Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ ތިލަފުށީގެ ގޮނޑު

ތިލަފުށީ ގޮނޑު ރިހެބިލިޓޭޓް ކުރެވެންދެން ރަނގަޅު ގޮތުގައި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް އެންވަޔަރަންމަންޓް މިނިސްޓްރީން ފަށައިފި

27 އޯގަސްޓު 2021 | ހުކުރު 02:47

ތިލަފުށީގެ ކުންޏާއި ދުމުގެ މައްސަލައަކީ، އެ މައްސަލައަށް އެތައް އަހަރުތަކެއް ވެފައިވާ މައްސަލައެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 27 އޯގަސްޓު 2021 | ހުކުރު 02:47
މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ އާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދު ތިލަފުއްޓަށް ޒިޔާރަތް ކުރެއްވު

ކ. ތިލަފުށީގެ ގޮނޑު ހާމައަށް އެންދުމާއި އެތަނުން އަރަމުންދާ ދުން ހުއްޓުވައި އެތަން ރިހެބިލިޓޭޓް ކުރެވެންދެން ރަނގަޅު ގޮތުގައި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓްޗޭންޖް އެންޑް ޓެކްނޯލޮޖީން ފަށައިފިއެވެ.

މި މަސައްކަތުގެ ދަށުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވަނީ ތިލަފުއްޓަށް ޒިޔާރަތް ކުރައްވާފައެވެ. މިނިސްޓަރު ޝައުނާ ވިދާޅުވީ ތިލަފުށީގެ ކުންޏާއި ދުމުގެ މައްސަލައަކީ، އެ މައްސަލައަށް އެތައް އަހަރުތަކެއް ވެފައިވާ މައްސަލައެއް ކަމަށާއި ތިލަފުށީގެ ދުމަކީ މާލެއާއި މާލެ ކައިރި ރަށްތަކުގެ ރައްޔިތުންނަށާއި ފަތުރުވެރިންނަށް އޭގެ ސަބަބުން އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާ ކަމެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އޮކްޓޯބަރު މަހުގެ ނިޔަލަށް، ތިލަފުށީގައި ކުނި އެންދުން ހުއްޓުވުމަކަށް ގެނެސް، ޒަމާނީ ވަސީލަތްތަކުގެ އެހީގައި "ގްރީން ސްޕޭސް" އެއްގެ ގޮތުގައި ތަރައްގީކުރުން ކަމަށެވެ.

Advertisement - newsAdvertisement

މި މަސައްކަތުގެ ދަށުން، މާލެ، ހުޅުމާލެ، އަދި، ވިލިމާލޭގައި ވޭސްޓް ޓްރާންސްފަރ ސެންޓަރުތަކެއް ގާއިމްކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މި ސެންޓަރުތަކުން ތިލަފުއްޓަށް ކުނި ގެނެވޭއިރު، ކުނި ހުންނާނީ ކޮންޓެއިނަރައިޒް ކުރެވިފައި ކަމަށާއި، އޭގެ ސަބަބުން، ކުނި މެނޭޖްކުރަން ފަސޭހަވެ، ކުނިން ދުވާ ވަސް ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނޭ ކަމަށް ވިދާޅުވިއެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާ ގުޅިގެން ފަށާފައިވާ މި މަސައްކަތުގެ ދަށުން މި އަހަރު އޮކްޓޯބަރު މަހުގެ ނިޔަލަށް، ދުންއެރުން ހުއްޓުމަކަށް ގެނެވޭނެ ކަމަށާއި އެތަނުގައި ރަނގަޅު މެނޭޖްމަންޓް ނިޒާމެއް ޤާއިމުކުރާއިރު ބަލަމުންދާނީ އެތަނުން އަރާ ދުން ވީހާވެސް މަދުކޮށްގެން އެ މަސައްކަތްކޮށް ނިންމާލުމަށް ކަމަށް މިނިސްޓްރީން ބުންޏެވެ. މިކަމުގެ ސަބަބުން، ތިލަފުށި ހިމެނޭ ސަރަހައްދުގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށް ވަގުތީގޮތުން އުނދަގޫވިނަމަވެސް މިއީ ދާއިމީގޮތުން ލިބޭނެ ބޮޑު ލުއިފަސޭހައެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދު ވިދާޅުވީ، މަޝްރޫއު ނިމޭއިރު، ތިލަފުށި ސަރަހައްދަކީ މީހުންނަށް އައިސް މަސައްކަތް ކުރެވޭ ވަރަށް ސާފު، ރައްކާތެރި ސަރަހައްދަކަށް ވާނެ ކަމަށެވެ.

ތިލަފުއްޓަކީ ކުނިވަޅުލައިގެން ހިއްކާފައިވާ ރަށެކެވެ. ރާއްޖޭގެ ރަށެއް ގޮތުގައި ތިލަފުށި ހަމަޖެއްސީ 1992 ވަނަ އަހަރުއެވެ. ވޭސްޓްމެނޭޖްމަންޓް އުސޫލުން މާލެއިން އެންމެ ފުރަތަމަ ތިލަފުއްޓަށް ކުނި ގެންދަން ފެށީ 1992 ވަނަ އަހަރު ޖުލައި މަހުގެ 2 ވަނަ ދުވަހުއެވެ. ތިލަފުށީގައި ވޭސްޓްމެނޭޖްމަންޓްގެ މަސައްކަތް ފެށީ އެއް ލޭންޑިންގ ކްރާފްޓާއި، ހަތަރު ހެވީލޯޑް ޓްރަކާއި، ދެ އެކްސްކަވޭޓަރާއި އެއް ލޯޑަރުންނެވެ. މާލޭގެ ކުނީގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވުނު މި ބޮޑު މަސައްކަތުން، ތިލަފުށި 4.6 މިލިއަން ފޫޓަށް ވަނީ ބޮޑުކޮށްފައެވެ. މީގެއިތުރުން ކުނި ވަކި ނުކޮށް، އެންދުމުގެ ސަބަބުން، މާލެ ސަރަހައްދުގައި ދުންބޯވެ، ތިމާވެއްޓާއި ރައްޔިތުންނަށް އެތައް ގެއްލުންތަކެއް ކުރިމަތިވަމުންދެއެވެ.

މިކަމަށް ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތުގެ ނަތީޖާ މިހާރު ވެސް ފެންނަމުންދާކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ސަރުކާރުން މި މަސައްކަތް ފަށާފައިވަނީ މި މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ކަމަށެވެ.

މި މަޝްރޫއަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) ގެ ފަންނީ އެހީތެރިކަމުގެ ދަށުން ބޭރުގެ ތަޖުރިބާކާރެއްގެ އިރުޝާދާއެކު ވެމްކޯ އާއި މިނިސްޓްރީ އޮފް އެންވާރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

ހަސަން އަބްދުއްރަހްމާން އެންވަޔަރަމަންޓް މިނިސްޓްރީ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

17 ނޮވެމްބަރު 2025

ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!

17 ނޮވެމްބަރު 2025
ބޭކާރު ދެ އަހަރު: އެއްތަނެއްގައި ހުރި ތިން ވުޒާރާ އެނދިގޮތުގެ މައުލޫމާތު ވަންހަނާ، 338 ދުވަސްވީއިރު ތަހުގީގަށް ވީގޮތެއް ނޭނގެ!
23 އޮކްޓޯބަރު 2025

13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު

23 އޮކްޓޯބަރު 2025
13 މިލިއަން ސިނގިރެޓުގެ ވައްކަން: އަބްދުއްރަހުމާނު އަށް ކުރަނީ 2 ކޮންޓެއިނަރު ވަގަށް ނެގުމުގެ އަމަލު ކާމިޔާބު ކަމާއެކު ފުރިހަމަ ކުރުމަށް އެހީތެރިވުމުގެ ތުހުމަތު
22 އޮކްޓޯބަރު 2025

ދެ ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގި މައްސަލަ: ހައްޔަރުކުރި 5 ވަނަ މީހާގެ ވަނަވަރު އާއްމުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި

22 އޮކްޓޯބަރު 2025
ދެ ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގި މައްސަލަ: ހައްޔަރުކުރި 5 ވަނަ މީހާގެ ވަނަވަރު އާއްމުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފި
22 އޮކްޓޯބަރު 2025

ސިނގިރޭޓު ކޮންޓޭނަރުތައް ވަގައް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކޮށްފި

22 އޮކްޓޯބަރު 2025
ސިނގިރޭޓު ކޮންޓޭނަރުތައް ވަގައް ނެގި މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކޮށްފި
18 އޮކްޓޯބަރު 2025

ތިލަފުށިން ލޯންޗް ވަގަށްނެގި 2 ޒުވާނަކު 5 ދުވަހަށް ބަންދު

18 އޮކްޓޯބަރު 2025
ތިލަފުށިން ލޯންޗް ވަގަށްނެގި 2 ޒުވާނަކު 5 ދުވަހަށް ބަންދު
17 އޮކްޓޯބަރު 2025

އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި

17 އޮކްޓޯބަރު 2025
އެންވަޔަރަމަންޓް މިނިސްޓްރީ އުވާލި ސަރުކާރުން، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ގޮވާލައިފި
14 ސެޕްޓެމްބަރު 2025

ތިލަފުށީ ލޮރީ އެކްސިޑެންޓްގައި އަނިޔާވި މީހާގެ ގޮހޮރު ބުރިވެފައިވާކަން އައިޖީއެމްއެޗަށް އެނގުނީ ދެ ދުވަސް ފަހުން!

14 ސެޕްޓެމްބަރު 2025
ތިލަފުށީ ލޮރީ އެކްސިޑެންޓްގައި އަނިޔާވި މީހާގެ ގޮހޮރު ބުރިވެފައިވާކަން އައިޖީއެމްއެޗަށް އެނގުނީ ދެ ދުވަސް ފަހުން!
14 ސެޕްޓެމްބަރު 2025

ތިލަފުށީ ލޮރީ އެކްސިޑެންޓްގައި ހައްޔަރުކުރި މިީހާ ހެކިނެތުމުން ދޫކޮށްލައިފި

14 ސެޕްޓެމްބަރު 2025
ތިލަފުށީ ލޮރީ އެކްސިޑެންޓްގައި ހައްޔަރުކުރި މިީހާ ހެކިނެތުމުން ދޫކޮށްލައިފި
13 ސެޕްޓެމްބަރު 2025

ލޮރީއެއް ދަށުވެ، ސީރިއަސް އަނިޔާތަކެއް ލިބުނު މީހާއަށް ފަރުވާ ދެނީ ވޯޑުގައި: އައިޖީއެމްއެޗް

13 ސެޕްޓެމްބަރު 2025
ލޮރީއެއް ދަށުވެ، ސީރިއަސް އަނިޔާތަކެއް ލިބުނު މީހާއަށް ފަރުވާ ދެނީ ވޯޑުގައި: އައިޖީއެމްއެޗް
07 ސެޕްޓެމްބަރު 2025

ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި

07 ސެޕްޓެމްބަރު 2025
ރަސްފަރި ފަރު އާލާ ކުރަން ކުރީ ސަރުކާރުން އުފެއްދި ފަންޑުން ވަގުތީ އޮފީސް އިމާރާތައް ޚަރަދު ކުރަން ރައީސް މުއިއްޒު އަންގަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް