Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖޭޕީ އޮފީހުގެ ބޭރުގައި އެހެން ނަމެއް ތަތްކުރުން

ޖޭޕީ އޮފީހު ބޭރުގައި "ޞާލިހު ޕާޓީ" އާއި "އެމްއެމްޕީ" ޖެހި މައްސަލަ ސުލޫކު ކޮމިޓީން ބެލުމަށް ނިންމައިފި

މިމައްސަލާގައި ކޮމިޓީގެ މެމްބަރުންގެ ދެއްކެވި ވާހަކަފުޅުގައި މިކަމަކީ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭ މައްސަލައެއްކަން ފާހަގަކުރެއްވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 25 އޯގަސްޓު 2021 | ބުދަ 18:24
ރައްޔިތުންގެ މަޖިލީހުގައި ހުންނަ ޖޭޕީ އޮފީހުގެ ބޭރުގައި ތަތްކޮށްފައިވާ ކަރުދާސްގަނޑު

ރައްޔިތުންގެ މަޖިލީހުގައި ހުންނަ ޖޭޕީ އޮފީހުގެ ބޭރުގައި ތަތްކޮށްފައިވާ ކަރުދާސްގަނޑު

ރަައްޔިތުންގެ މަޖިލީހުގެ އިދާރާގައި ހުންނަ ޖުމްހޫރީ ޕާޓީގެ އޮފީހުގެ ބޭރުގައި "ޞާލިޙު ޕާޓީ" އަދި "އެމްއެމްޕީ" ނުވަތަ މޯލްޑިވްސް މިލިޓަރީ ޕާޓީ ލިޔެފައިވާ ކަރުދާސްގަަނޑެއް ތަތްކުރި މައްސަލަ ބެލުމަށް މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކީ ކޮމިޓީން ނިންމައިފިއެވެ.

ޖުމްހޫރީ ޕާޓީގެ އޮފީހުގެ ބޭރުގައި އެހެން ނަމެއް ތަތްކުރި މައްސަލައިގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވަނީ މަޖިލީހުގެ އިދާރާއަށް ސިޓީއެއް ފޮނުވާފައެވެ. އެކަމާގުޅިގެން ކޮމިޓީގެ ބައްދަލުވުމެއް ބުދަ ދުވަހު ވަނީ ބާއްވާފައެވެ. ކޮމިޓީގެ ބައްދަލުވުމުގައި މުޤައްރިރު, ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު ޢަބްދުއްލަޠީފް ވަނީ މިސިޓީ އިއްވަވާފައެވެ.

Advertisement - newsAdvertisement

ސިޓީގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ތެރެއިން ޖުމްހޫރީ ޕާޓީއަށް ދޫކޮށްފައިވާ އޮފީސް ކޮޓަރީގައި ހުންނަ އެޕާޓީގެ ނަން ބޯޑުގައި އެހެން ނަމެއް ކަރުދާހުގައި ލިޔެ ހިއްޕާފައިވާ މައްސަލައަކީ ޖޭޕީ އާއި ޖޭޕީއަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުތަކަށް އުނިކަން ގެނެސްދީ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގެ މެމްބަރުންގެ ހުރުމަތް ކެނޑުމަށް ކޮށްފައިވާ ވަރަށް ހަޑިމުޑުދާރު ޢަމަލެއް ކަމުގައެވެ. މަޖިލީހުގެ ގަވާއިދުގައި މަޖިލީހުގެ ޙުރުމަތާއި ޤަދަރު ހިފެހެއްޓުމަކީ މަޖިލީހުގެ ރައީސްއަށް މަތިކޮށްފައިވާ ޒިންމާއެއްކަމަށް ވީހިނދު އެމައްސަލަ ހިނގައިދިޔަ ގޮތް މަޖިލީހުން ކަނޑައަޅާފައިވާ އުސޫލުން ބައްލަވައި ދެއްވުމަށާއި މިފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް އެދޭކަމަށެވެ.

އަދި މިއަމަލު ހިންގި ފަރާތެއް ހޯދުމަށް ޖޭޕީގެ ޕާލަމަންޓްރީ ގްރޫޕުން ކުރިޔަށް ގެންދާ މަސައްކަތުގެ ބޭނުމަށް ސީސީޓީވީ ފުޓޭޖް ފޯރުކޮށްދިނުމަށްވެސް ޖޭޕީން ވަނީ ސިޓީގައި އެދިފައެވެ.

ޖޭޕީގެ ސިޓީއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ މަޖިލީހުގެ އިދާރާއަށް މިކަން ބައްލަވައިދިނުމަށް އެދި ސިޓީއެއް ފޮނުއްވާފައެވެ.

މިމައްސަލާގައި ކޮމިޓީގެ މެމްބަރުންގެ ދެއްކެވި ވާހަކަފުޅުގައި މިކަމަކީ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ކޮމިޓީން ބަލަންޖެހޭ މައްސަލައެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި މުސްތަގުބަލުގައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްވެސް މިމައްސަލަ ބެލުމުގެ މުހިންމުކަން މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ. މިކަމަކީ މަޖިލީހުގެ އިދާރާއާއި މެމްބަރުންގެ ގަދަރަށް އުނިކަން ލިބޭ ކަމެއްކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ސީސީޓީވީ ފުޓޭޖް ޖުމްހޫރީ ޕާޓީއަށް ލިބޭނެ ގޮތަށް އެދިފައިވާ އެދުމާމެދު މެމްބަރުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވެފައެވެ. އެއީ މަޖިލީހުގެ ސަލާމަތާވެސް ގުޅުންހުރިކަމަކަށްވާތީ ފުޓޭޖް ފޯރުކޮށްދިނުމަކީ އެންމެ އެދެވޭ ގޮތް ނޫންކަމަށް ބައެއް މެމްބަރުން ވިދާޅުވިއެވެ.

މިމައްސަލަ މުޅި ކޮމިޓީން ބެލުމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ޢަބްދުﷲ ސަނީފް ވަނީ ހުށަހަޅުއްވާފައެވެ. އަދި މިހުށަހެޅުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ ތާއީދުކުރައްވާފައެވެ. ކޮމިޓީން ފާސްކޮށްފައިވަނީ ވަކި މައްސަލައެއްގެ ގޮތުގައި މިމައްސަލަ އެޖެންޑާކޮށް މިކަން ހިނގާދިޔަ ގޮތް ކޮމިޓީން ބެލުމަށެވެ.

މަޖިލީހުގެ އިދާރާއިން ކޮންމެ ސިޔާސީ ޕާޓީއަކަށް އޮފީހެއް ދޫކޮށްފައި ހުންނައިރު ޖޭޕީއަށްް ދޫކޮށްފައިވާ އޮފީހުގެ ބޭރުގައި "ޞާލިޙު ޕާޓީ" އަދި "އެމްއެމްޕީ" ލިޔެފައިވާ ކަރުދާސްގަނޑެއް ތަތްކޮށްފައި ހުއްޓާ ފެނުނީ ޖުލައި މަހުގެ 7 ވަނަ ދުވަހުއެވެ. އެދުވަހުގެ ޖަލްސާ އަކީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ދެ ފެކްޝަނުގެ އަރައިރުން ބޮޑުވި ދުވަހެކެވެ.

އެ ކަރުދާސްގަނޑު ތަތްކުރީ ކޮންބައެއްތޯ ބެލުމަށް ސީސީޓީވީ ފުޓޭޖު ބަލައިދިނުމަށް ޖޭޕީން ވަނީ ހަމަ އެ ދުވަހު މަޖިލީހުގެ އިދާރާގައި އެދިފައެވެ.

ރައްޔިތުންގެ މަޖިލިސްޖުމްހޫރީ ޕާޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025
ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!

ޤާސިމްގެ ބަދަލުވަމުންދާ ރާގުން ކޮޅުދާލިކޮޅެއް!

07 އޮކްޓޯބަރު 2025
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު