮވިޑް-19ގެ ކޭސްތަކާއެކު މަހިބަދޫ މޮނިޓަރިންއަށް!

ރަށުން ފޭބުމާއި ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާވާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 28 އޯގަސްޓު 2021 | ހޮނިހިރު 08:57
އދ. މަހިބަދޫ،

އދ. މަހިބަދޫ،

އދ.މަހިބަދޫއިން ކޮވިޑް-19ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން އެރަށް މޮނިޓަރިންއަށް ލައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ކޮވިޑު-19 އާ ގުޅިގެން، ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް މަހިބަދޫ 28 އޮގަސްޓްވީ ހޮނިހިރު ދުވަހުގެ ހެނދުނު 8:48 ގައި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް-19އިން ރައްކާތެރިކުރުމަށް "އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ" ގެ 12 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ގާނޫނީ އިޚްތިޔާރުތަކުގެ ތެރެއިން، މިކަން ކުރީ އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އަދި ވަކިގޮތެއް އަންގަންދެން އެ ރަށުން ފޭބުމާއި، ހުއްދަނެތި އެއްވެސް މީހަކު އެރަށަށް އެރުން މަނާވާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަންގާ އެންގުންތަކާއި އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދިނުމަށް އެދޭ ކަމަށެވެ.

މަހިބަދޫ ކައުންސިލުން ބުނީ މިމަހުގެ 24 ވީ އަންގާރަ ދުވަހު ފްލޫ ކްލިނިކުން ނެގި ސާމްޕަލެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރަމުންދާއިރު، ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު އިތުރު ދެމީހުން ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށް ކައުންސިލުން ބުނެއެވެ. ބަލި ފެތުރިފައިވާ މިންވަރު ދެނެގަތުމަށް ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން މިދަނޑިވަޅުގައި އާއްމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި، ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ހުރިހާ ފިޔަވަޅުތަކާއި އެއްގޮތަށް އަމަލުކުރުމަށް ކައުންސިލުން އިލްތިމާސްކޮށްފައިވެއެވެ.

މިއީ މަހިބަދޫ މޮނިޓަރިންގެ ހާލަތަށް ގެނައި ތިން ވަނަ ފަހަރެވެ.

މަހިބަދޫ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2024

އަންނަ އަހަރު މަހިބަދޫގައި 100 ހައުސިންގ ޔުނިޓް އަޅަނީ

15 ޑިސެމްބަރު 2024
އަންނަ އަހަރު މަހިބަދޫގައި 100 ހައުސިންގ ޔުނިޓް އަޅަނީ
15 ޑިސެމްބަރު 2024

ދަރިންނަށް ހެޔޮ މުސްތަޤުބަލެއް ފޯރުކޮށްދެވެން އޮތީ ޒަމާނުއްސުރެ މުޖުތަމަޢުގައި އަށަގެންފައިވާ ނުރަނގަޅުކަންކަމުން ސަލާމަތްވެގެން - ރައީސް

15 ޑިސެމްބަރު 2024
ދަރިންނަށް ހެޔޮ މުސްތަޤުބަލެއް ފޯރުކޮށްދެވެން އޮތީ ޒަމާނުއްސުރެ މުޖުތަމަޢުގައި އަށަގެންފައިވާ ނުރަނގަޅުކަންކަމުން ސަލާމަތްވެގެން  - ރައީސް
06 ޖުލައި 2024

ރައްޔިތުންގެ އަޑެއް ނާހާ، ސަރުކާރާއި މެމްބަރު އެދޭ ގޮތަށް މަހިބަދޫ ކައިރީގައި ޕިކްނިކް އައިލެންޑެއް؟

06 ޖުލައި 2024
ރައްޔިތުންގެ އަޑެއް ނާހާ، ސަރުކާރާއި މެމްބަރު އެދޭ ގޮތަށް މަހިބަދޫ ކައިރީގައި ޕިކްނިކް އައިލެންޑެއް؟
27 މެއި 2023

ޕެލޭއަށް ދިވެހިންގެ ހާއްސަކުރި ދަނޑު އދ. މަހިބަދޫއަށް

27 މެއި 2023
ޕެލޭއަށް ދިވެހިންގެ ހާއްސަކުރި ދަނޑު އދ. މަހިބަދޫއަށް
12 ޖެނުއަރީ 2023

ކައުންސިލްތަކުން ތިޖޫރީގައި ހުރި ފައިސާގެ ރިޕޯޓް ތައްޔާރުކޮށްފައެއް ނުވޭ!

12 ޖެނުއަރީ 2023
ކައުންސިލްތަކުން ތިޖޫރީގައި ހުރި ފައިސާގެ ރިޕޯޓް ތައްޔާރުކޮށްފައެއް ނުވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު