Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ރައްކާތެރިކަން ކަށަވަރުކުރުން

ސަލާމަތީ ބާރުތައް ގުޅިގެން އިންޓެލިޖެންސްގެ އޮނިގަނޑު ހަރުދަނާކުރުމަށް ދަނީ މަސައްކަތް ކުރަމުން - ރައީސް

އިންޓެލިޖެންސްގެ އޮނިގަނޑަށް ބަދަލުގެނެސް މިކަމުގެ މަޢުލޫމާތު 17 އޯގަސްޓްގައި ވަނީ ހިއްސާކުރައްވާފައި

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 26 އޯގަސްޓު 2021 | ބުރާސްފަތި 17:18
ދިވެހި ސިފައިންގެ 67 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތު

ދިވެހި ސިފައިންގެ 67 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތު

ސަލާމަތީ ބާރުތައް ގުޅިގެން އިންޓެލިޖެންސްގެ އޮނިގަނޑު ހަރުދަނާކުރުމަށް ދަނީ މަސައްކަތް ކުރަމުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ދިވެހި ސިފައިންގެ 67ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ދިވެހި ސިފައިންނަކީ މި ޤައުމުގެ އެންމެ ޝަރަފުވެރި އެއް މުއައްސަސާގެގޮތުގައި ސިފަކުރައްވާފައެވެ. އެގޮތުން ދިވެހި ސިފައިިން ޤައުމުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމުގައި ގެންގުޅޭ އުސޫލުތަކަކީ ތަޢުރީފު ހައްޤު އުސޫލުތަކެއްކަމެއްކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިހާރުގެ ފިކުރީ އޮއިވަރު ބަދަލުވަމުންދާގޮތުން ސިފައިންނަށްވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރައްވައި ރައީސް ވަނީ ދިވެހި ސިފައިންނަކީ މި ހުރިހާ ކަމަކަށް ލޯ ހުޅުވި, ޤައުމުގެ އަމަންއަމާންކަން ދެމެހެއްޓުމަށް ޤާބިލު ބަޔަކަށް ވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ވަކިން ޚާއްސަކޮށް ޔުނީފޯމްއެޅި އެންމެ ސިފައިންގެ މީހަކު ޤަވައިދުތަކާއި ޚިލާފުވިޔަސް އެކަމުގެ ހިތި މުޅި މުއައްސަސާއަށް އުފުލަންޖެހޭނެކަން ހަނދާންކޮށްދެއްވިއެވެ.

ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު އަމާޒުވާ ހަމަލާތައް ބަދަލުވަމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ޓެރަރިޒަމްގެ ނުރައްކާ ބޮޑުވެފައިވާ މި ދަނޑިވަޅުގައި ސަލާމަތީ ބާރުތަކުގެ އިންޓެލިޖެންސް ނިޒާމު ވަރުގަދަކުރަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި އަމާޒުގެ ދަށުން ސަލާމަތީ ބާރުތަކުން ޚިދުމަތް ދިނުމުގައި, އެކުގައި މަސައްކަތްކޮށް އިންޓެލިޖެންސްގެ މަޢުލޫމާތު ފަސޭހައިން ޙިއްސާކުރުމަށް ބާރު އެޅުއްވިއެވެ. މި ވަގުތުވެސް މި އަމާޒަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި, ރައީސް ވަނީ ޓެރަރިޒަމް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން އިންޓެލިޖެންސްގެ އޮނިގަނޑަށް ބަދަލުގެނެސް މިކަމުގެ މަޢުލޫމާތު 17 އޯގަސްޓްގައި ހިއްސާކުރައްވާފައިވާކަމަށް ވިދާޅުވިއެވެ. އަދި ސަލާމަތީ ބާރުތައް ގުޅިގެން އިންޓެލިޖެންސްގެ އޮނިގަނޑު ހަރުދަނާކުރުމަށް މަސައްކަތް ކުރަމުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ ސިފައިންގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ސިޔާސީ ނުފޫޒުން އެއްކިބާވެ، ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަންމަތީ ޚިދުމަތް ކުރުމުގައި ދެމިތިބުމަށް ގޮވާލައްވާފައެވެ. އަދި ސިފައިންނަކީ ޤައުމަށް ދިމާވާ ކުޑަ, އަދި ބޮޑު ކޮންމެ ކަމެއްގައިވެސް އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ މުއައްސަސާކަމަށްވާއިރު ކުރިމަގުގައިވެސް މިގޮތުގައި ދެމިއޮންނާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުއެމްއެންޑީއެފް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު