Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫން

ފަޅުރަށްރަށް ދޫކުރުމުގެ ބާރު ކައުންސިލްތަކަށް ލިބިދީފައިވާ ގޮތް ބަޔާންކުރާ ބިލަށް ރައްޔިތުންގެ ޚިޔާލު ހޯދަނީ

27 އޯގަސްޓު 2021 | ހުކުރު 11:15

މި ބިލަށް އެއްވެސް ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ 1 ސެޕްޓެމްބަރުގެ ކުރިން އެ ޚިޔާލެއް ހުށަހަޅަންޖެހޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 27 އޯގަސްޓު 2021 | ހުކުރު 11:15
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހާ ތައާރަޒްވާ ކަންކަން ހުރުމާއެކު ފަޅުރަށްރަށާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް، އާންމުންގެ ޚިޔާލު ހޯދުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި ދިރާސާކުރަމުން ގެންދާ ގާނޫނު ނަންބަރު 20/98 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ގާނޫނު)ށް އިސްލާހު ގެނައުމުގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައިވާ ކަމަށެވެ. މި ބިލަށް އެއްވެސް ޚިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ 1 ސެޕްޓެމްބަރުގެ ކުރިން ކޮމިޓީގެ މެއިލްއެޑްރެސް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުވުމަށް އެދޭ ކަމަށް ބުނެފައިވެއެވެ.

Advertisement - newsAdvertisement

މި ބިލް ހުށަހަޅުއްވާފައިވަނީ ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދު ﷲ އެވެ. ބިލް ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ މި ބިލް ހުށަހަޅުއްވަނީ ކުރިން ގާނޫނު އޮތްގޮތުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއި ގެނައި ބަދަލުތަކާ ފުށުއަރާ މާއްދާތަކެއް ގާނޫނުގައި ހުރުމުން، ދެ ގާނޫނު އެއްގޮތްކުރުމަށް ކަމަށެވެ. އެގޮތުން ފަޅުރަށްރަށާބެހޭ ގާނޫނުގެ 13 މާއްދާއަކަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާކަމަށް މެންބަރު ވިދާޅުވިއެވެ.

އެބަދަލުތައް ގެންނަން ޖެހެނީ މިހާރު އަމަލުކުރަމުންދާ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކުގެ އިހުތިސާސްގައިވާ ރަށްރަށުގެ ކަންކަން ކުރުމުގެ ބާރު ލިބިގެންވަނީ އެ ކައުންސިލަކަށް ކަމުގައިވާތީއެވެ. އަހުމަދު ވިދާޅުވީ ގާނޫނަށް ގެނެވޭ ބަދަލުތަކުގެ ތެރޭގައި ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ރަށްރަށް ވަރުވާއަށް ކުއްޔަށް ދިނުމާއި ވަކިކުރުމާ ގުޅޭގޮތުން ހިންގަންޖެހޭ ކަންކަން ކުރުމުގެ ބާރު ކައުންސިލްތަކަށް ލިބިދޭނެ ކަމަށެވެ. ހަމައެއާއެކު މި އިސްލާހު ގެނައުމުން، ދަނޑުވެރިކަމާބެހޭ ވުޒާރާއިން ކަނޑައަޅުއްވާ އުސޫލުތަކުގެ ތެރެއިން ރަށްރަށް ކުއްޔަށް ދިނުމުގެ ބާރު ކައުންސިލްތަކަށް ލިބޭނެ ކަމަށެވެ.

މީގެއިތުރުން ކުއްޔަށް ހިފާ ފަރާތަކުން ތިން ވަނަ ފަރާތަކަށް ރަށް ދޫކުރުމާއި އެކަމުގައި އަމަލުކުރަންވީ ގޮތް މި އިސްލާހުތަކުގެ ތެރޭގައި ހިމެނިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިބިލަށް ބަހުސްކުރެއްވި ބައެއް މެމްބަރުން ވަނީ، އެ ރަށެއް ކައުންސިލްގެ އިހުތިސާސުން ނެގުމުގެ ބާރު މިނިސްޓްރީއަށް ލިބޭ ގޮތަަށް އިސްލާހު ހުށަހަޅާފައިވާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެގޮތުން އިންޑަސްޓްރިއަލް ބޭނުމަށް ދޫކުރަން ކަނޑައަޅާފައިވާ ފަޅުރަށަކީ ސިޓީއެއް ނުވަތަ ރަށެއްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ރަށަކަށް ވާނަމަ، އެ ރަށެއް ކައުންސިލްގެ އިހުތިސާސުން ވަކި ކުރަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ މާއްދާގެ ސަބަބުން ކައުންސިލަށް ދޭން ޖެހޭ ބާރުތައް ހަނިވާ ކަމަށް އެ މެންބަރުން ގަބޫލުކުރައްވައެވެ. އެއީ އެ އިސްލާހުގައި، ރަށްރަށް ވަކިކުރާއިރު، ކައުންސިލްގެ ލަފާ ހޯދަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިނުވާތީ ކަމަށް ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް