Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިފައިންގެ ޚިދުމަތް

ސިފައިންގެ ފަރާތުން ޤައުމަށް ދެއްކޭނެ އެންމެ ފުރިހަމަ ނަމޫނާއަކަށް ވާނީ، ސިޔާސީ ނުފޫޒުން އެއްކިބާވެ ޤައުމަށް ޚިދުމަތްކުރުމުގައި ދެމިތިބުން - ރައީސް

ސިޔާސީ ނުފޫޒުން އެއްކިބާވުމަށް ސިފައިންނަށް މަގުދައްކައިދޭނެ އާރުކާޓީއަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ދިވެހި ސިފައިންގެ ޤާނޫނު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 26 އޯގަސްޓު 2021 | ބުރާސްފަތި 17:34
ދިވެހި ސިފައިންގެ 67 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ

ދިވެހި ސިފައިންގެ 67 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ

ސިފައިންގެ ފަރާތުން ޤައުމަށް ދެއްކޭނެ އެންމެ ފުރިހަމަ ނަމޫނާއަކަށް ވާނީ، ސިޔާސީ ނުފޫޒުން އެއްކިބާވެ ޤައުމަށް ޚިދުމަތްކުރުމުގައި ދެމިތިބުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

67 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ސިފައިންގެ ހުވާކުރުމާއި، ބަޑި ޙަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސިފައިންގެ ފަރާތުން ޤައުމަށް ދެއްކޭނެ އެންމެ ފުރިހަމަ ނަމޫނާއަކަށް ވާނީ، ސިޔާސީ ނުފޫޒުން އެއްކިބާވެ ޤައުމަށް ޚިދުމަތްކުރުމުގައި ދެމިތިބުން ކަމަށާއި، އެކަމަށް ސިފައިންނަށް މަގުދައްކައިދޭނެ އާރުކާޓީއަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ދިވެހި ސިފައިންގެ ޤާނޫނު ކަމަށެވެ. އަދި ސިފައިންގެ ތެރޭގައި ޢަމަލުކުރަމުން އަންނަ އެންމެހައި ޤަވާޢިދުތަކާއި އުޞޫލުތަކާއި ސުލޫކީ މިންގަނޑުތައް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެމަނިކުފާނު ވިދާޅުވީ ސިފައިންގެ ސިކުނޑިތައް ހާނުވާފައިވަނީ، ޤައުމަށްޓަކައި ޤުރުބާންވާން ޖެހިއްޖެނަމަ، އެއީ ޝަރަފެއް ކަމަށް ދެކި، ކެރިގެން އެކަމާ ކުރިމަތިލުމަށް ކަމަށެވެ. އަދި ސިފައިންގެ ހަށިހެޔޮކަން ބިނާކޮށްފައިވަނީ، ޤައުމުގެ ދިފާޢުގައި އުފުލަން ޖެހިއްޖެ ކޮންމެ ބުރައަކާއި، ތަޙައްމަލް ކުރަންޖެހިއްޖެ ކޮންމެ އުނދަގުލެއް ގިރާކޮށް، ޤައުމާއި ރައްޔިތުންނައިގެން އަމާން އައްސޭރިއެއް ހޯދޭނެ ފެންވަރަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސިފައިންގެ މީހަކަށް ވުމާއެކު، ދެން މަސައްކަތް ކުރަންވީ، ޤައުމީ ބަޠަލުންނާ އެއްހަމައެއްގައި ތިމާގެ ނަން ފެވިގެންދާނެ ފަދަ ޚިދުމަތްތަކެއް ދިވެހި ޤައުމަށް ކޮށްދިނުން ކަމަށެވެ. އަދި އެ ފުރުޞަތު ކޮންމެ ސިފައިންގެ މީހަކަށް ވެސް އެބައޮތް ކަމަށާއި، ދިވެހި ޢަސްކަރިއްޔާގެ ތެރޭގައި ކުރިއަށް ދެވޭނެ ފުރުޞަތުތައް އެބަހުރި ކަމަށެވެ. އެކަމަށް ބޭނުންވަނީ ހިތްވަރާއި ޢަޒުމާއެކު، ކެރިގެން ކަންކަމާ ކުރިމަތިލެއްވުން ކަމަށެވެ.

ސިފައިންނަކީ ހިތްވަރާއި ސާބިތުކަމާ އެކުގައި، މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ޤައުމު ދިފާޢުކުރުމުގެ މަތިވެރި ވާޖިބު އަދާކުރުމުގައި، ދެމިތިބޭ ބަޔަކު ކަމުގައިވުމަށް ރައީސް ވަނީ ސިފައިންނަށް ގޮވާލައްވާފައެވެ. އަދި ސިފައިންނަކީ ޢާއިލާތަކަށާއި ދިވެހި ޤައުމަށް ރީތި ނަން ހޯދައިދޭ ބަޔަކަށްވުމަށް ވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ދިވެހި ދައުލަތުގެ އެތައް މުއައްސަސާތަކަކާއި އެތައް ވަޒީފާއެއް އޮތްއިރުވެސް، ދިވެހި ޢަސްކަރިއްޔާއާ ގުޅިވަޑައިގަތީ، ސިފައިންގެ ހިތްތަކުގައި، ޤައުމާއި މި ޤައުމުގެ ރައްޔިތުން ދިފާޢު ކުރުމުގެ ވަރަށް މަތިވެރި ޢަޒުމަކާއި ރޫޙެއް އޮތުމުންކަން ކަށަވަރު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޢަސްކަރިއްޔާގެ ޚިދުމަތުގައި ސިފައިން ހޭދަކުރާ ކޮންމެ ހިނދުކޮޅެއްމެ ހޭދަކުރަންވާނީ، އެ މަތިވެރި ޢަޒުމާއި ރޫޙުގައި ކަމަށާއި، މާތްވެގެންވާ އިސްލާމް ދީނާއި، ޤައުމުގެ މިނިވަންކަމާއި އަމަންއަމާންކަން ރައްކާތެރިކުރުމަށްވުރެ، އިސްކަންދެވޭ އެހެން އެއްވެސް ކަމެއް، ސިފައިންގެ ހިތްތަކުގައި އޮވެގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ސިފައިންގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ، ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދިފާޢުކުރެއްވުން ކަމަށެވެ. އަދި ރާއްޖޭގެ ޤާނޫނުއަސާސީއާއި ރާއްޖޭގެ ރައްޔިތުން ޙިމާޔަތްކޮށް ރައްކާތެރިކުރުމާއި، ޤާނޫނީ ވެރިކަމަށް ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކުން ޤާނޫނީ ވެރިކަން ޙިމާޔަތްކޮށްދިނުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުރައީސް ސޯލިހުއެމްއެންޑީއެފް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު