Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޔޫކޭގެ ރެޑް ލިސްޓް

ރާއްޖެ އަދިވެސް އޮތީ ޔޫކޭގެ ރެޑް ލިސްޓުގައި

27 އޯގަސްޓު 2021 | ހުކުރު 03:53

ގްރީން ލިސްޓަކީ، އެ ގައުމަކަށް ދަތުރުކުރުން ރައްކާތެރި ގައުމުތައް ކަނޑައަޅައި ގައުމުތަކުންނެރޭ ލިސްޓެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 27 އޯގަސްޓު 2021 | ހުކުރު 03:53
ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ 10 ގައުމުގެ ލިސްޓުގައި އިނގިރޭސިވިލާތް ހިމެނޭ

ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ 10 ގައުމުގެ ލިސްޓުގައި އިނގިރޭސިވިލާތް ހިމެނޭ

އިނގިރޭސިވިލާތުގެ ރެޑް ލިސްޓުން ރާއްޖެ އުނި ނުކުރަން ނިންމައިފިއެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތު ރަނގަޅުވެ، ވެކްސިން ޖަހާފައިވާ އާބާދީ އިތުރުވެފައިވާތީ، އަލަށް އެކުލަވާލައި ގްރީން ލިސްޓުގައި ރާއްޖެ ހިމެނޭނެކަމަށް ވަނީ ބެލެވިފައެވެ. އެހެން ނަމަވެސް ބުރާސްފަތި ދުވަހު އެގައުމުން އާއްމުކުރި ގްރީން ލިސްޓްގައި ވެސް ރާއްޖެ ހިމަނާފައެއް ނެތެވެ.

Advertisement - newsAdvertisement

ގްރީން ލިސްޓަކީ، އެ ގައުމަކަށް ދަތުރުކުރުން ރައްކާތެރި ގައުމުތައް ކަނޑައަޅައި ގައުމުތަކުންނެރޭ ލިސްޓެކެވެ.

ގްރީން ލިސްޓުގައި ރާއްޖެ ހިމެނިފައި ނެތުމުން އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ފަރަހަނާޒް ފައިޒަލް ވަނީ އެކަމުގެ ކަންބޮޑުވުން އަނެއްކާވެސް ފާޅުކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ، މިފަހަރު އެކުލަވާލި ލިސްޓްގައި ވެސް ރާއްޖެ ހިމެނިފައި ނެތުމުން އެކަމާ ވަރަށް ދެރަވެއްޖެ ކަމަށާއި، ޔޫކޭގެ ރެޑް ލިސްޓަށް ލުމުގެ ކުރިން ކޮވިޑް ކޭސްތައް ހުރި އަދަދަށް ވުރެ މާ ދަށަށް ރާއްޖޭގެ ކޭސްތައް މިހާރު ދަށްވެފައިވާ ކަމަށެވެ. މިހާރު ގަވާއިދުން ޖީނޯމް ސީކްއެންސް ގަަވާއިދުން ހަދަމުން އަންނަ ކަމަށާއި، ޑޭޓާތައް ވެސް އަޕްޑޭޓް ކޮށްފައިވާ ކަމަށެވެ.

"ރެޑް ލިސްޓް"ގައި ރާއްޖެ ހިމަނާފައިވަނީ, އެ ގައުމެއްގައި ފެތުރެނީ ބަލީގެ ކޮން ވޭރިއެންޓެއްކަން ދެނެގަތުމަށް ހަދާ ޖިނޯމިކް ސީކުއެންސިން ޓެސްޓު ނުހަދާ އޮތުމުންކަމަށް އެޗްޕީއޭއިން މީގެ ކުރިން ވަނީ މީޑިއާތަަކަށް މައުލޫމާތު ދީފައެވެ. މި މަހުގެ 21 ވަނަ ދުވަހު ނެރުނު ގްރީން ލިސްޓުގައި ވެސް ރާއްޖެ ހިމެނިފައި ނުވާތީ ވެސް ޑރ. ފަރަހަނާޒް ފައިޒަލް ވަނީ އެކަމުގެ ކަންބޮޑުވުން ފައުޅުކުރައްވާފައެވެ. އޭރުވެސް ވިދާޅުވީ، އިނގިރޭސިވިލާތުން ބޭނުންވާ ޖީނޯމް ސީކުއެންސް ޑާޓާތައް ލިބެން ހުންނާނެ ކަމަށެވެ.

ޑރ. ފަރަޙަނާޒް ވިދާޅުވީ، ޖިސެއިޑް ވެބްސައިޓުގައި މިހާރު އެ މައުލޫމާތުތައް އަޕްޑޭޓް ކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގައި މިވަގުތު ހުރި ކޮވިޑު ކޭސްތަކުގެ އަދަދު ވެސް ދަށްކަން ފާހަގަ ކުރައްވައި ޑރ. ފަރަހަނާޒް ވިދާޅުވީ، ގިނަ ގައުމުތަކާ އަޅާކިޔާއިރު ރާއްޖޭގެ ވެކްސިން ޖެހުމުގެ ރޭޓު ވެސް މަތި ކަމަށެވެ. އެހެންކަމާއެކު މިހާރު ޔޫކޭގެ ރެޑް ލިސްޓުގައި ރާއްޖެ އޮންނަންޖެހޭ ސަބަބެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ 10 ގައުމުގެ ލިސްޓުގައި އިނގިރޭސިވިލާތް ހިމެނޭއިރު، އެ ގައުމުގެ ރެޑް ލިސްޓުން ރާއްޖެ އުނިކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އިތުރު ކުރިއެރުމެއް އަންނާނެ ކަމެކެވެ. އެގޮތުން މިހާރު ވެސް ކޮވިޑް-19ގެ ހާލަތުގެ ކުރިން ރާއްޖެއަށް އަންނަ މިންވަރަށް ފަތުރުވެރިން އަންނަމުންދާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމްޑރ. ފަރަހަނާޒް ފައިޒަލްއިނގިރޭސިވިލާތް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2025

އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި

16 ނޮވެމްބަރު 2025
އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި
27 އޮކްޓޯބަރު 2025

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
09 އޮކްޓޯބަރު 2025

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް
03 ފެބުރުއަރީ 2025

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!
28 ޖެނުއަރީ 2025

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
26 އޮކްޓޯބަރު 2024

ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް

26 އޮކްޓޯބަރު 2024
ކުރިއަށް އޮތް 6 ވަރަކަށް މަސް ދުވަސްތެރޭގައި ފަންޑު ލިބި، ކަންކަން ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް - ފައިސަލް
26 އޮކްޓޯބަރު 2024

ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް

26 އޮކްޓޯބަރު 2024
ފަތުރުވެރިކަން ތަރައްގީ ކުރައްވަން މިނިސްޓަރ ފައިސަލް އާއި އިންޑިއާގެ ހައިކޮމިޝަނަރު ބަރެސްދުއަށާއި ގާދޫއަށް
26 އޮކްޓޯބަރު 2024

ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް

26 އޮކްޓޯބަރު 2024
ސަރުކާރަކުން ހުރިހާ ކަމެއް ކޮށްދޭނެ ކަމަށް ޤަބޫލުކޮށްގެން ތިބުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން - ފައިސަލް
20 ސެޕްޓެމްބަރު 2024

ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

20 ސެޕްޓެމްބަރު 2024
ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް